Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަލީ ހުސައިން

ޢަބްދުﷲ ރިޔާޒް ފުރަތަމަ ބޭއްވީ ޖަނަވާރުންވެސް ބާއްވަން ހެޔޮނުވާވަރުގެ ގޮޅިއެއްގައި: އަލީ ހުސައިން

10 މެއި 2018 | ބުރާސްފަތި 03:22

ރިޔާޒް ހައްޔަރު ކުރީވެސް ޤާނޫނާ ޚިލާފަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 މެއި 2018 | ބުރާސްފަތި 03:22
ޢަލީ ހުސައިން: ރިޔާޒަށް ކޮށްފައިވަނީ ދޮގު ދައުވާއެއްކަމަށް ވިދާޅުވި

ޢަލީ ހުސައިން: ރިޔާޒަށް ކޮށްފައިވަނީ ދޮގު ދައުވާއެއްކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޒް ހައްޔަރުކޮށް ފުރަތަމަ ބާއްވާފައިވަނީ ޖަނަވާރު ވެސް ބާއްވަން ހެޔޮނުވާވަރުގެ ގޮޅިއެއްގައިކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެރޭ ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލް ޢަލީ ހުސައިން ވިދާޅުވީ ޢަބްދުﷲ ރިޔާޒް ހައްޔަރު ކުރުމުން އެހައްޔަރު ކުރެވުނީ މުޅި ކިނބިދޫ ދާއިރާގެ ރައްޔިތުން ކަމަށާއި އެއީ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށެވެ.

Advertisement - newsAdvertisement

އަލީ ހުސައިން ވިދާޅުވީ ރިޔާޒް ހައްޔަރުކުރީ ޤާނޫނޫން އަސާސީއާއި ޤާނޫން ތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފަށް ކަމަށާއި ހައްޔަރު ކުރުމަށްފަހުވެސް ޢަމަލް ކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

އެސްއޯއީގެ ދަށުން ބަންދުގެ މުއްދަތު ޖަހާފައިވަނީވެސް ސަސްޕެންޑް ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫންގެ ދަށުންކަމަށާއި އެއީވެސް ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.

"ބަންދުކޮށްފައިހުރިއިރު ހުރީ ފުރަތަމަ ފަންކާއެއްވެސް ނެތްތަނެއްގައި. އިންސާނުން ބައިތިއްބަން ހެޔޮނުވާބަރުގެ ތަނެއްގައި. ޖަނަވާރުވެސް ބާއްވަން އެކަށީގެން ނުވާވަރުގެ ތަނެއްގައި ފުރަތަމަ ޢަބްދުﷲ ރިޔާޒް ބާއްވާފައި އޮތީ"

ޢަލީ ހުސައިން ވިދާޅުވީ ހައިކޯޓުން ހުކުމް ކުރީ އިސްތިއުނާފް ނުކުރާ ޕޮއިންޓަކަށް ރިއާޔަތްކޮށްފައި ކަމަށާއި އަބްދުﷲ ރިޔާޒަށް ހުކުމް ކުރީ އަސާސީ ހައްޤެއް ބޭނުންކުރީތީ ކަމަށެވެ. އެއީ އެމީހަކަށް އެނގޭ މައުލޫމާތެއް ނުދިނުންކަމަށާއި ފޯނު ކޯޑަކީ އެނގިހުރި މައުލޫމާތެއް ކަމަށެވެ. ބްލަޑް ސާމްޕަލްއާއި ފިންގަރޕްރިންޓް ދޭން އެންގިދާނެ ކަމަށާއި އެކަމަކު ކޯޑް ދޭކަށް ނުޖެހޭނެ ކަމަށެވެ.

ޢަބްދުﷲ ރިޔާޒް ހައްޔަރުކުރީ ޓެރަރިޒަމްގެ ކުށަކުނޫންކަން ފާހަގަ ކުރައްވަމުން ޢަލީ ހުސައިން ވިދާޅުވީ އޭގެފަހުން ނުފަށާ ޝަރީއަތެއް ނިމެންދެން ވާނުވާ ޖެހީ ޓެރަރިޒަމްގެ ކުށުގައި ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ ސިއްހީ ފަރުވާވެސް ރިޔާޒަށް ނުދޭ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށްވެސް ނުގެންނަ ކަމަށެވެ. އެގޮތުން

ލޮލުގެ ޑޮކްޓަރަކަށް ދައްކަން އެދޭތާ ހަފްތާއެއްވެފައިވާއިރު އަދިވެސް ނުގެންނަކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒަކީ ގިނައިން ފޮތްވިދާޅުވާ ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ޢަލީ ހުސައިން ވިދާޅުވީ ގެންދާ ފޮތްތަކުންވެސް ރިޔާޒްށް ލިބެނީ ވަކި ބާވަތްތަކެއްގެ ފޮތްތަކެއް ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ މިމައްސަލަތައް ފާހަގަކޮށް އެޗްއާރުސީއެމަށް ސިޓީލާފައިވާކަމަށާއި ލީ ސިޓީގެ ޖަވާބު އަދިވެސް ނުދޭކަމަށެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއަކީ ދޮގުދައުވާތަކެއް ކަމަށާއި އެކަން އެނގެނީ ލީކުވެފައިވާ ސިއްރު ބަޔާންތަކުން ކަމަށެވެ. ސިއްރުން ވަގަށް މިކަން ކުރަނީ ދޮގު ދައުވާއަކަށްވީތީ ކަމަށާއި ޓެރަރިޒަމްގެ ކުށެއް ކޮށްފިއްޔާ ރައްޔިތުންނަށް އެކަން އެނގެން ޖެހޭނެކަމަށެވެ. އަދި އެކަމާމެދު ރައްޔިތުން ބިރުގަންނަން ޖެހޭ ކަމަކަށްވެސްވާންވާނެކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް