Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ މައްސަލަ

ފަލަސްތީނުގެ ޤައުމީ ކައުންސިލުން 22 އަހަރަށް ފަހު ބައްދަލުކޮށްފި

2 މެއި 2018 | ބުދަ 11:41

ނޭޝަނަލް ކައުންސިލްއަކީ ޕީއެލްއޯގެ ޤާނޫނު ހަދާ މަޖިލިސް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 މެއި 2018 | ބުދަ 11:41
ނޭޝަނަލް ކައުންސިލްގެ ބައްދަލުވުމުގައި މަޙްމޫދު ޢައްބާސް ވާހަކަ ދައްކަވަނީ

ނޭޝަނަލް ކައުންސިލްގެ ބައްދަލުވުމުގައި މަޙްމޫދު ޢައްބާސް ވާހަކަ ދައްކަވަނީ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާޢަތްތަކުގެ ބެލެނިވެރި ޖަމްއިއްޔާ ކަމަށްވާ ޕީއެލްއޯގެ ޤާނޫނު ހަދާ ބާރު ކަމަށްވާ ފަލަސްތީނުގެ ޤައުމީ ކައުންސިލުގެ ބައްދަލުވުމެއް 22 އަހަރަށް ފަހު ބާއްވައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ފަަލަސްތީނުގެ ވެރިރަށް ރާމަﷲގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ގިނަ ޖަމާޢަތްތަކަކުން ބައިވެރިވިއެވެ. އެހެން ނަމަވެސް ބައެއް ޖަމާޢަތްތަކުން ބައްދަލުވުން ބޮއިކޮޓް ކޮށްފައިވެއެވެ. މި ބައްދަލުވުން ބޮއިކޮޓް ކުރި ޖަމާޢަތްތަކުގެ ތެރޭގައި ޙަމާސް، އިސްލާމިކް ޖިހާދު، ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕަލަސްޓައިން ހިމެނެއެވެ. މިއީ ފަލަސްތީނުގެ މިނިވަން ކަމަށް ކުރާ ޖިހާދުގެ މުހިއްމު ބައިވެރިންނެވެ. ޖުމްލަ 145 ބައިވެރިން މި ބައްދަލުވުން ބޮއިކޮޓް ކޮށްފައިވެއެވެ. ނޭޝަނަލް ކައުންސިލްގެ މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް 700އެވެ. ޙަމާސް އާއި އިސްލާމިކް ޖިހާދަކީ ޕީއެލްއޯގެ މެމްބަރުން ނޫން ކަމުގައި ވިޔަސް، އެޖަމާޢަތުގެ އޮބްޒާވަރުންނެވެ.

ހުޅަނގު އައްސޭރީގައި މި ބައްދަލުވުން ކުރިއަށްދާއިރު، ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތިބީ މިސްރާއީ އިސްރާއީލުން ޣައްޒާއަށް ވަދެވޭ ސަރަހައްދީ ރޮނގު ބަންދުކޮށްފައި ވާތީއާއި، ފަލަސްތީނުގެ ފެކްޝަންތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހިތްހަމަނުޖެހިފައެވެ.

ކައުންސިލްގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ދެގަޑިއެއްހާ އިރު ވާހަކަ ދެއްކެވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ސިޔާސަތުތަކާއި މައްސަލަތައް ހައްލުކުރެވޭނެ ގޮތަށްވުރެ ބޮޑަށް އަލިއަޅުއްވާލެއްވީ ތާރީޚަށެވެ.

މި ބައްދަލުވުމުގައި އިރުމަތީ ޤުދުސްގެ މައްސަލައާއި، އެމެރިކާއިން އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމާއި ގުޅިގެން އެކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. ނޭޝަނަލް ކައުންސިލްގެ ބައްދަލުވުމެއް 1996ވަނަ އަހަރުގެ ފަހުން ބާއްވާފައިނުވާއިރު، ތެލްއަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަށް މަސައްކަތްކުރުމަށް އެމެރިކާގެ ވަފުދެއް މިމަހުގެ 14 ވަނަ އިސްރާއީލަށް ދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް