Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ކުރަމުންދާ ވިއްސާރަ

ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!

ކޮޅިގަނޑުގައި ގަޑިއަކު 80 މޭލަށް ވައިގަދަވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 ނޮވެމްބަރު 2017 | ބުރާސްފަތި 03:18
ވައި ގަދަވުމުގެ ސަބަބުން ގަހެއް ވެއްޓި، ކާރަކަށް ގެއްލުންވެފައި

ވައި ގަދަވުމުގެ ސަބަބުން ގަހެއް ވެއްޓި، ކާރަކަށް ގެއްލުންވެފައި

ލަންކާއަށް އިއްޔެއާއި ރޭ ކުރި ބޯވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ބޮޑެތި ގަސްތައް ވެއްޓި، ގެދޮރަށާއި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުންވެފައެވެ. އަދި ވެރިރަށް ކޮޅުނބާއި ވަށައިގެންވާ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓު ދިޔަކަމަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެއެވެ. މަގު ހުރަހަށް ބައެއް ގަސްތައް ވެއްޓި ކޮޅުނބާއި ކެންޑީއާއި ދެމެދު އޮންނަ މައި މަގުގެ ބައެއް ސަރަހައްދުތައްވެސް ބުދަ ދުވަހުގެ ރޭ ބަންދުވިއެވެ. ވައި އެންމެ ގަދަވި ވަގުތު ލަންކާގެ އިދާރީ ވެރިރަށް ކަމަށްވާ ސްރީޖަޔަވަރަދަނަޕޫރާ ކޯއްޓޭގެ މައި ހޮސްޕިޓަލަށް ކަރަންޓުދޭ ކޭބަލެއްގެ މައްޗަށް ގަހެއް ވެއްޓި ކޭބަލް ބުރިވިއެވެ. އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލުން ކަރަން ކަނޑައިގެންދިޔައެވެ. ކޮޅުނބާއި ކޮއްޓޭގެ އިތުރުން ލަންކާގެ ދެކުނުގެ ސަރަހައްދުތައްކަމަށްވާ ގޯލް، މާތަރަ އަދި އަމްބަލަންގޮޑާގައިންވެސް ރޭގެ ވަގުތުތަކުގައި ކަރަންޓު ކެނޑުނެވެ. އަދި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މިސަރަހައްދުތަކަށެވެ. ބުދަ ދުވަހުގެ ރޭ ލަންކާ ފުލުހުންނާއި ފަޔަރ ފައިޓަރުން މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގައި ހަރަކާތްތެރިވިއެވެ.

ވައިގަދަވުމުގެ ސަބަބުން ކޮޅުނބުގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި

ބުދަ ދުވަހުގެ ރޭގެ ބައެއް ވަގުތުތަކުގައި ލަންކާގެ ދެކުނާއި ހުޅަނގުގެ ސަރަހައްދުތަކަށް ގަޑިއަކު 80 މޭލަށް ވައިގަދަވިކަމަށް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ވިއްސާރަވެ، ވައި ގަދަވުމުގެ ސަބަބުން އިންޑިއާގެ ދެ ސިޓީއަކުން ކޮޅުނބަށް އައި ދެ ފްލައިޓްވެސް ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނުޖެއްސިގެން ހަމްބަންތޯޓާގެ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސަން ޖެހުނެވެ. އަދި ވެސްޓަރން ޕްރޮވިންސާއި، ސެންޓްރަލް ޕްރޮވިންސާއި، ސަދަން ޕްރޮވިންސްގެ އިތުރުން އުވާ ޕްރޮވިންސްގެ ސްކޫލްތައްވެސް މިއަދުވަނީ ބަންދުކޮށްފައެވެ. ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީއިން ބުނާ ގޮތުގައި މިއަދު އެ ޕްރޮވިންސްގެ ސްކޫލްތަކުގައި ބާއްވަން ހަމަޖެހިފައިވާ ޓެސްޓްތައް ދެން ބާއްވާނީ ފަހުގެ ތާރީޚެއްގައެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ތޫފާން އޮކި: ލަކްޝަދްވީޕަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން

02 ޑިސެމްބަރު 2017
ތޫފާން އޮކި: ލަކްޝަދްވީޕަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން
14 ނޮވެމްބަރު 2017

ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!

14 ނޮވެމްބަރު 2017
ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!
09 ނޮވެމްބަރު 2017

ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ

09 ނޮވެމްބަރު 2017
ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
30 އޮކްޓޯބަރު 2017

ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން ލަންކާއަށް 14 މިލިއަން ޑޮލަރު ދީފި

30 އޮކްޓޯބަރު 2017
ޑިމޮކްރަސީ ހަރުދަނާކުރުމަށް އެމެރިކާއިން ލަންކާއަށް 14 މިލިއަން ޑޮލަރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު