Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

ގުދުސްގެ މައްސަލަ: މިހަފްތާގެ ބަންދުގައި ވެސް އެމެރިކާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް

ކަރާޗީ،އަންކަރާ އަދި ޖަކާޓާގައިވަނީ މުޒާހަރާކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޑިސެމްބަރު 2017 | ހޯމަ 06:08
ޖަކާޓާގައި ބޭއްވި އެއްވުމުގައި 80،000 މީހުން ބައިވެރިވި ކަމަށް ބުނޭ

ޖަކާޓާގައި ބޭއްވި އެއްވުމުގައި 80،000 މީހުން ބައިވެރިވި ކަމަށް ބުނޭ

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅު ހަދައި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް މުޒާހަރާކުރަން ފަށައިފިއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޓްރަމްޕް ނިންމަވާފައިވަނީ ޑިސެމްބަރު މަހުގެ ހަވަނަދުވަހުއެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުމަށް އެގާރަ ދުވަސްވީ ދުވަހު މުޒާހަރާ ބޭއްވި ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިއާ އާއި ތުރުކީ އަދި ޕާކިސްތާނު ހިމެނެއެވެ.

އާދީއްތަ ދުވަހު ކުރި މުޒާހަރާތަކުގެ ތެރެއިން އެންމެ ބޮޑު މުޒާހަރާއެއްބާއްވާފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައެވެ. ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީގައިކުރި މުޒާހަރާގައި ގާތްގަނޑަކަށް 80،000 މީހުން ބައިވެރިވެފައިވެއެވެ.

ފަލަސްތީނުގެ ދިދަ ވިހުރުވަމުން މުޒާހަރާކުރި ފަރާތްތަކުން ވަނީ އެމެރިކާގެ އެމްބަސީ ތެލްއަވީވުން ގުދުސްއަށް ބަދަލުކުރުމަށް ގެންގުޅުއްވާ ޕްލޭން ހުއްޓަވާލެއްވުމަށް ގޮވާލާފައެވެ.

މިއީ ރައީސް ޓްރަމްޕްގެ ނިންމެވުމާދެކޮޅަށް ޖަކާޓާގައި ކުރެވުނު ހަތަރު ވަނަ މުޒާހަރާއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައިވެސް ވަނީ ޖަކާޓާއާ އެއްގޮތް މުޒާހަރާއެއް ކުރިޔަށް ގެންގޮސްފައެވެ. ތުރުކީއާ ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާކުރި ފަރާތްތަކުންވަނީ" ގުދުސްއަކީ އެމީހުންގެ ތަނެއްކަމަށާއި އެކަން އޮންނާއި އެގޮތުގައި ކަމަށް" ގޮވާލާފައެވެ.

ގުދުސްގެ މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީގެ) ޚާއްސަ ކުއްލި ބައްދަލުވުމަކަށް ގޮވާލެއްވީ ވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާންއެވެ.

އިސްތަންބޫލްގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް އޮރްދޮޣާން ވަނީ ޓްރަމްޕްގެ ނިންމެވުމަކީ ނުރައްކާތެރި ނިންމެވުމެއްކަމަށް ގޮވާލައްވައި އިސްރާއީލަކީ ޓެރެރިސްޓް ދައުލަތެއްކަމަށް ސިފަކުރައްވާފައެވެ.

އޯއައިސީން ވަނީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައު އަށް ގޮވާލާފައެވެ.

ގުދުސްގެ މައްސަލައިގައި ޕާކިސްތާނުގެ ކަރާޗީގައިވެސް ވަނީ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު