Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމީ ބޮޑު ލީކް

އާދަމް އާރިފާއި ހަލީމްގެ ޝަރުތު ގެއްލިއްޖެ، ވަގުތުން ފިޔަވަޅު އަޅަންޖެހޭ: ދިޔާނާ

ސިއްރު ބަޔާން ދިނުމަކީ ފަނޑިޔާރުންގެ ޝަހްސިއްޔަތެއް ނޫން

ރާއްޖެ އެމްވީ | 3 މެއި 2018 | ބުރާސްފަތި 05:32
ގާޒީ އާދަމް އާރިފް އާއި ގާޒީ ހަލީމް

ގާޒީ އާދަމް އާރިފް އާއި ގާޒީ ހަލީމް

ކޯޓްގެ ބައެއް ނިންމުންތައް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށް ކަމަށް ވިދާޅުވި ދެ ގާޒީންގެ ޝަރުތު ގެއްލިފައިވާ ކަމަށާއި، އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޖުމުލަ ނުވަ ބޭފުޅަކު މިނިވަންކުރަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ކުރި އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓްގެ ގާޒީ ހަލީމް ދެއްވި ބަޔާން ލީކްވެފައިވާއިރު، އެ ދެ ބޭފުޅުންގެ ބަޔާނުގައި ވެސް ކޯޓުގެ ބައެއް ނިންމުންތައް ނިންމާފައިވާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވަމުން ގެންދެވި ގޮތަށް ކަމަށް އެއްބަސްވެވަޑައިގެންފައިވެ އެވެ.

Advertisement - newsAdvertisement

ހަލީމް ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ބުނެފައިވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

ދެ ގާޒީންގެ ބަޔާނާ ގުޅިގެން ދިޔާނާ ރާއްޖެ އެމްވީއަށް ވިދާޅުވީ ގާޒީ އާދަމް އާރިފާއި ހަލީމް މިހާރު ގޮސްފައިވާ ހިސާބުން އެ ބޭފުޅުންގެ ކިބައިން ފަނޑިޔާރުކަމުގެ ސިފަ ގެއްލިގެން ގޮސްފައިވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމަށް ފަހު ހައްޔަރުކޮށް މިހާރު ޝަރީއަތް ހިންގަމުން ގެންދާ މައްސަލަތައް ގާޒީ އާދަމް އާރިފަށް ބެއްލެވޭނެ ކަމަށް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިހާރު ކުރިއަށް ގެންދާ މައްސަލަތައް ބެެއްލެވޭނެ ކަމަށް ވެސް ގަބޫލެއް ނުކުރަން. އެއީ މީހެއްގެ މައްޗަށް ތުހްމަތުކުރާ މީހެއް، އަދި މީހެއްގެ ހެކި ދޭ މީހަކު އެ މީހާ އެ ހުރީ އަނެކަކީ ކުށްވެރިއެއް ކަމަށް ބަލައިގެން. އެހެންވީމާ ވިސްނުމުގައި ހުރެގެން މީހެއްގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ދިޔާނާ ވިދާޅުވި އެވެ.

"މިއީ އެއް ހާދިސާއެެއްގެ މައްޗަށް ހިންގާ ޝަރީއަތްތަކެއް. ފެކްޓްތައް ހުރީ ގުޅި ލާމެހިފައި. ޝަރީއަތްތައް ހިނގަމުން ދަނީ އެއް ވަގުތެއްގައި. އާދަމް އާރިފް ވިދާޅުވޭ (ބަޔާން) ނިންމާލަމުން ވެސް، ތިމަންނަ ގަބޫލުކުރަމޭ އެ މީހުން (އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު) އަމިއްލަ ފައިދާއަށް ކުރި ކަމެއް ކަމަށް މިހާރު ގަބޫލުކުރެއްވެއޭ. އެހެންވީމާ އެ ވަނީ މިހާރު ވެސް ހުކުމެއް ނެރެވިފައި. އެ ގޮތުގައި ހުންނެވި ބޭފުޅަކަށް އިންސާފުވެރި ޝަރީއަތެއް ނުކުރެއްވޭނެ."

ޝަރީއަތަށް ފަހު އަލީ ހަމީދު ޖަލަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ

ދެ ގާޒީންގެ ބަޔާނުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި ބަޔާން ކިޔާލުމުން އެ ބޭފުޅުންގެ ޝަރުތު ގެއްލިފައިވާކަން އެނގިގެންދާކަން ފާހަގަ ކުރައްވައި ދިޔާނާ ވިދާޅުވީ، ހެކިތަކާއި ވާގިޔާތަކުގެ ބޭރުން އެހެން ކަންކަމަށް ރިޔާއަތްކޮށް މައްސަލަތައް ނިންމާފައިވާ ކަމަށް އިއުތިރާޒު ވުމުން ވަގުތުން ވަގުތަށް އެކަމުގައި ޝާމިލުވާ ހުރިހާ ބޭފުޅުންނާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ސިއްރު ހެކިބަސް ދިނުމަކީ ވެސް ފަނޑިޔާރުންގެ ސިފައެއް ނޫން ކަމަށާއި އެކަމުން ވެސް އެނގިގެން ދަނީ އިންސާފަށް ވާސިލު ވެވެން ދަތިތަކެއް ކުރިކަން ކަމަށް ދިޔާނާ ވިދާޅާުވި އެވެ.

"ފަނޑިޔާރަކު ތިމަންނައަށް މީހަކު ނުފޫޒު ފޯރުވިއޭ ވިދާޅުވެ ސިއްރު ހެކި ބަސް ދޭންޖެހޭ ހިސާބަށް ގޮސްފިއްޔާ އެކަމެއް ވިދާޅުވަންޖެހޭނީ ފާޅުގައި، ހާމަކޮށް. ސިއްރު ސިއްރުން މޫނު ފޮރުވައިގެން، އަޑުބަދަލުކޮށްގެން ވިދާޅުވުމަކީ އެއީ ފަނޑިޔާރުންގެ އާންމު ޝަހްސިއްޔަތާ ހިލާފު ކަމެއް،" ދިޔާނާ ވިދާޅުވި އެވެ.

ދެ ގާޒީންގެ ބަޔާނުގެ އިތުރުން ފުލުހުންނަށް ދީފައިވާ އެހެން ބަޔާންތައް ވެސް ލީކްވި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު