Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބުވޭގެ އިންތިޚާބު

ދޮން ނަސްލުގެ ދަނޑުވެރިންނަކަށް ބިރެއް ނެތް:ނަންގަގްވާ

22 ޖުލައި 2018 | އާދީއްތަ 06:29

ދޮން ނަސްލުގެ ރައްޔިތުންގެ އަދަދު 30،000 އަށް އަރާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ޖުލައި 2018 | އާދީއްތަ 06:29
ޒިމްބާބުވޭގެ ދޮން ނަސްލުގެ ބަޔަކާއި ވެރިރަށް ހަރާރޭގައި ނަންގަގްވާ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ

ޒިމްބާބުވޭގެ ދޮން ނަސްލުގެ ބަޔަކާއި ވެރިރަށް ހަރާރޭގައި ނަންގަގްވާ ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ

ޒިންބާބުވޭގައި ދޮން ނަސްލުގެ ދަނޑުވެރިންގެ ބިންތައް އަތުލަމުންދިޔަ ޒަމާން ނިމުމަކަށް ގެނެސްފައިވާކަމަށާއި ސަރުކާރާއި އެކުގައި މަސައްކަތް ކުރުމަށް އެ ގައުމުގެ ދޮން ނަސްލުގެ ދަނޑުވެރިންނަށް ރައީސް އެމަސަން ނަންގަގްވާ ގޮވާލައްވައިފިއެވެ.

ނަންގަގްވާ މިހެންގޮވާލައްވާފައި މިވަނީ އެ ގައުމުގެ ރިޔާސީ އިންތިޚާބު ޖުލައި މަހުގެ 30 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވަނިކޮށެވެ.

އަސްކަރިއްޔާގެ އެހީތެރިކަމާއިއެކު ޒިމްބާބުވޭގެ ޚުދުމުޚުތާރު ވެރިޔާ ރޮބަރޓް މުގާބޭގެ ވެރިކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަދަލުކުރުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ނަންގަގްވާ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންދާއިރު ވާދަވެރިކަން ބޮޑުވާނެކަމަށްވަނީ ބެލެވިފައެވެ.

ނަންގަގްވާއާއި އެންމެ ވާދަވެރި ކެނޑިޑޭޓަކަށް ވާނެކަމަށް ބެލެވެނީ އިދިކޮޅު މޫވްމެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް(އެމްޑީސީ)ގެ ލީޑަރު އުމުރުފުޅުން 40 އަހަރުގެ ނެލްސަން ޗެމިސާއެވެ.

ޒިމްބާބުވޭގައި މިވަގުތު ތިބި ދޮން ނަސްލުގެ ރައްޔިތުންގެ އަދަދު 30،000 އަށް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު ވެރިކަންކުރާ ޒަނޫޕީއެފް ޕާޓީ އާއި އެމީހުންނާއިމެދު ވަނީ ގުޅުން ގޯސްވެފައެވެ.

ޒިމްބާބުވޭގެ ދޮން ނަސްލުގެ ރައްޔިތުންގެ ވޯޓް ލިބޭނެކަމަށް ބެލެވިފައިވަނީ އެމްޑީސީ ނުވަތަ އެހެން އިދިކޮޅު ޕާޓީއަކަށް ކަމަށްވަނީ ބެލެވިފައެވެ.

މުގާބޭގެ ކުރީގެ އަރިސް ބޭފުޅެއްކަމަށްވާ އުމުރުފުޅުން 75 އަހަރުގެ ނަންގަގްވާ ވަނީ ދޮން ނަސްލުގެ މީހުންގެ ދަނޑުބިންތައް ގަދަބާރުން ދަމައިގަތުން ނިމުމަކަށް ގެންނާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ދޮން ނަސްލުގެ މީހުންގެ ދަނޑުބިންތައް އަތުލުމަކީ ރައީސް މުގާބޭގެ ވެރިކަމުގައި ކުރައްވަމުން ގެންދެވި ކަމެކެވެ. އެގޮތަށް އެކަން ކުރަމުން ގެންދިޔައީ އިނގިރޭސިންގެ އަތްދަށުގައި ޒިމްބާބުވޭ އޮތް ދުވަސްވަރުގެ ނާއިންސާފުގެ ބަދަލެއްގެ ގޮތުގައެވެ.

ޒިމްބާބުވޭގެ ދޮން ނަސްލުގެ 200 އެއްހާ މީހުންނާއި ވެރިރަށް ހަރާރޭގެ މުއްސަނދި ސަރަހައްދެއްކަމަށްވާ ބޮރޯޑޭލްގައި ހޮނިހިރު ދުވަހު ބައްދަލުކުރައްވައި ނަންގަގްވާ ވިދާޅުވީ ބިންތައް ދަމައިގަތުމަކީ މިހާރު މާޒީ ކަމަށާއި ގާނޫނުގެ ވެރިކަން މިހާރު ހިނގަން ޖެހޭނެކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2020

ދޮންކެޔޮ ތޮށި ކޮންޓެއިނަރެއްގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ކޮކެއިން އިނގިރޭސި ފުލުހުން އަތުލައިގަނެފި

07 ޑިސެމްބަރު 2020
ދޮންކެޔޮ ތޮށި ކޮންޓެއިނަރެއްގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ކޮކެއިން އިނގިރޭސި ފުލުހުން އަތުލައިގަނެފި
20 ސެޕްޓެމްބަރު 2020

ޗައިނާ އަކީ މުޅި ރީޖަނަށް އޮތް ބިރެއް: ޓައިވާންގެ ރައީސް

20 ސެޕްޓެމްބަރު 2020
ޗައިނާ އަކީ މުޅި ރީޖަނަށް އޮތް ބިރެއް: ޓައިވާންގެ ރައީސް
31 ޖުލައި 2020

މާސްކް ދޮންނަންވީ ޕެޓްރޯލް އަޅައިގެން، މީ ސަމާސާއެއް ނޫން: ޑުޓާޓޭ

31 ޖުލައި 2020
މާސްކް ދޮންނަންވީ ޕެޓްރޯލް އަޅައިގެން، މީ ސަމާސާއެއް ނޫން: ޑުޓާޓޭ
05 ޖޫން 2020

ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓުން މަނާކޮށްފި

05 ޖޫން 2020
ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި އޮސްޓްރޭލިއާގައި ރޭވި ހަރަކާތް އެ ޤައުމުގެ ކޯޓުން މަނާކޮށްފި
12 ސެޕްޓެމްބަރު 2018

އެމެރިކާގެ އިންޒާރަށް ބިރެއް ނުގަނޭ: އައިސީސީ

12 ސެޕްޓެމްބަރު 2018
އެމެރިކާގެ އިންޒާރަށް ބިރެއް ނުގަނޭ: އައިސީސީ
05 ޖުލައި 2018

އެމެރިކާ އިން ދައްކާ ބިރަކަށް އީރާނުން ބިރެއް ނުގަންނާނެ: ރައީސް ރޫހާނީ

05 ޖުލައި 2018
އެމެރިކާ އިން ދައްކާ ބިރަކަށް އީރާނުން ބިރެއް ނުގަންނާނެ: ރައީސް ރޫހާނީ
13 ޖޫން 2018

އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް: އެމެރިކާ

13 ޖޫން 2018
އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް: އެމެރިކާ
01 މެއި 2018

ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކުރިއާލައި ފައިސާ ނެގުމުން ރެސްޓޯރަންޓެއް ޖޫރިމަނާކޮށްފި

01 މެއި 2018
ކަޅު ނަސްލުގެ ކަސްޓަމަރަކަށް ވީތީ ކުރިއާލައި ފައިސާ ނެގުމުން ރެސްޓޯރަންޓެއް ޖޫރިމަނާކޮށްފި
19 ޖެނުއަރީ 2018

ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

19 ޖެނުއަރީ 2018
ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި
20 މެއި 2017

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް