Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ލޯބިވެރިޔާއާ ވަކިވުމަށް ފަހު އެކުގައި މަސައްކަތް ނުކުރަނީ މި ތަރިން

ގިނަދުވަސްތަކެއް ވަންދެން މިތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު

އާއިޝަތު ލުދްނާ
އާއިޝަތު ލުދްނާ, ރާއްޖެ އެމްވީ | 2 މެއި 2018 | ބުދަ 11:46
ބޮލީވުޑް ތަރިން

ބޮލީވުޑް ތަރިން

އެކުގައި ގިނަދުވަސްތަކެއް ވަންދެން އުޅުނު ބޮލީވުޑްގެ ތަރިން، މިހާރު އެކަކު އަނެކަކަށް ފެންނަނީ ވެސް މަދު ފަހަރެއްގައެވެ. މި ދައްކަނީ ކުރީގައި އެކުގައި އުޅުނު ބައެއް ލޯބިވެރިންގެ ވާހަކައެވެ. އެކުގައި އުޅުމަށް ފަހު މި ތަރިން ވަނީ ވަކިވެފައެވެ. އެހެން ނަމަވެސް ބައެއް ތަރިން އެކަން ހަނދާން ނައްތާލާ އެކުގައި މަސައްކަތް ކުރަމުން ދާއިރު، އެކަކު އަނެކަކަށް އާންމު ރަސްމިއްޔާތެއްގައި ވެސް ނުވަތަ އެހެންގޮތަކަށް ވެސް ދިމާވާން ބޭނުންނުވާ ތަރިން އެބައުޅެއެވެ. އެ ތަރިންގެ ލިސްޓެއް ހިމަނާލާނަމެވެ.

ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ

ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ އަކީ ބޮލީވުޑްގައި އެންމެ ލޯބިން އުޅުނު ލޯބިވެރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. އެ ދެ ތަރިން ވަނީ އެކުގައި 9 އަހަރު ވަންދެން އުޅުމަށް ފަހު 2011 ވަނަ އަހަރު ވަކިވެފައެވެ.

ދެ ތަރިން ވަކިވުމަށް ފަހު ޖޯން އަބްރަހަމް ޕްރިޔާ ރަންޗަލް އާއި 2014 ވަނަ އަހަރު ކައިވެނި ކޮށްފައި ވާއިރު، ބިޕާޝާ ބާސޫ ކައިވެނިކޮށްފައި ވަނީ ޓީވީ އެކްޓްރެސް ކަރަން ސިންގް ގްރޯވަރް އާ 2016 ވަނަ އަހަރުއެވެ.

ޖޯން އާއި ބިޕާޝާ މިހާރު އެއްވެސް ވަރަކަށް އެކަކު އަނެކަކަށް ވާހަކަ ދައްކައެއް ނުހަދައެވެ. އެ ދެތަރިން އެކުގައި އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ރޭސް 2 އިންނެވެ.

ޝާހިދް ކަޕޫރާއި ކަރީނާ ކަޕޫރް ހާން

ޝާހިދް ކަޕޫރާއި ކަރީނާ ކަޕޫރް ހާން ގެ ލޯބީގެ ގުޅުމަކީ ބޮލީވުޑްގައި ގިނަ މީހުން އެންމެ ޝައުޤުވެރިކުރުވި ދެ ލޯބިވެރިންނެވެ. އެ ދެ މީހުން ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ވަނީ ވަކިވެފައެވެ.

ދެމީހުން ވަކިވުމަށް ފަހު ޝާހިދް ކަޕޫރް ވަނީ މީރާ ރާޖްޕުތް އާ ކައިވެނިކޮށް އަންހެން ކުއްޖަކު ލިބި ދެވަނަ ކުއްޖާއަށް ބަނޑު ބޮޑުކަމަށް އިއުލާން ކޮށްފައެވެ. ކަރީނާއަށް ވެސް ވަނީ ބޮލީވުޑް އެކްޓަރ ސައިފް އަލީ ހާން އާ ކައިވެނިކޮށް ފިރިހެން ކުއްޖަކު ލިބިފައެވެ.

މި ދެ ތަރިން އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައި ވަނީ "އުޑްތާ ޕަންޖާބް" އިންނެވެ. އެއީ ދެމީހުން އެކުގައި މަސައްކަތްކުރި ކާމިޔާބު ފިލްމް "ޖަބް ވީ މެޓް" ގެ ފަހުން ނިކުމެފައިވާ ފިލްމެކެވެ.

އަކްޝޭ ކުމާރް އާއި ރަވީނާ ޓެންޑޮން

އަކްޝޭ ކުމާރް އާއި ރަވީނާ ޓެޏްޑޮން އަކީ ބޮލީވުޑްގައި 1990 ގެ މެދުތެރޭގައި އެންމެ ހިތްގައިމު ލޯބިވެރިންގެ ތެރޭގައި ހިމެނޭ ދެ ލޯބިވެރިންނެވެ. އޭގެ އިތުރުން އެ ދެ ތަރިންނަކީ އޭރު ބޮލީވުޑް ސްކްރީންގައި އެންމެ މަޝްހޫރު ދެތަރިންނެވެ. އެ ދެ ތަރިންގެ ގުޅުން 3 އަހަރު ދުވަހަށް ދެމި އޮތުމަށް ފަހު ވަނީ ގުޅުން ކަނޑާލާފައެވެ.

އެއަށް ފަހު އަކްޝޭވަނީ ބޮލީވުޑް އެކްޓްރެސް ޝިލްޕާ ޝެޓީ އާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ. އަކްޝޭ ކައިވެނީގެ ގޮތުން ގުޅުނީ ޓްވިންކަލް ހަންނާ އާއެވެ. ރަވީނާ ކައިވެނި ކޮށްފައިވަނީ އަނިލް ތަޑަނީ އަށެވެ.

މި ދެތަރިން އެންމެ ފަހުން އެއް ފިލްމަކުން ފެނިފައި ވަނީ 2004 ވަނަ އަހަރު ނުކުމެފައިވާ " މެން އެޓް ވޯކް" މި ފިލްމް އިންނެވެ.

އައިޝް ވާރިޔާ ރާއީ ބަޗަން އާއި ސަލްމާން ހާން

މިއީ ހަމަގައިމު ވެސް އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޯލީވުޑްގެ އެންމެ ހިތްގައިމު އެންމެ މަޖާކޮށް އުޅުނު ދެ ލޯބިވެރިންނެވެ. އެ ދެ ތަރިން ވަކިވެފައިވަނީ އެކުގައި މަސައްކަތް ކުރި އެންމެ ފަހު ފިލްމް "ހަމް ދިލް ދެ ޗުކެ ސަނަމް" މި ފިލްމްގެ ޝޫޓިން އަށް ފަހުއެވެ. އެއީ ސަންޖޭ ލީލާ ބާންސާލީ ގެ ފިލްމެކެވެ. އޭގެ ފަހުން މި ދެތަރިން އެކުގައި އެއްވެސް ޕްރޮޖެކް އެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

އައިޝް ވަރިޔާ ރާއި ބަޗަން އަށް އަބީޝޭކް ބަޗަން އާ ކައިވެނިކޮށް އަންހެން ކުއްޖަކު ލިބިފައި ވާއިރު، ސަލްމާން ހާން އަދިވެސް ކައިވެނީގެ ގޮތުން އެއްވެސް ފަރާތަކާ ގުޅިފައެއް ނުވެއެވެ.

ރާނީ މުކަރްޖީ އާއި އަބީޝޭކް ބަޗަން

ރާނީ އާއި އަބީޝޭކް ބަޗަން އަކީ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިންނެވެ. މި ދެތަރިން ވެސް ވަނީ އެކުގައި ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައެވެ.

2007 ވަނަ އަހަރު އަބީޝޭކް އައިޝް ވަރިޔާ އާ ކައިވެނި ކުރުމަށް ފަހު ވަނީ ރާނީ އާ އެކު "ލަގާ ޗުނަރި މޭ ދާގް" މި ފިލްމްގެ ޝޫޓިންގެ ނުނިމި ހުރި ބައި ނިންމާ ލައިފައެވެ. އޭގެ ފަހުން މި ދެ ތަރިން އެއް ފިލްމަކުން ފެނިފައެއް ނުވެއެވެ.

ރާނީ ކައިވެނީގެ ގޮތުން ގުޅިފައިވަނީ އިންޑިޔާގެ މަޝްހޫރު ވިޔަފާރި ވެރިޔާ އަދިތްޔާ ޗޯޕްރާއާއެވެ. ރާނީ އަދި އަބީޝެކްއަށް ވެސް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.

އަބީޝޭކް ބަޗަން އާއި ކަރިޝްމާ ކަޕޫރް

އަބީޝޭކް އަދި ކަރިޝްމާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވީ އެންގޭޖްމަންޓް ވެސް ކުރުމަށްފަހުއެވެ. އެ ދެ މީހުން ވަކިވި ސަބަބު އަދިވެސް އެނގިފައި ނުވާއިރު އެއީ ދެފަރާތުގެ އާއިލީ މައްސަލަތަކާ ހެދި ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

އަބީޝެކް އާއި ކަރިޝްމާ އެކީގައި މަސައްކަތް ކޮށްފައި ވަނީ "ހާ މޭނޭ ބީ ޕިޔާރް ކިޔާ" އެ ފިލްމުންނެވެ. އެ ދެތަރިން ވަކިވުމަށް ފަހު އެކުގައި ބޮލީވުޑްގެ އެއްވެސް ފިލްމެއްގެއި މަސައްކަތް ކޮށްފައެއް ނުވެއެވެ.

އައިޝް ވާރިޔާ ރާއީ ބަޗަން އާއި ވިވެކް އޮބްރޯއި

އައިޝް ވާރިޔާ އާ ސަލްމާން ހާން ލޯބީގެ ގުޅުން ކަނޑާލުމަށް ފަހު ދެން އައިޝް ވަރިޔާ ލޯބީގެ ގޮތުން ގުޅުނީ ވިވެކް އާ ކަމަށް އޭރުގެ ރިޕޯޓްތަކުގައި ވެއެވެ. އެހެން ނަމަވެސް މި ދެލޯބިވެރިން ވެސް ވަނީ ގިނަ ދުވަސްތަކެއް ނުވެ ވަކިވެފައެވެ.

އެ ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައިވާ ފިލްމަކީ "ކިޔޫން! ހޯ ގަޔާ ނާ.." މި ފިލްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު