Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރައީސް ޔާމީންގެ އަނިޔާވެރިކަން މަރުހަލާއަކަށްފަހު މަރުހަލާއެއް އިތުރުވިޔަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: ޝިދާތާ

7 މެއި 2018 | ހޯމަ 21:59

މީހުންނަށް ބިރު ދައްކައިގެން ޓާގެޓް ކުރައްވައިގެން ޖަލަށް ލިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 މެއި 2018 | ހޯމަ 21:59
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނިޔާވެރިކަން މަރުހަލާއަކަށްފަހު މަރުހަލާއެއް އިތުރުވިޔަސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަހަތަށް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހޯމަ ދުވަހުގެރޭ ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މީހުންނަށް ބިރު ދައްކައިގެން ޓާގެޓް ކުރައްވައިގެން ޖަލަށް ލިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ހުދު ރައީސް ޔާމީންވެސް ޤަބޫލުފުޅުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement
"މިކަން ފެށިގެން މިދިޔައީ ސިޔާސީ ގޮތުން ވާދަވެރި ހުރިހާ އެންމެން ނެތިކޮށްލުމުގެ މަރުހަލާއިން ފެށިގެން. ފުރަތަމަ ޕާޓީތަކުގެ ލީޑަރުން ޖަލަށްލީ. ދެން އެއަށްފަހު ވާދަވެރި ޕްރޮފައިލްއެއް ދައްކަވާފާނެހެން ހީވާ އެންމެންވެސް ޖަލަށް ލީ. އޭގެ ތެރެއިން އާއިލާތަކަށްވެސް އަނިޔާ ކުރަމުން އެ ގެންދަނީ. އެހެންނަމަވެސް މިކަމުގެ ތެރެއިން އަޅުގަނޑުމެން އެންމެންނަށް ދަސްވެފައި މިތިބީ އިތުރަށް ހިތްވަރު ކުރަން. ދެން އަޅުގަނޑުމެންނަށް މިއަދު ފެނިގެންދަނީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ އަނިޔާވެރިކަން މަރުހަލާއަކަށްފަހު މަރުހަލާއެއް އިތުރުވާތަން. އަދި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު އެކަމަށް ފަސްޖެހޭ މަންޒަރެއް ނުފެނޭ މިހާރު"

ޝިދާތާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރައްވާ ހިތްވަރުފުޅަކީ އެންމެން ބަލައިގަނެ އެކަމަށް ސެލިއުޓްކުރާ ކަމެއް ކަމަށާއި ރައީސް މައުމޫންގެ ބަޔާންތަކުންވެސް ދޭހަވާކަމަކީ އިސްލާހަށް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާކަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް ފެށުމުން މިހާރު މި ހިނގާ ކަންކަމަށް ލުއެއް ލިބޭނެކަން ފާހަގަކުރައްވާ ޝިދާތާ ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތުގެ އެހެނިހެން މިނިވަން މުއައްސާތައްވެސް ހަމަ މަގުން ހިންގަން ބާރު ލިބިގެންދާނެކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ އަޑު ކަނޑުވަލައިގެން ދައުލަތް ހިންގަން އުޅުމުން އެ ދައުލަތް އިނދަ ޖެހިގެންދާނެ މަންޒަރު ފެނިގެންދާނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

މިހާރު ގުޅިފައިވާ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހިންގަނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތިންކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ހިތްވަރަށް އެއްވެސް ބަދަލެއްނާންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އަދުލުގެ ނިޒާމުގެ ކަންތައްތައް ޤާނޫނުގެ ތެރެއިން ނުހިނގާކަން އެއީ އެންމެ ދަންނަ ހަޤީޤަތެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް