Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - ނައިޖީރިއާ

އެފްރިކާގެ ގައުމުތަކަށް ޓަރަމްޕް ވިދާޅުވި ބަދު ބަސްތަކަށް ނައިޖީރިއާގެ ރައީސް ބުހާރީ އެއްޗެއް ވިދާޅެއް ނުވި، ޓްރަމްޕް އެވާހަކަތައް ދޮގެއް ނުކުރައްވާ

1 މެއި 2018 | އަންގާރަ 01:46

ރައީސް ބުހާރީ އަބޫޖާއިން އެމެރިކާއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 1 މެއި 2018 | އަންގާރަ 01:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެ މަނިކުފާނުގެ ދައުރުގައި އެންމެ ފުރަތަމަ ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި އެފްރިކާގެ ގައުމެއްގެ ލީޑަރަކީ ނައިޖީރިއާގެ މުހައްމަދު ބުހާރީއެވެ.

ބުހާރީ އަބޫޖާއިން ވޮޝިންގޓަންއަށް ދަތުރުކުރައްވާފައިވަނީ ހޮނިހިރު ދުވަހެވެ. އަދި މި ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުންކަމަށް ރިޕޯޓް ތަކުގައި ފާހަގަކޮށްފައިވެއެވެ.

ވައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު، ދެ ލީޑަރުންވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ދެ ގައުމަށްވެސް މުހިއްމު ހަނގުރާމައެއްކަމަށް ޓްރަމްޕާއި ބުހާރީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ނައިޖީރިއާއިން އަޅާފައިވާ އިގްތިސާދީ ހުރަސްތައް ނައްތާލާނެކަމަށް އުއްމީދު ކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވާ ގޮތުގައި، އެއީ އެމެރިކާއިން ނައިޖީރިއާއަށް ބޭރުގެ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ދޭ އެއް ބިލިއަން ޑޮލަރުގެ ބަދަލުގައި ކޮށްދޭން ޖެހޭ ކަމެކެވެ. އަދި އިގްތިސާދީ ގޮތުން 'ޕްލެޔިންގ ފީލްޑް' އެއްވަރު ކޮށްފިނަމަ އެމެރިކާއިން ނައިޖީރިއާގައި އިތުރަށް އިންވެސްޓް ކުރާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިޕޯޓްރަކު ވަނީ އެފްރިކާގެ ގައުމުތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވި ބަދު ބަސްތަކަށް އިޝާރާތް ކުރައްވާ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާކަން ޓްރަމްޕް ފާހަގަ ކުރެއްވި އިރު، ބުހާރު ވިދާޅުވީ 'ތިކަމުގެ ހަގީގަތެއް އަޅުގަނޑަކަށް ނޭނގޭ، އެހެންވެ އެކަމަށް ބަހެއް ނުބުނުން އެންމެ ރަނގަޅުވާނީ" މިހެންނެވެ.

ޓްރަމްޕްގެ ޖަވާބުގައި އެފަދައިން ވިދާޅުވެފައިވާކަމަށް އިންކާރު ކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ މަނިކުފާނު ވިދާޅުވީ، އެފްރިކާގައި "ވަރަށް ހާލު ދެރަ، ދިރިއުޅެން ވަރަށް އުނދަގޫ" ގައުމުތައް ހުރި ކަމަށެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!

21 އޯގަސްޓު 2017
އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!
09 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި
08 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!

08 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!
17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް