Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!

ފަހުން ރައީސް ޓްރަމްޕް ވަނީ ޓްވީޓެއް ކުރައްވާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 އޯގަސްޓު 2017 | ހޯމަ 11:54
އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު

އެމެރިކާގެ ނޭވީ މަނަވަރެއް ސިންގަޕޫރުގެ އައްސޭރިފަށުން ދަތުރު ކުރަނިކޮށް އޮއިލް ޓޭންކަރަކާ އެކްސިޑެންޓްވި ހާދިސާ ގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހާދިސާ އާ ބެހޭގޮތުން އެންމެ ފުރަތަމަ ވިދާޅުވި ބަސްފުޅަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

އެ ހާދިސާ އާ ބެހޭގޮތުން ރައީސް ޓްރަމްޕް އާދީއްތަ ދުވަހުގެ ރޭ ވައިޓްހައުސްގައި ރިޕޯޓަރުންނަށް ވިދާޅުވީ "އެއީ ވަރަށް ގޯސްކަމެއް ކަމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވި ބަސްފުޅާ ބެހޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ފަހުން އެމަނިކުފާނު ވަނީ ހާދިސާ އާއި ބެހޭގޮތުން ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އެަމަނިކުފާނު ވިދާޅުވީ ހެޔޮދުއާ އާއި ހެޔޮ އެދުންތައް ވަނީ"ދަ ޔޫއެސްއެސް ޖޯން މެކޭން" އިން ދަތުރު ކުރި ސެއިލަރުންނާ އެކު ކަމަށާއި އަދި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.

ސިންގަޕޫރުގެ އިރުމަތީ އައްސޭރިފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާއެވެ. އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިއައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ. ގެއްލުނު ފަޅުވެރިން ހޯދުމަށް ރެސްކިއު އޮޕަރޭޝަނެއް ފަށާފައިވާއިރު މިއީ މިފަހުގެ މަސްތަކުގައި އެމެރިކާގެ ނޭވީގެ ބޯޓަކަށް މިފަދަ ބޮޑު އެކްސިޑެންޓެއް ދިމާވި ދެވަނަ ފަހަރެވެ.

ސިންގަޕޫރުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެނެވެއެވެ.

އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓަށް ގެއްލުންތަކެއް ވެފައިވާ އިރު ލައިބީރިއާގެ އޮއިލް ޓޭންކަރަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އޭގެ ފަޅުވެރިންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނޭނގެއެވެ.

"ދަ ޔޫއެސްއެސް ޖޯން މެކޭން" އެކްސިޑެންވުމާ ގުޅިގެން އެމެރިކާގެ ސެނެޓާ ޖޯން މެކޭން ވަނީ މަރުވި އަދި ގެއްލުންވި ފަޅުވެރިންނަށް ހެޔޮދުއާ ކުރައްވާ ކަަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެކްސިޑެންްޓްވި އެމެރިކާގެ ނޭވީގެ ބޯޓަށް ނަންދެވިފައި ވަނީ ސެނެޓާ މެކޭންގެ ބައްޕާފުޅާއި އަދި ކާފާފުޅުގެ ހަނދާނުގައެވެ. އެ ދެބޭފުޅުންނަކީ ވެސް އެމެރިކާގެ ނޭވީ އަށް ޚިދުމަތް ކުރެއްވި ދެ ބޭފުޅުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު