Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯބެލް އިނާމް

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

6 އޮކްޓޯބަރު 2017 | ހުކުރު 09:15

އިނާމް ދިނީ ނިއުކްލިއަރ ހަތިޔާރާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 އޮކްޓޯބަރު 2017 | ހުކުރު 09:15
މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް ލިބިފައިވަނީ އިކާން ކެމްޕެއިން އަށް

މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް ލިބިފައިވަނީ އިކާން ކެމްޕެއިން އަށް

މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމް އިންޓަނޭޝަނަލް ކެމްޕެއިން ޓު އެބޮލިޝް ނިއުކްލިއަރ ވެޕަންސް (އިކާން) އަށް ލިބިއްޖެ އެވެ.

މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް އިކާން އަށް ލިބުނުކަން އިޢުލާން ކުރަމުން ނޯވޭގެ ނޯބެލް ކޮމިޓީގެ ޗެއަރމަން ބެރިޓް ރެއިސް އެންޑަސަން ވިދާޅުވީ، އެ ކެމްޕެއިން އަށް މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް ދިނުމަށް ނިންމީ، ނިއުކްލިއަރ ހަތިޔާރާ ދެކޮޅަށް ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ނިއުކްލިއަރ ހަތިޔާރު ބޭނުން ޚުރުމުން ކުރިމަތިވެދާނެ އިންސާނީ ކާރިސާއެއްގެ ސަބަބުން ދިމާވާނެ މައްސަލަތަކަށް ސަމާލުކަން ހޯދުމަށާއި، ނިއުކްލިއަރ ހަތިޔާރު މަނާކުރާ ބައިނަލްއަޤްވާމީ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ކޮށްފައިވާ މަސައްކަތް ނޯބެލް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އިކާން އިން ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމާއި، ދުނިޔެއިން ނިއުކްލިއަރ ހަތިޔާރު މަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ނިއުކްލިއަރ ހަތިޔާރު މަނާ ކުރާ ބައިނަލްއަޤްވާމީ އެއްބަސްވުމެއް އެކުލަވާލުމަށް 2007 ވަނަ އަހަރު ފެށި މަސައްކަތަށް ތާޢީދުކޮށް، ދުނިޔޭގެ 101 ޤައުމަކުން 468 ޖަމިއްޔާއެއް ވަނީ އިކާންގެ އެ މަސައްކަތާ ގުޅިފައެވެ.

އިކާން އަށް މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް ލިބުނުކަން ނޯބެލް ކޮމިޓީން އިޢުލާން ކޮށްފައިވާއިރު، ކުރިން ބެލެވިފައި އޮތީ މިއަހަރުގެ ނޯބެލް ޞުލްޙައިގެ އިނާމް ޙާއްސަ ކުރާނީ އީރާންގެ ނިއުކްލިއަރ އެއްބަސްވުމުގެ ބައިވެރިންނަށް ކަމަށެވެ. އެގޮތުން އީރާންގެ ނިއުކްލިއަރ އެއްބަސްވުން އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އީރާންގެ ޚާރިޖީވަޒީރު މުޙައްމަދު ޖަވާދު ޒާރިފް އާއި، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތުތަކާއި ބެހޭ އިސްވެރިޔާ ފެޑެރިކާ މޮގެރިނީ އަށް ނޯބެލް ޞުލްޙައިގެ އިނާމް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2017

މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!
09 އޮކްޓޯބަރު 2017

އިޤްތިޞާދީ ދާއިރާ އިން ނޯބެލް އިނާމް އެމެރިކާގެ ރިޗަޑް ތޭލަރ ހޯދައިފި

09 އޮކްޓޯބަރު 2017
އިޤްތިޞާދީ ދާއިރާ އިން ނޯބެލް އިނާމް އެމެރިކާގެ ރިޗަޑް ތޭލަރ ހޯދައިފި
04 އޮކްޓޯބަރު 2017

ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް

04 އޮކްޓޯބަރު 2017
ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް
04 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި

04 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ނިއުކްލިއަރ ޓެސްޓް:ވަރުގަދަ އަސްކަރީ ރައްދެއްގެ އިންޒާރު އެމެރިކާއިން ދީފި
03 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި

03 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ބިންހެލުމަކީ ނިއުކްލިއަރ ޓެސްޓެއްކަމަށް ބުނަން ފަށައިފި
04 އޯގަސްޓު 2017

ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް

04 އޯގަސްޓު 2017
ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
26 ޖޫން 2017

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް