Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ޝިފާޒު

ރައީސް ޔާމިން މަޑު މަޑުން އެކަހަރި ކޮށްލާނަން، އަނިޔާއެއް ނުކުރާނަން: ޝިފާޒް

3 މެއި 2018 | ބުރާސްފަތި 19:16

ލީކް ވެފައިވާ ބަޔާންތަކާ ގުޅިގެން ގާޒީ ހައްޔަރު ކުރުމަށް ގޮވާލެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 މެއި 2018 | ބުރާސްފަތި 19:16
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ރައީސް އަބްދުﷲ ޔާމިން މަޑު މަޑުން އެކަހަރިކުރާނެ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނަށްވެސް އަނިޔާއެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ޔާމިން ރީތިކޮށް ވެރިކަން ކުރައްވަން އެއް އަހަރު ފުރުސަތު ދީގެން އެމްޑީޕީން އޮތް ކަމަށެވެ.

Advertisement - newsAdvertisement
"ވައްކަން ކުރަން ފެށީމަ އެކަން އިސްލާހް ނުކުރި. ކޯލިޝަނުގެ ބައިވެރިން ތަކުރާރުކޮށް ވިދާޅުވީމަ ވެސް އެކަން އިސްލާހް ނުކުރި. އަޅުގަނޑުމެން ދެން ނިކުތީ ރައީސް ޔާމިން ސައިޒް ކުރަން. މިހާރު އެ ހުރީ ސައިޒްކޮށްފައި" އޭނާ ވިދާޅުވި އެވެ.

ޔާމިންގެ އަނިޔާވެރިކަމުގެ އާހިރު ނިކުމަކަށް ވާނީ ޔާމިންގެ މައްޗަށް ހިންގަން ޖެހޭ ތަހްގީގު ހިންގައި، އެމަނިކުފާނު ހައްޔަރު ކުރުން ކަމަށެވެ. އަދި އެކެއް ފެބްރުއަރީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހްގީގުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ބަޔާންދެއްވި ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތައް ލީކްވެފައިވާތީ އެކަމަށް ޝިފާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހެކި ނައްތާލަފާނެ ތީ ކަމަށްބުނެ ރައީސް މައުމޫނާއި އެހެނިހެން ބޭފުޅުން ހައްޔަރުކޮށްގެން އުޅެނިކޮށް އެ ވިދާޅުވި ހެކިތައް މުޅި ދުނިޔޭގައި ދައުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަޔާންތަކަށް ބަލައި ރައީސް ޔާމިނާއި އެ ބަޔާންތައް ދީފައިވާ ގާޒީން ހައްޔަރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ޝިފާޒް ވިދާޅުވީ އަނިޔާ ލިބެމުންދާ އެންމެންގެ ހައްގުގައި އެ ބޭފުޅުން ނިކުންނަވާނެ ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ މާޒީގައި ހިނގާފައިވާ ކަންކަމުން މުސްތަގުބަލެއް ބިނާ ކުރުމަށް ކަމަށެވެ. މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލީ މެމްބަރުންގެ ހިތްވަރަށް އޭނާ ވަނީ ސާބަސް ރައްދު ކުރައްވާފަ އެވެ.

މޭޑޭގެ މުޒަހަރާއާ ގުޅިގެން ޖަލަށްލީ ކޮންމެ މީހަކު ޖަލުގައި ހޭދަ ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ފާހަގަ ކުރައްވައި ޝިފާޒް ވަނީ އެމީހުންގެ ހިތްވަރަށް ވެސް ސާބަސް ދެއްވާފަ އެވެ. ހަމަ އެހެންމެ މޭޑޭ މުޒާހަރާއިން ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރަކީ ސަރުކާރުގެ އަނިޔާވެރިކަމުން ހިނގާދިޔަ ކަމެއް ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި އެކަން ފުރިހަމަ ތަހްގީގެއް ހިންގައިފި ނަމަ ޔަގީންވެގެންދާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ ކުށްވެރިއެއް ނޫން ކަމަށާއި އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް