Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރެފިއުޖީންނަށް ހަމަލާދިނުން

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

140 އަށް ވުރެ ގިނަ މީހުން ތިބި އެ ބޯޓަށް ދިން ހަމަލާގައި 42 މީހުން މަރުވެ 34 މީހުން ޒަޚަމްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 ޖުލައި 2017 | ހުކުރު 06:37
ސަލާމަތީ މަޖިލީހަށް ހޯމަ ދުވަހު ހުށަހެޅި ރިޕޯޓް ބުނާގޮތުން 140 އަށް ވުރެ ގިނަ މީހުން ތިބި އެ ބޯޓަށް ދިން ހަމަލާގައި 42 މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވޭ

ސަލާމަތީ މަޖިލީހަށް ހޯމަ ދުވަހު ހުށަހެޅި ރިޕޯޓް ބުނާގޮތުން 140 އަށް ވުރެ ގިނަ މީހުން ތިބި އެ ބޯޓަށް ދިން ހަމަލާގައި 42 މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވޭ

ސޯމާލިއާގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓަކަށް މާޗް މަހު ދިން ނުރައްކާތެރި ހަމަލާއަކީ ސައުދީ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ދީފައިވާ ހަމަލާއެއްކަމަށް އދ.ގެ ތަހުގީގު ރިޕޯޓެއްގައި ތުހުމަތުކޮށްފިއެވެ.

މީގެ އިތުރުން މި ހަމަލާގައި ތުހުމަތު ކުރެވޭ ވަކިވަކި ފަރާތްތައް ފޮރުވުމަށް ސައުދިއާ ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ ގައުމުތަކުން އުޅެފައިވާކަމަށް ވަނީ ބުނެފައެވެ.

އދގެ ސަލާމަތީ މަޖިލީހަށް ހޯމަ ދުވަހު ހުށަހެޅި ރިޕޯޓް ބުނާގޮތުން 140 އަށް ވުރެ ގިނަ މީހުން ތިބި އެ ބޯޓަށް ދިން ހަމަލާގައި 42 މީހުން މަރުވެ 34 މީހުން ޒަޚަމްވެފައިވެއެވެ.

ބުދަ ދުވަހު ރޮއިޓާސްއަށްވެސް ލިބިފައިވާ 185 ސަފްހާގެ ރިޕޯޓްގައިވާގޮތުން ހެލިކޮޕްޓަރުން ދިން އެ ހަމަލާގައި 7.62 މިލިމީޓަރުގެ ވަޒަންތައް އަރާފައި ހުއްޓެވެ.

މީގެ އިތުރުން ހަތިޔާރާއެކު ބޭނުންކުރެވޭނެ ވަރުގެ ހެލިކޮޕްޓަރު އެ ސަރަހައްދުގައި ގެންގުޅެމުންދާ ހަމައެކަނި ފަރާތަކީ ސައުދީއާ ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ފަރާތްތައް ކަމަށް ބުނެފައިވެއެވެ.

ހެލިކޮޕްޓަރ އޮޕަރޭޓް ކޮށްފައިވަނީ އަސްކަރީ މަނަވަރަކުން ކަމަށް ވުމަކީ ގާތްކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ރެޑްސީގެ ހުދައިދާ ބަނދަރު ކައިރީ އޮތް އެ ބޯޓަށް ހަމަލާދިނީ ޔަމަނުގެ ހޫސީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޯލިޝަނުން ކަމަށް ކުރާ ތުހުމަތު އެ ކޯލިޝަނުން ދޮގުކުރެއެވެ.

ސައުދީ އަރަބިއްޔާއާއި ގުޅިފައިވާ ކޯލިޝަނުން، އޭގެ ތެރޭގައި މިސްރާއި ޔޫއޭއީ،ބަހްރެއިން އަދި އުރުުދުންއިންވަނީ ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުކަމަށްވާ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ހޫސީންނާ ދެކޮޅަށް 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ގައި ހަމަލާދޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު