Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަސްލީ ތަފާތުކުރުން

ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކުރިއާލައި ފައިސާ ނެގުމުން ރެސްޓޯރަންޓެއް ޖޫރިމަނާކޮށްފި

1 މެއި 2018 | އަންގާރަ 04:33

ހޮންގ ޝިންގ ރެސްޓޯރަންޓު ވަނީ 10،000 ކެނޭޑިއަން ޑޮލަރުން ޖޫރިމަނާކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 މެއި 2018 | އަންގާރަ 04:33
ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށް

ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށް

ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކެއުމުގެ ކުރިން އަގު ނެގި ރެސްޓޯރެންޓަކުން ކޮށްފައިވާ ކަމަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކެނެޑާގެ ހިއުމަން ރައިޓްސް ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

ޓޮރޮންޓޯގެ ޗައިނާ ޓައުންގައި ހުންނަ ހޮންގ ޝިންގ ރެސްޓޯރަންޓް ވަނީ 10،000 ކެނޭޑިއަން ޑޮލަރު (8،000 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފައެވެ.

މި ފައިސާ ލިބިގެންދާނީ އޮންޓާރިއޯ ހިއުމަން ރައިޓްސް ޓްރައިބިއުނަލްގައި އެ ޝަކުވާ އުފުލި ކަސްޓަމަރ އެމިލް ވިކަމްއަށެވެ.

ޓްރައިބިއުނަލްގައި އޭނާ ބުނި ގޮތުގައި އެކުވެރިޔަކާ އެކު އޭނާ ގޮސް އިށީންއިރު އެތަނުގައި ކަޅު ނަސްލުގެ ބަޔަކަށް ތިބީ އެ މީހުން އެކަނި ކަމަށެވެ. އެއާ އެކު އެތަނުގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތަކީ ކެއުމުގެ ކުރިން އެޑްވާންސްކޮށް އަގު ދެއްކުން ކަމަށް ވެއިޓަރު އެމީހުން ގާތުގައި ބުނެފައި ވާކަމަށެވެ. ފައިސާ ދެއްކި ނަމަވެސް އެއީ އެކަން އޮންނަ ގޮތްތޯ އެހެން ކަސްޓަމަރުންގެ ގާތުގައި އޭނާ އެހި ކަމަށާއި އެހެން މީހުންނަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް އެހެން ކަސްޓަމަރުން މައުލޫމާތު ދިން ކަމަށް އޭނާ ޓްރައިބިއުނަލްގައި ބުނެފައިވެއެވެ.

ވެއިޓަރުގެ ގާތުގައި ޝަކުވާކުރުމުން ފައިސާ އަނބުރާ ދިން ކަމަށާއި އެ އަށް ފަހު އެމީހުން ނުކުތީ ކަމަށް އޭނާ ބުނެފައިވެއެވެ.

ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކަމް ވަނީ ހިއުމަން ރައިޓްސް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ.

މި މައްސަލައިގައި ރެސްޓޯރަންޓުން ފަހުން ބުނެފައި ވަނީ އެ ރެސްޓޯރަންޓުން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން އާއްމުކޮށް އެތަނަށް ވަދެއުޅޭ ކަސްޓަމަރުން ފިޔަވައި އެހެން ކަސްޓަމަރުންގެ އަތުން ކުރިއާލައި ފައިސާ ނަގަން ނިންމާފައިވާ ކަމަށާއި އެކަން ކުރަނީ ކެއުމަށް ފަހު ބިލް ނުދައްކައި ފިލުން ހުއްޓުވުމަށް ކަމަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި އަޖޫޑިކޭޓަރ ވަނީ ދެން ތިބި ކަސްޓަމަރުންނަކީ އާއްމުކޮށް ވަދެ އުޅޭ ބައެއް ކަން އެނގޭނެ ހެއްކެއް ނެތް ކަމަށާއި އަދި އެއީ ރަސްމީ އުސޫލެއް ކަން އެނގެން ނެތް ކަން ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2021

ކަޅު ނަސްލުގެ މީހެއްގެ ގަޔަށް އަނެއްކާވެސް ބަޑިޖަހައި މަރާލައިފި

12 އެޕްރީލު 2021
ކަޅު ނަސްލުގެ މީހެއްގެ ގަޔަށް އަނެއްކާވެސް ބަޑިޖަހައި މަރާލައިފި
12 ޖެނުއަރީ 2021

އިންޑޮނޭޝިއާއިން ވެއްޓުނު މަތިންދާބޯޓުގެ އެއް ކަޅުފޮށި ހޯދައިފި

12 ޖެނުއަރީ 2021
އިންޑޮނޭޝިއާއިން ވެއްޓުނު މަތިންދާބޯޓުގެ އެއް ކަޅުފޮށި ހޯދައިފި
24 އޯގަސްޓު 2020

ޖޯ ބައިޑްންގެ މަޤުބޫލު ތިލަފަތް ބަރުވަމުން ދާއިރު، ޓްރަމްޕުގެ ކެންޕޭނުގެ މައްޗަށް ކަޅުވިލާ ލަނީ ކީއްވެ؟

24 އޯގަސްޓު 2020
ޖޯ ބައިޑްންގެ މަޤުބޫލު ތިލަފަތް ބަރުވަމުން ދާއިރު، ޓްރަމްޕުގެ ކެންޕޭނުގެ މައްޗަށް ކަޅުވިލާ ލަނީ ކީއްވެ؟
05 ޖޫން 2020

ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓުން މަނާކޮށްފި

05 ޖޫން 2020
ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓުން މަނާކޮށްފި
19 ޖެނުއަރީ 2020

ވެއްޓުނު ޔޫކްރެއިން މަތިންދާބޯޓުގެ ކަޅުފޮށި ފޮނުވުމަށް އިރާނުން އެއްބަސްވެއްޖެ

19 ޖެނުއަރީ 2020
ވެއްޓުނު ޔޫކްރެއިން މަތިންދާބޯޓުގެ ކަޅުފޮށި ފޮނުވުމަށް އިރާނުން އެއްބަސްވެއްޖެ
08 ޖެނުއަރީ 2020

ވެއްޓުނު ފްލައިޓްގެ ކަޅުފޮށި ދޭން އިރާނުން ދެކޮޅު ހަދައިފި

08 ޖެނުއަރީ 2020
ވެއްޓުނު ފްލައިޓްގެ ކަޅުފޮށި ދޭން އިރާނުން ދެކޮޅު ހަދައިފި
06 ޖެނުއަރީ 2020

އެމެރިކާއަށް ކަޅު ދުވަހެއް އަންނާނެ ކަމުގެ އިންޒާރު ސުލައިމާނީގެ ދަރިކަނބަލުން ދެއްވައިފި

06 ޖެނުއަރީ 2020
އެމެރިކާއަށް ކަޅު ދުވަހެއް އަންނާނެ ކަމުގެ އިންޒާރު ސުލައިމާނީގެ ދަރިކަނބަލުން ދެއްވައިފި
20 ޖެނުއަރީ 2019

ކަޅު ނަސްލު ކުއްޖެއް މަރާލި ފުލުހަކު ޖަލަށްލާން ހުކުމް ކޮށްފި

20 ޖެނުއަރީ 2019
ކަޅު ނަސްލު ކުއްޖެއް މަރާލި ފުލުހަކު ޖަލަށްލާން ހުކުމް ކޮށްފި
22 ޖުލައި 2018

ދޮން ނަސްލުގެ ދަނޑުވެރިންނަކަށް ބިރެއް ނެތް:ނަންގަގްވާ

22 ޖުލައި 2018
ދޮން ނަސްލުގެ ދަނޑުވެރިންނަކަށް ބިރެއް ނެތް:ނަންގަގްވާ
19 ޖެނުއަރީ 2018

ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

19 ޖެނުއަރީ 2018
ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް