Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ރިލީޒްވާ އެދެތަރިންގެ ފުރަތަމަ ފިލްމް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 5 މާރިޗު 2017 | އާދީއްތަ 02:14
"ޖައްގާ ޖާސޫސް"ގެ އޮފިޝަލް ޓްރެއިލާ

"ޖައްގާ ޖާސޫސް"ގެ އޮފިޝަލް ޓްރެއިލާ

ބޮލީވުޑް ސްޓާރ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެންމެ ފަހުން ކުޅެފައިވާ ފިލްމް "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރުމުގައި އެދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ ރަންބީރައި ކެޓރީނާ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ރިލީޒްވާ އެދެތަރިންގެ ފުރަތަމަ ފިލްމެވެ.

ކެޓްރީނާ ވަނީ ރަންބީރާއި އެކު މި ފިލްމް ޕްރޮމޯޓް ކުރުމަށް މީގެ ކުރިން ދެކޮޅު ހަދާ އެކުގައި ފިލްމް ޕްރޮމޯޓް ނުކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެންމެ ފަހުގެ ޙަބަރުތައް ބުނާގޮތުން ފިލްމް ޕްރޮމޯޓް ކުރުމުގައި މި ދެތަރިން އެކުގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން އިންޓަވިއު ތަކާއި އިވެންޓް ތަކުގައި މި ދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިފިލްމް ރިލީޒް ކުރާ ދުވަސް ފަސްކޮށްފައިވާ ކަމަށް އަޑު ފެތުރަފައިވީ ނަމަވެސް އެ ފިލްމް މީގެ ކުރިންވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އަންނަ އެޕްރީލް މަހުގެ 7 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ އަނޫރާގް ބުންޏެވެ.

އަނޫރާގް ބާސޫ ޑައިރެކްޓ ކުރާ މިފލްމްގައި ޖުމްލަ 29 ލަވަ ހިމެނޭ އިރު މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ އޭނާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ބަރްފީ"ގެ ރީތި މިއުޒިކް ތައްޔާރުކޮށްދިން މަޝްހޫރު ކޮމްޕޯސަރ ޕްރިތަމް ޗަކްރަބަތީއެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2018

ރަންބީރާއި ނުލާ ކަޕޫރު އާއިލާ ޕެރިހުގައި މަޖާކުރަނީ

11 ޖުލައި 2018
ރަންބީރާއި ނުލާ ކަޕޫރު އާއިލާ ޕެރިހުގައި މަޖާކުރަނީ
26 ޖޫން 2018

ރަންބީރާއި އާލިއާ އެކުގައި ސަންޖޭދަތުގެ ގެއަށް!

26 ޖޫން 2018
ރަންބީރާއި އާލިއާ އެކުގައި ސަންޖޭދަތުގެ ގެއަށް!
23 ޖޫން 2018

ޖައްގާ ޖާސޫސް އަށް ޓެކްނިކަލް ތިން އެވޯޑެއް ލިބިއްޖެ

23 ޖޫން 2018
ޖައްގާ ޖާސޫސް އަށް ޓެކްނިކަލް ތިން އެވޯޑެއް ލިބިއްޖެ
18 އެޕްރީލު 2018

ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން

18 އެޕްރީލު 2018
ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން
09 ޑިސެމްބަރު 2017

ފިރަންގީ ކާމިޔާބު ނުވީ ޕްރޮމޯޓް ނުކުރެވުމުން: ގްރިޝް ޖޯހަރު

09 ޑިސެމްބަރު 2017
ފިރަންގީ ކާމިޔާބު ނުވީ ޕްރޮމޯޓް ނުކުރެވުމުން: ގްރިޝް ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު