Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލީކުވި ބަޔާން

ލީކުވި ބަޔާން: އަދީބު އާއި ފާރިސް ލޯންޗުން ބޭލީ މީހަކު އަންގައިގެނެއް ނޫން

ރަނގަޅަށް ލައިފް ޖެކެޓް ނޭޅުވިގެން އުޅެނިކޮށް ލޯންޗުން އެދެމީހުން ބޭލީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 މެއި 2018 | ބުދަ 10:24
ޕޮލިސް ހެޑްކުއާޓާޒް

ޕޮލިސް ހެޑްކުއާޓާޒް

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަގުތުން މިނިވަން ކުރުމަށް އަމުރު ކޮށްފައިވީ ނަމަވެސް އެ ދެމީހުން މާލެ ގެނައުމަށްޓަކައި ލޯންޗަށް އަރުވާފައި ވެސް ލޯންޗުން ބޭލީ އެއްވެސް މީހަކު އަންގައިގެން ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ދޫނިދޫ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް އިންޗާރޖް މުހައްމަދު ނިޔާޒް ދީފައިވާ ބަޔާނުން ހާމަވެއްޖެއެވެ.

ދޫނިދޫ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް އިންޗާރޖް މުހައްމަދު ނިޔާޒް ދީފައިވާ ސިއްރު ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުގެ ރޭ 12:40 ހާއިރު އާދިބު އާއި ފާރިސް ގޮވައިގެން ދޫނީދޫ ޖެޓީ ކައިރިއަށް ގޮސް މެރިން ޕޮލިސްގެ ލޯންޗަށް އެދެމީހުން އަރުވި ކަމަށެވެ. އެހެން ނަމަވެސް އެދެމީހުން ރަނގަޅަށް ލައިފް ޖެކެޓް ނޭޅުވިގެން އުޅެނިކޮށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޝަރީފް އޭނާ ގާތުގައި އާދިބު އާއި ފާރިސް ލޯންޗުން ބޭލުމަށް އެންގި ކަމަށެވެ. އެގޮތަށް އެންގުމުން އެދެމީހުން ލޯންޗުން ބޭލުމަށް ފަހު ދޫނިދޫ ކަސްޓޯޑިއަލްގެ އާއިލީ ބައްދަލުވުން ހަމަޖައްސައިދޭ ތަނަށް އެދެމީހުން ގެންދެވުނު ކަމަށް ވެސް ނިޔާޒްގެ ބަޔާނުގައިވެއެވެ. އަދި އެ ތަނުގައި އެދެމީހުން ބޭތިއްބުމަށް ފަހު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަރީފު ކައިރީގައި ނިޔާޒް ކިހިނެއްވީހޭ އެހުމުން "އިންޓަނެޓްގެ ޒަރިއްޔާއިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު އަރީފް މަޤާމުން ވަކިކޮށްފި ކަމަށް ބުނެ، މީޑިއާތަކުގައި ޚަބަރު ފަތުރަމުންގެންދަނިކޮށް އޭނާއަށް ފެނިއްޖެ ކަމަށާއި އެހެންކަމުން އެކަން އެހެން ގޮތަކަށް ވެސް ފަހުން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާއަށް (ޝަރީފު) ފެންނާތީ ވަގުތުކޮޅަކަށް އެކަން ބަލާލުމަށް އެމީހުން ލޯންޗުން ބޭލީކަމުގައި" ނިޔާޒް ގާތުގައި ޝަރީފް ބުނި ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އަދި އޭގެ އިރުކޮޅެއް ފަހުން ނިޔާޒް އާއި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަބްދުއްރަހީމް ގާތުގައި މާލޭތެރޭ ހާލަތު އޮތް ގޮތުން އާދިބު އާއި ފާރިސް މާލެ ގެންދެވެން ނެތް ކަމަށް އެދެމީހުންނަށް އެންގުމަށް ޝަރީފް ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"އަދީބު އާއި ފާރިސް އަށް އެކަން އެންގުމަށްފަހު އެނބުރި ގޮޅިއަށް ވަނުމަށް އެންގުމުން އަދީބު އާއި ފާރިސް އަޅުގަނޑުމެން ގާތުގައި އޭނާ އާއި އާދިބު އަކީ ސުޕްރީމްކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލުމަށް އަންގާފައިވާ ދެމީހުން ކަމަށާއި އެހެން ކަމުން އެ ދެމީހުން ދޫނިދޫގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ބުނި" ނިޔާޒް ބުންޏެވެ.

މީގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޝަރީފު ތިން ވަރަކަށް ފަހަރު ނުވަތަ ހަތަރު ވަރަކަށް ފަހަރު ކޮންމެވެސް މީހަކަށް ފޯނުން ގުޅައި އަދީބު އާއި ފާރިސް "ހަމަ މާލެ ގެންދަންވީހޭ، އިތުރު ގޮތެއް ނެތްތޯ" ބުނެ އެދެމީހުން ލޯންޗަށް އެރުވުމުގެ ކުރިން ކޮންމެވެސް މީހަކާ ސުވާލުކޮށްފައިވާކަމަށްވެސް ނިޔާޒުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޝަރީފު ފޯނުން ވާހަކަ ދެއްކީ ކޮން ފަރާތަކާ ކަމެއް އޭނާއަށް ބުނެދޭން ނޭނގޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

ފެބްރުއަރީ ދެވަނަ ދުވަހުގެ މެންދަމު 01:00 ގެ ފަހުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަރީފު އެދެމީހުން (ނިޔާޒު އަދި ސަބްއިންސްޕެކްޓަރ އަބްދުﷲ އަބްދުއްރަހީމް) ގާތުގައި އަދީބު މާފުށީ ޖަލަށް ބަދަލު ކުރުމުގެ ކަންކަން ހަމަޖެއްސުމަށް ބުނި ކަމަށާއި އަދީބު ކައިރީ އޭނާ މާފުށީ ޖަލަށް ބަދަލުކުރާތީ އޭނާ އޮތް ގޮޅީގައި، ހުރި އޭނާގެ ތަކެތި ބަލާ ގޮޅިއަށް ދިއުމަށް އެންގުމުން އޭނާ އެނބުރި ގޮޅިއަށްދާން ބޭނުންނުވާ ކަމަށް ބުނުމުން، އޭނާގެ ހުއްދައާއެކު އޭނާގެ ގޮޅީގައި ހުރި ތަކެތި ގެނައުމަށް ފަހު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަބްދުއްރަހީމް އާއި ޕޮލިސް ސާރޖަންޓް މުހައްމަދު ނަސީމް އަދި ޕޮލިސް ސާރޖަންޓް އަލީ އިބްރާހީމް އާއިއެކު އަދީބު މާފުށީ ޖަލަށް ފޮނުވާލެވުނު ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ބަޔާންތައް އާއްމުވެފައި މިވަނީ، މައްސަލަ ބޮޑުވި ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނިކޮށެވެ. ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު