Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައުދާގެ ކުއްލި މަރު

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

ރައުދާ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 14:54
ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފައި

ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފައި

ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ އެވެ.

އިންސްޓަގްރާމްގައި 68،100 އަށް ވުރެ ގިނަ މީހުން ރައުދާ ފޮލޯކުރެއެވެ. ރައުދާގެ އެކައުންޓް ގެއްލުނު ގޮތެއް އަދި ސާފެއް ނުވެއެވެ.

Advertisement - newsAdvertisement

އެކައުންޓްގެ ވެރި މީހާއަށް ޑިލީޓް ކުރެވުނަސް، އިންސްޓަގްރާމް ބޭނުން ކުރުމުގެ ޕޮލިސީ އޮންނަ ގޮތުން އެކައުންޓަކީ އެހެން ގެއްލޭނެ އެކައުންޓެއް ނޫނެވެ. ނަމަވެސް، އިންސްޓަގްރާމް އެކައުންޓްގެ ގަވާއިދުތަކާ ހިލާފް ވެއްޖެ ނަމަ އަކައުންޓް ބްލޮކްވުން އެކަށީގެންވެއެވެ. މީގެ އިތުރުން ގިނަ ފަރާތްތަކުން އެއް އަކައުންޓެއް ރިޕޯޓްކޮށްފި ނަމަ މައްސަލަ ބަލާނެއެވެ. އަދި އެކައުންޓް ސަސްޕެންޑް ކުރެވިގެން ދާނެއެވެ.

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި

ރައުދާގެ އެކައުންޓް ގެއްލިފައި މިވަނީ އޭނާ ފޮލޯކުރާ މީހުންގެ ތެރެއިން ކުއްލިއަކަށް ދެ މީހުން މަދުވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ކޮލެޖްގައި އޭނާއާ އެކު އެންމެ ގާތްކޮށް އުޅުނު އަދި އެންމެ ފަހުން އޭނާ ފެނުނު ކަމަށް ބުނާ ކަޝްމީރުގެ އަންހެން ކުއްޖެއް ކަމަށްވާ ސީރަތު ޕަރްވީން ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ރައުދާ މަރުވި ރޭގެ ދަންވަރު ވެސް ދެ މީހުން އެކުގައި ފެނިފައި ވެއެވެ.

އެކައުންޓް ޑިލީޓްކުރީ އާއިލާއިން ކަމަށް އެކަށީގެންވެއެވެ. ނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާ މިހާރުވީ ބަންގްލަދޭޝްއިން ރާއްޖެ އައުމުގެ ދަތުރު މަތީގައެވެ. އެހެން ކަމުން އެކައުންޓު ޑިލީޓް ކުރީ އާއިލާއިން ކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.

ބަންގްލަދޭޝްގައި ކިޔަވަމުންދިޔަ، މަޝްހޫރު މޮޑެލް ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނިފައި ވަނީ މާޗް 29 ގައެވެ. އޮޓޮޕްސީ ރިޕޯޓުން ރައުދާ މަރުވެފައިވަނީ ދަންޖެހިގެންކަމަށް ދެއްކި ނަމަވެސް، ރައުދާގެ އާއިލާއާއި ގާތް ފަރާތްތަކާއި އާންމުންގެ ގިނަ ފަރާތްތަކުން ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ގިނަ ފަރާތްތަކުން ދަނީ ފުރިހަމަ ތަހުގީގަކަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ ކުރީގެ ރައީސް ވެސް ވަނީ ރައުދާ މަރުވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު