Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާގު

އީރާގުގެ ސިޔާސީ ޕާޓީއެއްގެ ވެރިއެއް ކުރީ ބޮޑުވަޒީރަށް ފާޑު ވިދާޅުވެއްޖެ

ސަރުކާރެއް އެކުލަވާލަން ވާނީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތަކުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 8 މެއި 2018 | އަންގާރަ 03:37
އީރާގުގެ ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު

އީރާގުގެ ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު

އީރާގުގެ ސިޔާސީ ޕާޓީއެއްގެ ވެރިއެއް، ކުރީގެ ބޮޑުވަޒީރު ނޫރި އަލް މާލިކީ އަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެއެވެ.

މާލިކީ ވަނީ މަޖިލީހުގެ އިންތިޚާބު ކައިރި ވެފައި ވަނިކޮށް ސަރުކާރެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލަން ވާނީ ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށް ކަޑައަޅަން ގޮވާލާފައެވެ. މާލިކީގެ ގޮވާލުމަށް ދެކޮޅުހަދަމުން ސިޔާސީ ޕާޓީއެއްގެ ވެރިއެއް އިތުރުން ޝިއައިންގެ ވެރިއެއް ކަމުގައިވާ ސަދްރު ބުނެފައިވަނީ އެގޮތަށް އަމަލު ކޮށްފިނަމަ ރަގަޅު މަންފާއެއް ނުނިކުންނާނެ ކަމަށެވެ. އަދި ނުސީދާކޮށް މާލިކީއާ ފާޑުކިޔަމުން ވިދާޅުވީ އެގޮތަށް ގޮވާލައްވާ "ބައެއް ސިޔާސީ މީހުން" ގަބޫލު ކުރަނީ ފުރިހަމަ އަގުލަބިއްޔަތު ހޯދައިގެން އިތުރަށް ފަސާދަ ކުރުމާއި ކޮރަޕްޝަން ހިންގުމުގައި ދެމިތިބޭން ފަސޭހަ ވާނެކަމަށެވެ.

ޝިއައިންގެ ޖަމާއަތަށް ނިސްބަތްވެވަޑައި ގަންނަވާ ކުރީގެ ބޮޑުވަޒީރު މާލިކީއަށް ވަނީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުން ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން އެގައުމުގަ އާންމުވި ކޮރަޕްޝަނާއި އައިސިސް އުފެދުމުގެ ޒިންމާ އުފުލަން ޖެހޭނީ މާލިކީކަމަށް ދަނީ ބުނަމުންނެވެ.

މިދިޔަ ބޮޑުވަޒީރު ހޮވުމުގެ އިންތިޚާބުގައި މާލިކީ ބަލިވެފައިވަނީ އެބޭފުޅާގެ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ކެންޑިޑޭޓަކާއި ވާދަކުރުމަށްފަހުއެވެ.

އެއަށް ފަހު މާލިކީ އިސްވެވަޑައިގަތީ ގައުމުގެ ނައިބު ރައީސުގެ މަގާމަށެވެ. އީރާގުގައި ތިން ނައިބު ރައީސުން ތިއްބަވައެވެ. އެގަމާމުގައި ހުންނަވައިގެން މާލިކީ ވަނީ މޭ 12 ގައި ބާއްވާ އިންތިޚާބުގައި ބޮޑުވަޒީރުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައެވެ. މާލިކީ ބަލިކޮށް ބޮޑުވަޒީރަކަށް މިދިޔަ އިންތިހާބުގައި ހޮވުނު ބޭފުޅާއާއި ވާދަކުރަން ޖެހޭނެއެވެ. މާލިކީ ހޮވިއްޖެނަމަ މިއީ އެބޭފުޅާ ބޮޑުވަޒީރުކަން ކުރާ ތިންވަނަ ދައުރަށް ވެގެން ދާނެއެވެ.

އީރާގުން ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި 000،7 ކެންޑިޑޭޓުން ވަނީ 329 ދާއިރާއަށް ކުރިމަތި ލައިފައެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބު ކުރިއަށް ދާގޮތް ބަލަން ވަޑައިގަންނަވާ ފަރާތްތަކަށް މަރުހަބާ ކިޔައިފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު