Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބު

ޖޯ ބައިޑްންގެ މަޤުބޫލު ތިލަފަތް ބަރުވަމުން ދާއިރު، ޓްރަމްޕުގެ ކެންޕޭނުގެ މައްޗަށް ކަޅުވިލާ ލަނީ ކީއްވެ؟

ރައްޔިތުންގެ ހިމޭން އިޙުސާސް، މުޅިން އައު ބަދަލަކާ ދިމާއަށް

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 15:36
ޑިމޮކްރެޑިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޖޯ ބައިޑްން އާއި ރައީސް ޑޮނަލްޑް ޓްރަމްޕް

ޑިމޮކްރެޑިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޖޯ ބައިޑްން އާއި ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ދިގު ތާރީޚަށް ބަލާއިރު، އެތަން ފަޅުފިލުވައި ދެއްވަމުން ގެންދަވާ ރައީސުންނަކީ، ރިޕަބްލިކަން ޕާޓީން ނުވަތަ ޑިމޮކްރެޓިކް ޕާޓީން، ކޮންމެ 4 އަހަރަކުން އެއްފަހަރު، ވަޑައިގެންނަވާ ރައީސެކެވެ. މިއިން ކޮންމެ އިންތިޚާބެއްގައި، މި ދެ ޕާޓީގެ މެންބަރުން އަތުގުޅާލައިގެން ތެދުވަނީ، އިންތިޚާބުގައި ވާދަކުރަން، ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. އެހެން ނަމަވެސް، ކުރިމަތީގައި އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ޚާއްސަކޮށް ރެޕަބްލިކަން ޕާޓީގެ، ކެންޑިޑޭޓަކު ހުއްޓައިމެ، ޕާޓީއަށް ނިސްބަތްވާ، މަޤުބޫލު އެތައް ޝަޚުސިއްޔަތުންނެއްގެ ކިބައިން، ކުރިން ފެންނަމުންއައި ޕާޓީ ވަންތަކަމުގެ "މާސް" މިއަދު ފެންނަނީ "ފުރަތަމަ ގައުމު" ގެ މާސްކަށް ބަދަލުވެފައެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑްން އާއިއެކު، އެވަނީ އަތުގުޅާލައިފައެވެ. ހަމައެކަނި އަތުގުޅާލީކީ ނޫނެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓް ތަޢާރަފްވެގެން ދިޔަ، "ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަން" ގައި، މިފަދަ ބައެއް ބޭފުޅުން މިވަނީ، ވާހަކަފުޅުވެސް ދައްކަވައިފައެވެ! ސުވާލަކީ، މިކީ އަޑަކީ، ކިހާވަރެއްގެ ކޮން ރެނދަކުން ކީ އަޑެއް ހެއްޔެވެ؟

ރިޕަބްލިކަން ޕާޓީގެ އެއް ތަނބުގެ ގޮތުގައި ބެލެވެމުން އައި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ޖޮއިންޓް ޗީފް ޗެއަރމަން ޖެނެރަލް ކޯލިން ޕަވަލް، ޑިމޮކްރެޑިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޖޯ ބައިޑުންއަށް، ތާއީދުކުރައްވައި، މިދެންނެވި ކޮންވެންޝަންގައި، ދެއްވި ތަޤުރީރަކީ، ޖޯ ބައިޑުންގެ މަޤުބޫލު ކަމުގެ ތިލަފަތަށް ތާއީދުގެ ވޯޓުހަންދަރެއް ވައްޓާލުމާ އެއްފަދަ ކަމެކެވެ. ޕަވަލްގެ ފުށުން ބައިޑުންގެ ތިލަފަތް ބަރުވެގެން ދިޔައިރު، ރިޕަބްލިކަން ޕާރޓީގެ މަގުބޫލު އެތައް ޝަޚްސިއްޔަތުންނެއް، މިވަނީ، ޕާޓީގެ ކެންޑިޑޭޓު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެ ކަން ހާމަކޮށްފައެވެ.

ރިޕަބްލިކަން ޕާރޓީން ފާޅުވަމުން ދިޔަ މަޤުބޫލު މޫނުތަކުގެ ތެރޭގައި، އެ ޕާރޓީއަށް ނިސްބަތްވާ، ޗާލީ ޑެންޓާއި، އޮހާޔޯގެ ކުރީގެ ގަވަރނަރު ޖޯން ކޭސިކާއި، ނިއު ޖާޒީގެ ކުރީގެ ގަވަރުނަރު ކްރިސްޓައިން ޓޮޑް އާއި، އެ ޕާޓީން ކޮންގްރެސްގެ މެންބަރުކަން ކުރެއްވި ސޫސަންގެ އިތުރުން، ޓްރަމް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލެއްގެ މަޤާމު ފުރުއްވި، ޓޭލަރ އާއި، ކޮލިން ޕަވަލް ފަދަ މަޣުބޫލް އެތައް ޝަޚުސިއްޔަތުންނެއް ހިމެނެއެވެ.

މިދެންނެވި ޝަޚުސިއްޔަތުންގެ ހިތްތަކުގެ ނުތަނަވަސް ކަމަކީ، މިއަދު އެވްރެޖު ގޮތެއްގައި، ކޮންމެ 8 ސިކުންތަކުން، ރައްޔިތަކު މަރުވާން މެދުވެރިވެފައިވާ، ކޯވިޑް19ގެ ބަލިމަޑުކަމުން، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގައި، ސަރުކާރު ނުކުޅެދިފައި އޮތް އޮތުމެވެ. އޭގެ ސަބަބުން، ގައުމުގެ އެތައް މިލިއަން ރައްޔިތުންނެއްގެ ވަޒީފައި ގެއްލިފައި ވުމެވެ. ސްކޫލްތައް ނުހުޅުވި، އިގްތިސާދު ވެއްޓިގެން ދިއުމެވެ. ރައީސެއްގެ ފުށުން ފެންނާން ޖެހޭ އިސްވެ ދިޔަ ލީޑަރުން ދައްކައިދެއްވި، ގައުމީ އެއްބައިވަންތަކަމުގެ ސިފަތައްވެސް، ހިނގަހިނގާ އޮތް ޒަޢާމަތުން ގެއްލިފައިވާތީ، އެ ސިފަތަކުން ޒީނަތްތެރި ޒަޢާމަތެއް، ވައިޓްހައުސަށް އަލުން ގެނައުމެވެ. މިއީ، މި ދެންނެވީ، ޖޯ ބައިޑްންއަށް ތާއިދު ކުރައްވަން، ނިންމަވަން މެދުވެރިވީ ސަބަބުތަކުގެ ގޮތުގައި، އެބޭފުޅުން ހާމަ ކުރެއްވި ބައެއް ކަންކަމެވެ.

ކޯލިން ޕަވަލް ރައްޔިތުންނަށް ވިދާޅުވަމުން ގެންދެވީ، މިއަދު އެމެރިކާގެ ކޮމާންޑަރ އިން ޗީފްގެ މަޤާމަށް ބޭނުންވަނީ، އެބޭފުޅެއްގެ އަމިއްލަ ޢާއިލާ އާއިމެދު ހިތާހެން، އެމެރިކާގެ ސިފައިންގެ ފައުޖު ތަކާމެދު، ކަމޭ ހިއްތަވާނެ ބޭފުޅެކެވެ. ޚުދު ބައިޑްންގެ ދަރިފުޅު ހަނގުރާމައަށް ފޮނުއްވި ފޮނުއްވުމަކީވެސް، މީގެ ހެއްކެކެވެ.

މީޑިއާއިން ހާމަކުރާ ގޮތުގައި ޚިޔާލު ހޯދުންތަކުން، ރައްޔިތުންގެ އެންމެ ބޮޑު މަޤުބޫލުކަމެއް އޮތްކަމަށް ދައްކަމުންދަނީ، ޖޯ ބައިޑްންއެވެ. އޭނާ ބަލައިގަންނަ ގިނަ މީހުންގެ ނަޒަރުގައި، ޖޯ އަކީ، މާތް އިންސާނެކެވެ. ޚުލްޤު ރަނގަޅު މީހެކެވެ. އެންމެންނާމެދު ހަމަހަމަ ކަން ގެންގުޅުއްވާނެ، އަދި ރައްޔިތުންގެ އަޑު އައްސަވާނެ ރައީސެކެވެ.

ޑީ.އެން.ސިގައި، ޖޯ ބައިޑްން ދެއްވި ތަޤްރީރަކީ، އެ ތަގުރީރަކުން، ރައްޔިތުން އެކުވެރި ކުރެއްވުމުގެ ރޫޙު ހާމަވި ތަޤްރީރެކެވެ. އުންމީދުން ކަޅިވެފައިވި ތަޤުރީރެކެވެ. އިތުބާރާއި ޔަޤީކަން، ރައްޔިތުންނަށް ލިބިގެންދިޔަ ތަޤްރީރެކެވެ. މިއަދު ޤައުމުގެ ޙާލަތާމެދު، ކޮންމެ ރައްޔިތަކު ހެންމެ، އިސްޖަހައިލައިގެން އިނދެ، ފިކުރު ކުރުވަން ޖެއްސި ތަޤްރީރެކެވެ. ހަމަ އެހެންމެ އެ ތަގުރީރުގައި ހުރި ބާރު ފެނިގެން ދިޔައީ، މިއަދުގެ ޒަޢާމަތަށް ގޮން ޖައްސަވަމުން، ދޫކޮށްލެއްވި، ވަޒަންތަކެއް ފަދަ ޖުމްލަ ތަކެވެ.

ރައީސް ޓްރަމްޕަށް ރައްދު ދެއްވަމުން، ޖޯ، ރައްޔިތުންގެ އުންމީދު އައު ކުރައްވަމުން، ވިދާޅުވެފައިވަނީ:

ޖޯ ބައިޑްން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި، ސޯޅަ މިލިއަނަސްވުރެން ގިނަ ރައްޔިތުން ތިބީ ވަޒީފާގެއްލިފައެވެ. އިގްތިސާދީ ކާރިސާއަކަށް ގައުމު އޮތީ ހުށަހެޅިފައެވެ. އަނެއްކޮޅުން ގައުމު ކްލައިމެޓް ކްރައިސިސް ނުވަތަ ތިމާވެށީގެ މައްސަލަ ތަކުގެ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

މި ތަގުރީރުގައި، ނައިބު ރައީސްގެ ގޮތުގައި ރައްޔިތުންނަށް ކަމަލާ ހެރިސް، ތަޢާރަފު ކޮށްދެއްވަމުން، ޖޯ ވިދާޅުވެ ދެއްވި ގޮތުގައި، ކަމަލާ ހެރިސް ވެގެން ދާނީ، ހަމައެކަނި އެމެރިކާގެ އެފްރިކަން އޭޝިއަން ދަރިފަސްކޮޅުން ވަޑައިގަންނަވާ، ފުރަތަމަ އަންހެން ނައިބު ރައީސަކަށް ނޫނެވެ. އެކަމަނާގެ މާޒީގެ ކާމިޔާބު ތަކަށް ބަލާއިރު، އެކަމަނާ ވެގެން ދާނީ، އެމެރިކާގެ އިގްތިސާދީ ރަންޒަމާން އަނބުރާ ހޯދުމަށާއި، ރައްޔިތުން އެއްބައެއްގެ ގޮތުގައި ހަދައި، އެންމެން އެކުގައި، ގައުމީ ތަރައްޤީއަށް މަސައްކަތް ކުރުމުގައި، އެކުލަވާލާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، މުހިންމު މޭސްތިރިއަކަށްވެސް މެއެވެ. އެކަމަނާ ނައިބު ރައީސަކަށް، ހޮއްވެވުން ވެގެންދާނީ، އެކަމަނާގެ މާޒީގެ ޓްރެކްރެކޯޑަށް ބަލާއިރު، ގައުމަށް ވަރަށް ފައިދާހުރި ނިންމުމަކަށް ކަމަށް، ޖޯ ވިދާޅުވެ ދެއްވިއެވެ.

ޖޯ ބައިޑްންގެ ތަގުރީރު ނިންމަވާލެއްވީ، ކަމަލާ ހެރިސްއަށް، އަތުން އިޝާރަތް ކުރައްވާ، އެކަމަނާގެ ވާހަކަފުޅަށް، ޕޯޑިއަމް ދައްކަވަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދެވި ދުވަސްތަކުގައި، ޖޯ ބައިޑްންއަށް، ހޫނު ޙަމަލާތައް، އަމާޒުކުރެއްވި، ކަމަލާ ހެރިސް، ނައިބު ރައީސް ކަމުގެ ޓިކެޓު ގަބޫލު ކުރައްވައި، ދެއްވި ތަޣުރީރުގައި، ވިދާޅުވިއެވެ.

ކަމަލާ ހެރިސް ގައުމުގެ މިއަދުގެ ޙާލަތު ސިފަ ކުރައްވަމުން ހާމަކުރެއްވި ގޮތުންނަމަ، ކޯވިޑް19ގައި، އެ ގައުމުން މިހާތަނަށް، އެއްލައްކަ ފަސްދޮޅަސް ފަސްހާސް ރައްޔިތުން މަރުވެ ދިޔައީ ޢާއިލާ ލޮލަށް ނުފެނި، އެމީހުން ގާތު ބުނަން ބޭނުންވި ވާހަކަވެސް ބުނެވޭނެ ފުރުސަތު ނުލިބި، އެކަނިވެރި ޙާލުގައެވެ.

މިއީ ވާންވީ ގޮތެއް ނޫންކަމަށް ވިދާޅުވަމުން، އެކަމަނާ ދެއްކެވީ، މާޒީގެ ސާފު މަންޒަރެކެވެ.

ޖޯ ބައިޑްންގެ ޤާބިލުކަން، އެއް ޖުމްލައިން ސިފަ ކުރައްވަމުން، ކަމަލާ ވިދާޅުވިއެވެ.

އެކަމަނާގެ ނަޒަރުގައި، މިއަދު، އެހެން ބައެއް ގައުމުތަކުގެ އިގްތިސާދު ހުޅުވާލި އިރު، އެމެރިކާ އޮތީ އަނެއްކާވެސް ތަޅުލައިގެންނެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކަށް މި ވައިރަސްގެ އަސަރު ކުރިއިރު، އެންމެ އެޑްވާންސް ގައުމު ތަކުގެ ތެރެއިން، އެމެރިކާއަށް މިހާ ނުރަނގަޅު އަސަރެއް ކުރުމުގެ ފަހަތުގައި ސަބަބުތަކެއް އެބަ އޮތެވެ. އެއީ މިއަދުގެ އެޑްމިނިސްޓްރޭޝަންގެ ފޭލިއާއެވެ. ކޮންމެ 80 ސިކުންތަކުން، މި ވައިރަސްގަ އެމެރިކާ ރައްޔިތަކު، މަރުވާން މެދުވެރިވީ، ސަބަބުތަކަކާ ލައިގެން، ކަން ގަބޫލު ކުރަން އެބަޖެހެއެވެ.

އިންތިޚާބުގެ ތާއީދު ހޯއްދެއްވުމަށް ރައްޔިތުންގެ އުންމީދުތަކާއި ވިންދާއި އެކަމަނާގެ ތަޤުރިރު ގުޅުވައިލަ ދެއްވަމުން، ވިދާޅުވި ގޮތުގައި، އެތައް މިލިއަން ވަޒީފާއެއް އުފައްދައިދޭނެކަމަށް ވިދާޅުވިއެވެ. ކްލީން އެނަޖީ ރިވޮލޫޝަނެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. ހެލްތް އިންޝުއަރެންސާއެކު، ކޮންމެ ރައްޔިތަކަށް ބަރުދާސްތު ކުރެވޭނެ ސިއްޙީ ޚަރަދު ބަރަދުގެ ނިޒާމެއް، ގެނެސްދޭނެކަން ހާމަކުރެއްވިއެވެ.

ހަމައެހެންމެ ސިއްޙީ ޚިދުމަތްތެރިންނަށް، އެކަށޭނަ އުޖޫރައާއި، ޢަބުރުވެރި ދިރިއުޅުމެއްގައި އުޅެވޭނެ މަގު ކޮށައިދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ އަންހެނަކުމެ، އަމިއްލަ އިޚްތިޔާރުގައި އޭނާގެ މަސްލަޙަތާ ގުޅުންހުރި ކަންކަމުގައި ނިންމުންތައް ނިންމާނެ ފަހިކަން ގެނެސްދޭނެކަމަށާއި، ޝަރުޢީ ނިޒާމުން ކުލަޔާ ނަސްލަށް އަމާޒުވާ ނަސްލީ ތަފާތު ނައްތާލަދޭނެކަން ހާމަކުރެއްވިއެވެ. ޑިމޮކްރެޓިކުންގެ އައު ސަރުކާރަކީ، ކޮންމެ ރައްޔިތެއްގެ އަޑު އަހައި، އެއަޑަކީ، ބަލައިގަންނަ އަޑެއް ކަމުގައި ވެގެންދާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާގެ ނަޒަރުގައި، މިއަދު، އެހެން ބައެއް ގައުމުތަކުގެ އިގްތިސާދު ހުޅުވާލި އިރު، އެމެރިކާ އޮތީ އަނެއްކާވެސް ތަޅުލައިގެންނެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކަށް މި ވައިރަސްގެ އަސަރު ކުރިއިރު، އެންމެ އެޑްވާންސް ގައުމު ތަކުގެ ތެރެއިން، އެމެރިކާއަށް މިހާ ނުރަނގަޅު އަސަރެއް ކުރުމުގެ ފަހަތުގައި ސަބަބުތަކެއް އެބަ އޮތެވެ. އެއީ މިއަދުގެ އެޑްމިނިސްޓްރޭޝަންގެ ފޭލިއާއެވެ.. ކޮންމެ 80 ސިކުންތަކުން، މި ވައިރަސްގަ އެމެރިކާ ރައްޔިތަކު، މަރުވާން މެދުވެރިވީ، ސަބަބުތަކަކާ ލައިގެން، ކަން ގަބޫލު ކުރަން އެބަޖެހެއެވެ.

އިންތިޚާބުގެ ތާއީދު ހޯއްދެއްވުމަށް ރައްޔިތުންގެ އުންމީދުތަކާއި ވިންދާއި އެކަމަނާގެ ތަޤުރިރު ގުޅުވައިލަ ދެއްވަމުން، ވިދާޅުވި ގޮތުގައި، އެތައް މިލިއަން ވަޒީފާއެއް އުފައްދައިދޭނެކަމަށް ވިދާޅުވިއެވެ. ކްލީން އެނަޖީ ރިވޮލޫޝަނެއް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. ހެލްތް އިންޝުއަރެންސާއެކު، ކޮންމެ ރައްޔިތަކަށް ބަރުދާސްތު ކުރެވޭނެ ސިއްޙީ ޚަރަދު ބަރަދުގެ ނިޒާމެއް، ގެނެސްދޭނެކަން ހާމަކުރެއްވިއެވެ.

ހަމައެހެންމެ ސިއްޙީ ޚިދުމަތްތެރިންނަށް، އެކަށޭނަ އުޖޫރައާއި، ޢަބުރުވެރި ދިރިއުޅުމެއްގައި އުޅެވޭނެ މަގު ކޮށައިދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ އަންހެނަކުމެ، އަމިއްލަ އިޚްތިޔާރުގައި އޭނާގެ މަސްލަޙަތާ ގުޅުންހުރި ކަންކަމުގައި ނިންމުންތައް ނިންމާނެ ފަހިކަން ގެނެސްދޭނެކަމަށާއި، ޝަރުޢީ ނިޒާމުން ކުލަޔާ ނަސްލަށް އަމާޒުވާ ނަސްލީ ތަފާތު ނައްތާލަދޭނެކަން ހާމަކުރެއްވިއެވެ. ޑިމޮކްރެޓިކުންގެ އައު ސަރުކާރަކީ، ކޮންމެ ރައްޔިތެއްގެ އަޑު އަހައި، އެއަޑަކީ، ބަލައިގަންނަ އަޑެއް ކަމުގައި ވެގެންދާނެ ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލަށް ދާއިރު ބުރުގާ އެޅުމާމެދު އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ގޮތެއް ނުނިންމި!

ސްކޫލަށް ދާއިރު ބުރުގާ އެޅުމާމެދު އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ގޮތެއް ނުނިންމި!

15 އޮކްޓޯބަރު 2022
އިޓަލީގައި ވޯޓުލުން ކުރިއަށްދާއިރު، ފުރަތަމަފަހަރަށް އަންހެން ބޮޑުވަޒީރަކު ފެނުން ގާތް

އިޓަލީގައި ވޯޓުލުން ކުރިއަށްދާއިރު، ފުރަތަމަފަހަރަށް އަންހެން ބޮޑުވަޒީރަކު ފެނުން ގާތް

25 ސެޕްޓެމްބަރު 2022
އުމްރާއަށް ދާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭގޮތަށް ނިންމައިފި

އުމްރާއަށް ދާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭގޮތަށް ނިންމައިފި

03 އޯގަސްޓު 2022
ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު އެކި ކަންކަމުގައި އަޑުއުފުލުމާއި ސިޔާސީ ސްލޯގަންތައް މަނާވާނެ

ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު އެކި ކަންކަމުގައި އަޑުއުފުލުމާއި ސިޔާސީ ސްލޯގަންތައް މަނާވާނެ

07 ޖުލައި 2022
ބައިޑަންގެ މަޤުބޫލުކަން %50 ދަށުގައި ހުންނަތާ ތިން ވަނަ ހަފުތާ

ބައިޑަންގެ މަޤުބޫލުކަން %50 ދަށުގައި ހުންނަތާ ތިން ވަނަ ހަފުތާ

04 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު