Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ނިއުކްލިއަރ މައްސަލަ

ނިއުކްލިއަރ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަން އީރާނުން ނިންމައިފި

9 މެއި 2018 | ބުދަ 05:12

އީރާނުން އެމެރިކާއަށް ދިނީ ހޫނު ރައްދެއް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 9 މެއި 2018 | ބުދަ 05:12
އީރާނުގެ ރައީސް ހަސަން ރޫހާނީ

އީރާނުގެ ރައީސް ހަސަން ރޫހާނީ

އިރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުވެ، ދަތިކުރުމުގެ ފިޔަވަޅު އިޔާދަކުރުމުން އެއްބަސްވުމުގައި ސޮއިކުރި ދުނިޔޭގެ ބާރުގަދަ އެހެން ގައުމުތަކާއެކު މަޝްވަރާ ކުރަން ނިންމައިފިއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި އެމެރިކާއިން އެއްބަސްވުމުން ވަކިވިޔަސް އޭގައި ސޮއިކޮށްފައި ތިބި ދުނިޔޭގެ އެހެން ގައުމުތަކާއެކު މަޝްވަރާ ކުރައްވާނެކަމަށެވެ.

ރޫހާނީގެ ބަހުގެ ހަމަލާ އަންގާރަ ދުވަހު ދެއްވި އިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ 'ޖޭސީޕީއޯއޭ' ގެ ނަން ދެވިފައިވާ ނިއުކިލިއަރ އެއްބަސްވުމަކީ ފެށުނީއްސުރެންވެސް ދޯހަޅި އެއްބަސްވުމެއް ކަމަށް ވިދާޅުވެ، އެއީ އެމެރިކާގެ ރައްޔިތުންނަށް ހުރި ލަދެއް ކަމަށް ބުނެ އެއްބަސްވުމުން ވަކިވެފައެވެ.

"ކުރީގަ އޮތް އެއްބަސްވުމުން ހާސިލްވި ނަތީޖާ ދެންތިބި ގައުމުތަކާއި ގުޅިގެން ލިބޭނެނަމަ، އެއްބަސްވުން ދަމަހައްޓާނަން. ބައިނަލް އަގްވާމީ މުއާހަދާތަކަށްވެސް އެމެރިކާއިން އަހަންމިއްޔަތުކަން ނުދޭ މިންވަރު މި ފެންނަނީ. އަހަރެން ވާނީ ފޮރިން މިނިސްޓްރީއަށް އަންގާފަ ޗައިނާ، ރަޝިއާ އަދި ހުޅަނގުގެ ގައުމުތަކާއި އެކު އަންނަން އޮތް ހަފްތާ ތަކުގައި މަޝްވަރާ ކުރަން. މި މަދު ދުވަސް ކޮޅުތެރޭގަ އެހެން ގައުމުތަކާއެކު ކުރެވޭ މަޝްވަރާއިން އަހަރުމެންނަށް ޖޭސީޕީއޯއޭއިން ފައިދާ އެންމެ ރަނގަޅަށް ވާނެކަން ޔަގީން ކުރެވިއްޖިއްޔާ އެއްބަސްވުން ދެމަހައްޓާނަން،" ޓްރަމްޕް އަށް ރައްދު ދެއްވުމުގެ ގޮތުން ރޫހާނީ ވިދާޅުވިއެވެ.

އީރާނާއި އެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން ވަކިވުމަށް އެމެރިކާއިން ނިންމި ނިންމުމަށް އެކި ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިހާތަނަށް މި ނިންމުމަށް މަރުހަބާ ކިޔާފައިވަނީ، ސައުދީ އަރަބިއާގެ އިތުރުން މެދުއިރުމަތީގައި އީރާނާއި މެދު އެންމެ ހަސަދަވެރިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަންޏެވެ. ނަތަންޔާހޫ ވަނީ ރައީސް ޓްރަމްޕްގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި، އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަކީ ވަރަށް ގޯސްކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ތޫފާން އޮކި: ލަކްޝަދްވީޕަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

02 ޑިސެމްބަރު 2017
ތޫފާން އޮކި: ލަކްޝަދްވީޕަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން
30 ނޮވެމްބަރު 2017

ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!

30 ނޮވެމްބަރު 2017
ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
21 އޯގަސްޓު 2017

އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ

21 އޯގަސްޓު 2017
އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް