Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޑޭގެ މުޒާހަރާ

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

ފަސް އަހަރަށް ޖަލަށްލީ ކޯކު ފުޅިއެއް އެއްލި މައްސަލައިގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އެޕްރީލު 2017 | ހޯމަ 12:44
ލ. ގަން، އެއްގަމުގޭ ނާސިރާ އަލީ، ޖަލަށްލީ ކޯކު ފުޅިއެއް އެއްލި މައްސަލައިގައި

ލ. ގަން، އެއްގަމުގޭ ނާސިރާ އަލީ، ޖަލަށްލީ ކޯކު ފުޅިއެއް އެއްލި މައްސަލައިގައި

އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ކޯކު ފުޅިއަކުން ފުލުހެއްގައި ގައިގައި ޖެހި ކަމަށް ބުނެ ޖަލަށްލާފައިވާ ލ. ގަން، އެއްގަމުގޭ ނާސިރާ އަލީ ޝަރުތުތަކަކާ އެކު ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.

މޭޑޭގެ މުޒާހަރާގެ ތެރެއިން ކޯކު ފުޅިއަކުން ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ފަސް އަހަރަށް ޖަލަށްލާފައިވާ ނާސިރާ ދޫކޮށްލާފައި ވަނީ ކްލެމެންސީ ބޯޑުންނެވެ.

Advertisement - newsAdvertisement

ނާސިރާ ދޫކޮށްލާފައިވާކަން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް، ނާސިރާއަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.

މާލޭ ޖަލު ބޭރުގައި ނާސިރާ

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާސިރާއަށް ދީފައިވަނީ މައާފެއް ނޫނެވެ. ޝަރުތުކޮށްފައި ވަނީ ހުކުމުގެ މުއްދަތުގައި އެއްވެސް މައްސަލައެއްގައި ފުލުހަށް ހާޒިރުކުރަންޖެހޭ ފަދަ ކަމެއް ނުކުރުމަަށާއި އެފަދަ ކަމެއްގައި ފުލުހަށް ގެންގޮސްފި ނަމަ އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

މޭޑޭގެ މުޒާހަރާގެ ތެރެއިން ބަޔަކު ފުލުހަކަށް ހަމަލާދިން އިރު، އެ ސަރަހައްދުގައި ހުރި ނާސިރާ ފުލުސް މީހާއާ ދިމާއަށް ކޯކު ފުޅިއެއް އެއްލާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ނަމަވެސް، އެ ފުޅި ފުލުސް މީހާގެ ގައިގައި ޖެހިފައެއް ނުވެއެވެ.

އެ މައްސަލައިގައި ނާސިރާއާ އެކު އިތުރު ފަސް މީހެއްގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާކޮށް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އެ ހަ މީހުންގެ އިތުރުން، އިތުރު ދެ މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު