Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރޭޓް މާޗް އޮފް ރިޓަރން

ގްރޭޓް މާޗް އޮފް ރިޓަރން: މި ހަފްތާގެ މުޒާހަރާގައި ފަލަސްތީނުގެ ތިން މީހުން މަރާލައިފި

ގްރޭޓް މާޗް އޮފް ރިޓަރން ފެށީ މާޗް 30 ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 އެޕްރީލު 2018 | ހޮނިހިރު 04:14
އިސްރާއީލު ސިފައިން ޒަޚަމްކޮށްލި މީހަކު ފަރުވާ ދިނުމަށް ގެންދަނީ

އިސްރާއީލު ސިފައިން ޒަޚަމްކޮށްލި މީހަކު ފަރުވާ ދިނުމަށް ގެންދަނީ

ސަރަހައްދީ ރޮނގުގައި ކުރިޔަށްދާ އިހުތިޖާޖުގައި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ތިން މީހެެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.

މިނިސްޓްރީ އިން ބުނީ ވަޒަން އަރައި ޒަޚަމްވެގެންނާއި ކަރުނަގޭހުގެ އަސަރުކޮށްގެން އިތުރު 300 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން ގެންދިޔައީ ރަޔަޓްކުރަމުން ކަމަށާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އިސްރާއީލުގެ ސިފައިން އެމީހުންނަށް އަމާޒުކޮށް ބަޑިޖަހާފައިވާނެ ކަމަށެވެ.

މިއީ ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ 5 ވަނަ ހަފްތާއެވެ.

ފަލަސްތީނުގެ ރައްޔިތުން ގޮވާލަމުންދަނީ އިސްރާއީލުގައި މިހާރު ތިބި ފަލަސްތީނުގެ ރެފިއުޖީން އެމީހުންގެ އަމިއްލަ ބިމަށް އައުމުގެ ފުރުސަތު ދިނުމަށެވެ.

މުޒާހަރާތަކަކީ ޣައްޒާގެ ކޮންޓްރޯލް އޮންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރާ ބަަހަނާއެއް ކަަމަށް އިސްރާއީލުން ދަނީ ތުހުމަތުކުރަމުންނެވެ.

މި މުޒާހަރާތަކީ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި ހިނގާ މިނިވަން މުޒާހަރާތަކެއް ކަމަށް ބުނެވުނު ނަމަވެސް ހަމާސް އިން މުޒާހަރާތަކަށް ތާއީދުކުރެއެވެ.

ވޭތުވެދިޔަ ފަސް ހުކުރުގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަރަހައްދީ ރޮނގުގެ ފެންސްގެ ކައިރިން އެމީހުން ކަނޑައަޅާފައިވާ ފަސް ސަރަހައްދަކަށް ޖަމާވެފައެވެ. އެންމެ ބޮޑު އެއްވުމެއް ބާއްވާފައި ވަނީ ޚާން ޔޫނިސްގައި ކަމަށްވާ އިރު މުޒާހާރާގެ ބައިވެރިންގެ ތެރެއިން ކުޑަ ގްރޫޕަކުން ވަނީ ސަރަހައްދީ ރޮނގުގައި ޖަހާފައިވާ ފެންސުގެ ނަރުތައް ކަނޑާލާއި އިސްރާއީލުގެ ތެރެއަށް ވަދެފައެވެ.

މާޗް މަހުގެ 30 ވަނަ ދުވަހު މި މުޒާހަރާތައް ފެށުނު ފަހުން އިސްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ 40 މީހުން މަރާލާފައެވެ. އަދި 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

18 ޑިސެމްބަރު 2017
ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް
06 އޮކްޓޯބަރު 2017

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި

06 އޮކްޓޯބަރު 2017
ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި
01 އޮކްޓޯބަރު 2017

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

01 އޮކްޓޯބަރު 2017
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ
02 އޯގަސްޓު 2017

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު