Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިޕާޝާ އާއި ކަރަން

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ބިޕާޝާ ވަނީ ޝޯ އިންތިޒާމުކުރި ފަރާތަށް ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔާފައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 8 މާރިޗު 2017 | ބުދަ 09:39
ބިޕާޝާ އާއި ފިރިމީހާ ކަރަން

ބިޕާޝާ އާއި ފިރިމީހާ ކަރަން

އިނގިރޭސި ވެރިރަށް ލަންޑަނުގައި ބޭއްވި ފެޝަން ޝޯއެއްގައި ރޭމްޕަށް އެރުމަށް ބޮލީވޫޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ ދެކޮޅު ހަދައިފިއެވެ.

ފިރިމީހާ އަދި އެކްޓަރު ކަރަން ސިންގް ގްރޯވަރއާ އެކު ބިޕާޝާ ލަންޑަނަށް ދިޔައީ ލަންޑަނުގެ ޑިޒައިނަރުން ކަމަށްވާ ލުބްނާ އާއި އުޒްމާ ރާފިގްގެ ޝޯއަކަށެވެ. ޝޯ ސްޓޮޕާގެ ގޮތުގައި އޭނާ ހަމަޖައްސާފައިވާއިރު ޕާކިސްތާނާއި އިންޑިޔާގެ ސަގާފަތް ދައްކުވައިދޭ މި ޝޯގެ ރޭމްޕްގައި އޭނާއާ އެކު އެރުމަށް ހަމަޖައްސާފައި އޮތީ ޕާކިސްތާނުގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޖާވިދު ޝައިޚްއެވެ. ޝޯގެ ކުރިން ދެ މީހުން އެކުގައި އިންޓަވިއު ވެސް ދީފައި ވެއެވެ.

ނަމަވެސް ޝޯ ފެށެން ހަތަރު ގަޑިއިރު ފަހުން ބިޕާޝާ ވަނީ އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލާފައެވެ. އަދި އެއްވެސް މީހަކާ ވާހަކަ ދައްކަން ވެސް އޭަނާ ވަނީ ދެކޮޅު ހަދާފައެވެ. އޭނާގެ މެނޭޖަރު ވެސް އެކަމަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ދޮރު ހުޅުވަން ބިޕާޝާ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޝޯގެ ބާނީ އަދި އިންތިޒާމުކުރާ ފަރާތަށް ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިވެންޓް އޯގަނައިޒަރ ކަމަށްވާ ސަނީ ސުރާނީ ބުނީ މި ޝޯ އަށް ބިޕާޝާ އަށް 7،800 ޕައުންޑް ދިން ކަމަށާއި އެއާޕޯޓުން ނަގުދު ފައިސާ ހަވާލުކުރި ކަމަށެވެ. ނަމަވެސް ކަރަންއާ އެކު ހަނީމޫން ހެދުމަށް ބޭނުންވާ ފައިސާ ވެސް ދިނުމަށް އޭނާ ޑިމާންޑްކުރި ކަމަށާއި މައްސަލައަކީ އެއީ ކަމަށް ބެލެވޭ ކަމަށެވެ. އަދި މުސްތަގުބަލުގައި ބިޕާޝާ އަށް ލަންޑަނުގައި މަސައްކަތްނުކުރެވޭ ގޮތް ހެދުމަށް އިމިގްރޭޝަނަށް ވެސް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ. އަދި ކަން ހިނގި ގޮތުގެ ހުރިހާ ހެއްކެއް އެމީހުން އަތުގައި އެބަހުރި ކަމަށާއި ލިޔެކިޔުންތަކާއި ހޮޓަލުގެ ސީސީޓީވީ ފޫޓޭޖް ވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ. އަދި އެކަމަށް ޖަވާބުދާރީވާން 48 ގަޑިއިރު ބިޕާޝާ އަށް ދީފައިވާ ކަމަށާއި އޭގެ ފަހުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ޝޯ އިންތިޒާމުކުރި ފަރާތުން ވަނީ ބުނެފައެވެ.

މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބިޕާޝާގެ ތަރުޖަމާނު ބުނީ ޝޯ އިންތިޒާމުކުރި ފަރާތުން އެއްބަސްވުމަށް އިހްތިރާމުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ހޮޓާ ވެސް ބުކްކުރަން ޖެހުނީ ބިޕާާޝާ އަމިއްލަ އަށް ކަމަށާއި އެއީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟
18 އެޕްރީލު 2018

ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން

18 އެޕްރީލު 2018
ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން
13 މާރިޗު 2018

ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ

13 މާރިޗު 2018
ފްރާންސްގެ ފެޝަން ޑިޒައިނާ ޖިވޮންޝީ މަރުވެއްޖެ
28 ޑިސެމްބަރު 2017

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން
30 ނޮވެމްބަރު 2017

21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި

30 ނޮވެމްބަރު 2017
21 ގައުމެއްގެ މޮޑެލުންނާއެކު ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު