Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯން ކެލީގެ ފޯން ހެކްކުރުން

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި

ފޯނުން ލީކްވެފައިވާ މަޢުލޫމާތު ސާފުވާގޮތް ވަނީ ނުވެފައި

މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން | 6 އޮކްޓޯބަރު 2017 | ހުކުރު 15:28
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޮން ކެލީ، ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުންފެށިގެން އޭނާގެ ފޯނަށް އެކި މައްސަލަތަށް ވަނީ ޖެހިފަ

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޮން ކެލީ، ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުންފެށިގެން އޭނާގެ ފޯނަށް އެކި މައްސަލަތަށް ވަނީ ޖެހިފަ

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކް ކޮއްފިއެވެ.

މިކަން ފަޅާއަރާފައިވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީގެ ފޯނަށް ގިނަ މައްސަލަތަކެއް ދިމާވާން ފެށުމުން ވައިޓް ހައުސްގެ ޓެކްނިކަލް ސްޓާފަކަށް އޭނާ އެކަން އެންގެވި ހިސާބުންނެވެ.

ޕޮލިޓިކޯގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުގައި ވައިޓްހައުސްގެ ޓެކްނިލަކް ޓީމުން ގަބޫލުކުރާ ގޮތުގައި ފޯނު ހެކް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހެކް ކޮށްފައިވާ ފޯނަކީ ކެލީގެ އަމިއްލަ ކަންކަމުގައި އެބޭފުޅާ ބޭނުންކުރައްވާ ޕާސަނަލް ފޯނެވެ.

ވައިޓްހައުސްގެ ސްޕޯކްސްޕާސަން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކެލީ އާންމުގޮތެއްގައި ބޭނުންކުރައްވަނީ ވައިޓްހައުސްއިން ސްޓާފުންނަށް ދީފައިވާ ހާއްސަ ފޯނެވެ. ނަމަވެސް ކެލީ ކޮންމެވެސް ވަރަކަށް އެބޭފުޅާގެ ޕާސަނަލް ފޯނު ވެސް ބޭނުން ކުރައްވައެވެ.

ކެލީގެ ފޯނު ހެކް ކުރިކަން ހާމަވުމާއި ގުޅިގެން އެބޭފުޅާ މިހާރު ބޭނުންކުރައްވަނީ އައު ޕާސަނަލް ފޯނެއް ކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

ފޯން ހެކްވެފައިވާކަން އެނގުނު ނަމަވެސް، ފޯނުން ލީކްވެފައިވާ މައުލޫމާތެއް، ނުވަތަ މައުލޫމާތެއް ލީކްވިކަންވެސް ސާފުވާގޮތް އަދި ވަނީ ނުވެފައެވެ. ޖޯން ކެލީގެ ފޯނު ހެކްކުރި މައްސަލަ ފެންމަތިވެފައިވާއިރު މި ފަހަކަށް އައިސް ވައިޓްހައުސްގެ ރަސްމީ ބޭނުންތަކަށް އިވަންކާ ޓްރަމްޕް ފަދަ ބޭފުޅުންގެ އަމިއްލަ އީމެއިލް އެޑްރެސް ބޭނުންކުރައްވާ މައްސަލަ ފަދަ މަައްސަލަތައް ވަނީ ދިމާވެފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

25 މެއި 2017
މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު