Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ ލުތުފީ

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލަން އުޅޭކަމަށް އަޑުއިވުމުން އެކަން ނުކުރުމަށް ހަސަން ސައީދާއި ފަނޑިޔާރު ހަމީދަށް އިންޒާރު ދިނިން: އޭސީސީ ލުތުފީ

4 މެއި 2018 | ހުކުރު 04:10

ލީކުވެފައިވާ ސިއްރު ބަޔާނަކީ ހަ ސަފްހާގެ ބަޔާނެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 މެއި 2018 | ހުކުރު 04:10
އޭސީސީގެ ރައީސް ހަސަން ލުތުފީ

އޭސީސީގެ ރައީސް ހަސަން ލުތުފީ

ސުޕްރީމް ކޯޓުގެ ތެރެއިން މި ސަރުކާރު ވައްޓާލަން ރޭވުންތަކެއް ރާވަމުންދާކަމުގެ ވާހަކަތައް އަޑުއިވިގެން އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް އިންޒާރު ދެއްވި ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދާއި ދެކޮޅަށް ލުތުފީ ދެއްވާފައިވާ ސިއްރު ބަޔާން ލީކު ވެފައިވާއިރު ހަ ސަފްހާގެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ ވެރިކަން ވެއްޓުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށާއި ރައީސް ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ ކަމަށް ދެންނެވި ކަމަށެވެ. އޭނާ އާއި ހަސަން ސައީދާއި އަދި ފަނޑިޔާރު އަލީ ހަމީދާއި އެކީގައި ލެމަންގްރާސްއަށް ފުދޭ ވަރަކަށް ގިނައިން ކާންދެވިފައި ހުންނާނެކަމަށާއި އެހެން ނަމަވެސް ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ހުކުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ހިއްސާ ނުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ލުތުފީ ވިދާޅުވެފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އިރު އޭނާ ހުންނެވީ ހުޅުމާލޭ ޝްވެކް ސިނަމާގައި "ޕަދްމަވަތީ" ކިޔާ ހިންދީ ފިލްމެއް ބަލަން ކަމަށާއި އެ އަމުރު ނެރުމާއިއެކު އޭނާ ހަސަން ސައީދާއި އަލީ ހަމީދަށް މެސެޖް ކުރެއްވިކަމަށެވެ. މިއީ ކޮންކަމެއްތޯއާއި އޭނާ ދެއްކެވި ވާހަކަތައް އެއީ ތެދު ވާހަކައެއް ނޫންތޯ އާއި އެވަރަށް މުނާފިގު ވާކަށް ނުވާނެކަމަށް ވިދާޅުވުމަށް ގުޅުއްވަން މަސައްކަތްކުރެއްވި ކަަމަށާއި ނަމަވެސް އެބޭފުޅުން ފޯނު ނުނަންގަވާ ކަމަށް ލުތުފީގެ ބަޔާނުގައިވެ އެވެ. އެކަމާ އޭނާ ކަންބޮޑުވެލެއްވި ކަމަށާއި ސުޕްރީމް ކޯޓްގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ ކަންކަމުގައި އޭނާ ވެސް ބައިވެރިވުން އޮވެދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކޮށްފާނެތީ އެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ފަނޑިޔާރު އަލީ ހަމީދު ލުތުފީއަށް ގުޅުއްވި ކަމަށާއި މި ސަރުކާރު ގެނައީ އެ ބޭފުޅުން ގެނައި ސަރުކާރެއް ކަމަށާއި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ވެސް ދެއްކެވި ކަމަށް ލުތުފީ ވިދާޅުވެފައިވެ އެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރު ތަންފީޒު ނުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކުރާ ތުހްމަތު މައްސަލައެއްގައެވެ. ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތްކުރި އިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށް ބުނެއެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކުރުމުގެ އެއްދުވަސް ކުރިން (ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު) ފުލުހުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅުންވެސް ފްލެޓްތައް ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ހަސަން ސައީދުގެ މައްޗަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް ކިތާބީ ހެކި ހުރި ކަމަށް ވެސް އެބަޔާނުގައި ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް