Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

މެމްބަރުން އިތުރު ކުރުމަށް ޖޭޕީން ހަރަކާތްތަކެއް ހިންގަނީ

9 މެއި 2018 | ބުދަ 08:41

ގިނަ މެމްބަރުންތަކެއް ވަނީ އެމީހުންނަށް ނޭނގި އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 މެއި 2018 | ބުދަ 08:41
ޑރ. އަބްދުﷲ މައުސޫމް

ޑރ. އަބްދުﷲ މައުސޫމް | ޓްވިޓަރ

މެމްބަރުން އިތުރުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން "ޖޭޕީ ހޭވައްލާ"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފެށުމަށް ނިންމައިފި އެވެ

ޖުމްހޫރީ ޕާޓީގެ މައި، އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ އެކްޓިވިޓީ ކޮމިޓީގެ ޗެއާރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޖޭޕީގެ މިހާއްސަ ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު ކުނޫޒުގައި ބާއްވާ ހާއްސަ ރަސްމިއްޔާތަކާއެކު ކަމަށެވެ.

Advertisement - newsAdvertisement

މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ބައެއް މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ މެމްބަރުންނަށާއި އިތުރަށް މެމްބަރުން އިތުރުކުރުމަށް ހިންގާ މިހަރަކާތް ވަރަށް ފޯރިއާއެކު ކުރިއަށް ދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިކެމްޕޭނަކީ ޖޭޕީ ވަރުގަދަ ޕާޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުންނަށާއި އަދި ސަޕޯޓް ކުރައްވާ ހުރިހާ ފަރާތްތަކެއް ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް މައުސޫމް އެދިވަޑައިގެންނެވި އެވެ.

މެމްބަރުން އިތުރު ކުރުމަށް ހިންގާ މިހަރަކާތް ރިޔާސީ އިންތިހާބާ ހަމަޔަށް ކުރިއަށްދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. މައުސޫމް އިތުރަށް ވިދާޅުވީ މި ކެމްޕޭން މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށާއި ކެމްޕޭން ކުރިއަށްދާއިރު އުފާވެރި ހަބަރުތައް ވެސް ލިބެމުންދާނެ ކަމަށެވެ.

ޖޭޕީގެ މެންބަރުންގެ ގޮތުގައި ޖޭޕީގައިވާ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގައި އޮތް ޖޭޕީގެ ދަފްތަރުގައިވާ ޖުމްލަ އަދަދުގައި ބޮޑު ތަފާތެއް ހުރުމުން އިލެކްޝަންސް ކޮމިޝަނުގެ އިހުލާސްތެރިކަމާމެދު މައުސޫމް ވަނީ ސުވާލު އުފައްދަވާފަ އެވެ. މައުސޫމް ވިދާޅުވީ ބައެއް ޕާޓީތަކުން މެމްބަރޝިޕް ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަފްތަރުގައި ހިމަނާއިރު، ޖޭޕީގެ މެމްބަރުން ދަފްތަރުގައި ހިމެނެން ވަރަށް ގިނަ ދުވަސް ނަގާ ކަމަށެވެ. އަދި މަމްބަރުކަމުގެ ގިނަ ފޯމްތަކެއް "ރިޖެކްޓް" ކުރަމުންދާއިރު، ފޯމް ފުރާފައިވާ ބައެއް ފަރާތްތައް އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްދީގެން ވެސް ޖޭޕީގެ ދަފްތަރުގައި ހިމަނަންޖެހުނު ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހުރިހާ ބޭފުޅުންނަށް ވެސް ސިޔާސީގޮތުން ކުރިއަށް ދިއުމަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ދިއުމަށްހުރި ފުރުސަތުތަކާއި ވަރަށް ގިނަ މައުލޫމާތު "ޖޭޕީ ހޭވައްލާ" ހަރަކާތުން ލިބިގެންދާނެ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް