Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރިޔާޒު ރަޝީދުގެ ދަބަސް މަޖިލީހުގެ ސެކިއުރިޓީން ޗެކްކުރުމުން ބަހުގެ ހަމަލާއެއް މަޖިލީހުގެ އިދާރާއަށް!

29 އެޕްރީލު 2018 | އާދީއްތަ 09:47

އެއީ މަޖިލީހުގެ މެމްބަރުންގެ ކަރާމާތް ގެއްލުވާލުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އެޕްރީލު 2018 | އާދީއްތަ 09:47
ދިވެހި ސިފައިން މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެފައި (ފައިލް ފޮޓޯ)

ދިވެހި ސިފައިން މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެފައި (ފައިލް ފޮޓޯ)

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު މަޖިލިހަށް ގެންދަވާ ދަބަސް މަޖިލީހުގެ ސެކިއުރިޓީން ޗެކުކުރުމުން އެކަމާ ރިޔާޒު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، މަޖިލީހުގެ ސެކިއުރިޓީންނަށާއި މަޖިލީހުގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހަށް ހުށަހަޅާފައިވާ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށްފަހު ރިޔާޒު ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަދެވަޑައިގަންނަވަން އަންނައިރު މަޖިލީހުގެ ސެކިއުރިޓީން މެމްބަރުން ބަލާފާސް ކުރުމަކީ މެމްބަރުންގެ ކަރާމަތް ގެއްލޭ ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި އަމަލު ކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މި މަޖިލީހަށް ވަދެގެންއައިއިރުގައި މި ދަބަހަކީ (ދަބަސް ދައްކާލަމުން) މީ އާއްމު ގޮތެއްގައި އަޅުގަނޑު ޑޮކިއުމަންޓްސް ގެންގުޅޭ ދަބަހެއް. މިދަބަހާއެކުގައި އަޅުގަނޑު މިތަނަށް ވަންނަންއައިއިރުގައި ސެކިއުރިޓީން ހުއްޓުވާ އެ ހިންގި އަމަލުތަކަކީ އެއީ، މަޖިލީހުން އަމަލުކުރާ ގަވާއިދުގައި އެބައޮވޭ މަޖިލީހަށް ވެއްދޭނެ އެއްޗިއްސާ ނުވެއްދޭނެ އެއްޗެއްސާ، އެހެންވީމާ އެހެން އޮންނައިރު އެ އުސޫލާ ހިލާފަށް އެގޮތަށް ކަންތައް ކުރުމަކީ މެމްބަރުންގެ ކަރާމާތަށް ހުރަސްއެޅޭ ގޮތަށް ކުރެވޭކަމެއް. އެކަން އެގޮތަށް ނުކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެހެން އެކަން ކުރާކަމަށްވަންޏާ ދުރާލާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިކަން މިއަދުން ފެށިގެން ހިނގާނީ މިގޮތައްކަން މެމްބަރުންނަށް އެންގުމަކީ ވަރަށް ރަނގަޅު ކަމެއް" ރިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އެއްޗެހި ބާލައި ޗެކްކުރުމަށް ފަހު، މަޖިލީހަށް ވަދެވޭ އުސޫލެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ އިދާރާއިންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ވެސް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންކަން މެމްބަރުން ހަދާފައިވާ މަޖިލީހުގެ ގަވާއިދުގައި އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތާ ބޭރުން ހިފަހައްޓާފައި އަޅުގަނޑުމެންގެ އެއްޗެހި ބާލުވާ، ޗެކްކޮށް މިތަނަށް ވެއްދޭ އުސޫލެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި އޮންނަނީ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައި އެބައޮތް. މަޖިލީހުގެ އެހެން މެމްބަރަކަށް މިކަންވާން އަޅުގަނޑު ނޭދޭތީ މިވާހަކަ ދަންނަވާލީ. މިއީ ރައްޔިތުންގެ މަޖިލިސް، މިތަނުން ކަންކަން ކުރަންވާނީ މެމްބަރުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް. މިކަން މިގޮތަށް ނުކުރާނަމަ އެއީ ވަރަށް ދެރަކަމެއް. ގާނޫނުއަސާސީގެ 105 ވަނަ މާއްދާ ލިޔެފައި އެއޮތީ އޮޅުމަކުންނެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ.

ރިޔާޒުގެ އެވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކަންކަން ދަނީ ކުރިއަށް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުގެ މައުލޫމާތަށްޓަކައި ދަންނަވާލަން، ކަންކަން އިރާދަކުރެއްވިއްޔާ ހިނގަމުން މިދަނީ އިއްޒަތްތެރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ގޮތަށް، ކުރިއްސުރެން، އަޅުގަނޑުމެންނަށް އެނގިގެން ހިނގަމުންދާ ކަންތައްތައް. އެހެންވީމާ މިކަންތައްތަކަށް އަޅުގަނޑުމެން އިތުރަށް ސަމާލު ވުމަށް ވަރަށް ރަނގަޅު ވާނެކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވޭތީވެ އަޅުގަނޑު މިވާހަކަ މި ދަންނަވާލެވުނީ،" މަސީހު ވިދާޅުވި އެވެ.

އާދިއްތަ ދުވަހު މަޖިލީހުގެ އިދާރާގައި ރިޔާޒުގެ ދަބަސް ކެޗްކުރުމުން ރިޔާޒު އެކަމާ ނުރުހުން ފާޅުކުރެއްވިއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން "ހަދަނީ ހަދާނެ އެއްޗެއް" ކެވެ. މަޖިލީހުގެ އިދާރާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ވަދެވަޑައިގެންނެވުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އަޅަމުންދާއިރު، މަޖިލީހުގެ ގޭޓް މަތިން ބޭރަށް މަޖިލީހުގެ ބައެއް މެމްބަރުން "އުކާލާފައި" ވެސް ވެއެވެ.

މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް، މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށާއި މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައާއެކު މަސީހު ވަނީ ސިފައިން ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް