Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖް މަޝްރޫއު

ބްރިޖްގެ މަޝްރޫއު އޮގަސްޓްގެ ނިޔަލަށް ނިންމައި، ހުޅުވަން ޗައިނާއާއެކު ކުލަގަދަ ރަސްމިއްޔާތެއް ބާއްވާނަން: މުއިއްޒު

7 މެއި 2018 | ހޯމަ 10:09

ބްރިޖްގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށް ދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މެއި 2018 | ހޯމަ 10:09
ބްރިޖް މަޝްރޫއު ރާއްޖެއާއި ޗައިނާގެ ސަރުކާރުގެ އިސް ވެރިން ބައްލަވާލައްވަނީ

ބްރިޖް މަޝްރޫއު ރާއްޖެއާއި ޗައިނާގެ ސަރުކާރުގެ އިސް ވެރިން ބައްލަވާލައްވަނީ

މާލެ އާއި ހުޅުލެއާދެމެދު ތަރައްގީކުރަމުން އަންނަ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިންމައި، ޗައިނާއާއެކު ކުލަގަދަ ރަސްމިއްޔާތެއް ބޭއްވޭނެ ކަމަށް ހައުންސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާ ވަޑައިގެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި ހުންނަވާ ސަރުކާރުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުން ކުރިއަށްދާނީ ދެ ސަރުކާރުގެވެސް ފުރިހަމަ އެއްބާރުލުމާއެކު ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، އޮގަސްޓް މަހުގެ ނިޔަލަށް ނިންމައި، ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން ވަރަށް ވަރުގަދައަށް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. ދެގައުމުގެ ރައީސުންގެ އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ މަޝްރޫއަކަށްވާއިރުގައި، މި މަޝްރޫއުގެ ނިމުން ފާހަގަކޮށް ބްރިޖު ހުޅުވުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރަންޖެހޭކަމެއް ކަމަށް ދެގައުމުގެ ސަރުކާރަށްވެސް ޤަބޫލުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީވެސް ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް މަޝްވަރާކުރުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބްރިޖް ހުޅުވުމަށްފަހު، ބްރިޖްގެ މެއިންޓަނެންސް ކަންތައްތަކާއި އޮޕަރޭޝަންސް ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް