Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫން

ޑޮކްޓަރުންގެ ރިޕޯޓްތައް ރައީސް މައުމޫނާއި ފުލުހުން ހިއްސާ ނުކުރޭ: ނާދިރާ

6 މެއި 2018 | އާދީއްތަ 18:21

ގާނޫނީ ވަކީލުން އެދުމުން ވެސް ރިޕޯޓުތަށް ހިއްސާކޮށްފައެއް ނެތް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 މެއި 2018 | އާދީއްތަ 18:21
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޯޓަށް ޙާޒިރު ކުރުމަށް މާލެ ގެންނަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކޯޓަށް ޙާޒިރު ކުރުމަށް މާލެ ގެންނަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ޑޮކްޓަރަށް ދެއްކުމަށްފަހު ދީފައިވާ ރިޕޯޓުތައް ފުލުހުން އެމަނިކުފާނުގެ އާއިލާ އާއި ހިއްސާކޮށްފައި ނުވާކަމަށް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އާދީއްތަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ ނިމިދިޔަ ހަފްތާގެ ތެރޭގައި ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދައްކަވައި، ބައެއް ޓެސްޓުތަށް ހައްދަވާފައިވާ ކަމަށެވެ. މިއަދު ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން ވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވުމަށް ފަހު ދީފައިވާ ލިޔެކިޔުންތަކާއި، ޓެސްޓްތަކުގެ ރިޕޯޓުތައް ގަނޫނީ ވަކީލުންނާއި އާއިލާއަށް ވެސް ހިއްސާކޮށްފައި ނުވާކަމަށް ނާދިރާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ ރައީސް މައުމޫންގެ ލޭގެ ޓެސްޓުތަކަށް ވެސް ހަދާފައިވާ ކަމަށާއި، އާދީއްތަ ދުވަހުގެ ހެނދުނު ވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދޫނިދޫއަށް ވަޑައިގެން ފުލުހުންގެ ކިބައިން އެ ޓެސްޓްތަކުގެ ރިޕޯޓްތައް ހިއްސާކުރުމަށް އެދުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށެވެ. ބޭސްފަރުވާގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭންޖެހޭ ހައްގެއްކަން ފާހަގަކުރަމުން ނާދިރާ ވިދާޅުވީ ބޭސް ފަރުވާގެ ހައްގުން ރައީސް މައުމޫން މަޙްރޫމް ނުކުރެއްވޭނެ ކަމަށެވެ.

ނާދިރާ ވިދާޅުވީ މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރިޓިގޯ" ( އަނބުރާ ގޮތްވުމުގެ) ބަލި ތަހައްމަލު ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށެވެ. އެ ބަލީގެ ސަބަބުން ނިމިދިޔަ ހަތްފާގެ ބުދަ ދުވަހުން ފެށިގެން ރައީސް މައުމޫންގެ ބޮލަށް އެނބުރުން އަރާވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ނާދިރާ ވިދާޅުވީ އެ ބަލީގެ ގޮތުން ފުލުހުންނަން ވެސް އެންމެ އެދެވޭ އެހީތެރިކަން ރައީސް މައުމޫންނަން ނުދެއްވެވޭކަން ފުލުހުން ގަބޫލުކުރައްވާ ކަމަށެވެ. ރައީސް މައުމޫނަން މިއަދު ބޭނުންވަނީ އާއިލާގެ މެމްބަރުންގެ ލޯތްބާއި ކުލުނުކަން ފާހަގަކުރަމުން ނާދިރާ ވަނީ ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން އާދީއްތަ ދުވަހު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއަށް އެޑްރެސް ކުރައްވާ ފޮނުއްވެވި ސިޓީގައި އެކަމަނާ ވިދާޅުވީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދެވެން ނެތްނަމަ، ދޫނިދޫއަށް ގޮސް އެމަނިކުފާނުގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި އެހީތެރިވެދޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާ ދެއްވުމަށެވެ. ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެވެން ނެތްނަމަ، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅުވަންދެން ރައީސް މައުމޫން އަރިހުގައި ބަންދުކުރެއްވުމަށް އެދޭ ކަމަށް ނަސްރީނާ ސިޓީގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް