Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން ހައްޔަރުކުރުން

ރައީސް މައުމޫންގެ ފުރާނަފުޅަށް ނުރައްކާނުވަނީސް ގެއަށް ބަދަލުކޮށްދެއްވާތޯ އާއިލާއިން މަސައްކަތްކުރަނީ

2 މެއި 2018 | ބުދަ 12:16

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ގެއަށް ބަދަލުކޮށްދެއްވާތޯ ކަމާއި ގުޅޭ ހުރިހާ އިދާރާތަކަށް ވަނީ ދަންނަވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 މެއި 2018 | ބުދަ 12:16
ރައީސް މައުމޫން ދޫނިދޫއިން މާލެއަށް ގެންނަނީ: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭ ގޮތުން އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ރައީސް މައުމޫން ދޫނިދޫއިން މާލެއަށް ގެންނަނީ: އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭ ގޮތުން އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދޫނިދޫގައި ބަންދުކޮށްފައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނުގެ ޙާލުކޮޅު ދެރަވަމުންދާތީ، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވާތޯ އާއިލާއިން މަސައްކަތްކުރަމުން އެބަގެންދަވައެވެ.

އެގޮތުން ޢުމުރުފުޅާއި ސިއްހީ ހާލުކޮޅަށް ބައްލަވައި، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެދާނެފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ގެއަށް ބަދަލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވަނީ ސިޓީއަކުން ދަންނަވާފައެވެ. އަދި އެސިޓީފުޅާއި ގުޅޭގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެކޮމިޝަނުގެ މެމްބަރުންނާއި އެސިޓީފުޅާއި ގުޅޭ ގޮތުން ބައްދަލު ކުރައްވާފައެވެ. އަދި އެއަށް ފަހު، އެދުވަހު ދެކެވުނު ވާހަކަތަކާއި ގުޅިގެން އެކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ ބެއްލެވުމަށް އެކަމަނާ ވަނީ ބުދަ ދުވަހު އަނެއްކާވެސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެއްވާތޯ މޯލްޑިވްސް ޕޮލިސް ސަރވިސްގަޔާއި ކްރިމިނަލް ކޯޓުގައިވެސް އެދިވަޑައިގެންފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިދިޔަ މަހުގެ 29ވަނަ ދުވަހު ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ޓެރަރިޒަމްގެ ދައުވާގެ މައްސަލައިގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ރައީސް މައުމޫން ބަންދުގައި ހުންނަވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތް ކުރެއްވުމަށް ފަހު ޚާއްސަ އުސޫލަކުން ކަމަށާއި، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ނުދެވޭނެ ކަމަށެވެ.

ރައީސް މައުމޫން އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވީ ބަންދުގައި ހުންނަވާތާ އެތައް ދުވަހެއް ވެފައިވާކަމަށާއި، އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހީ ހާލަތު ހުރިގޮތުން ބަންދުގައި އެކަނި އޮންނެވުމަކީ ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔެކިޔުންތައްވެސް ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ދެރަވަމުންދާތީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވާތޯ އާއިލާއިން މަސައްކަތްކުރަމުންދާއިރު، މިވަގުތު ޖަލުގައި ތިއްބެވި ފަރާތްތައް ގޭ ބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެ ފަރާތްތައް ޖަލުގައި ތިއްބެވީ ހެއްކަށް ނުފޫޒް ފޯރުވަތީކަމަށް ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހުގެ ރޭ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް