Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަސްކަރީ މަތިންދާ ބޯޓެއް ވެއްޓ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

1 އޮކްޓޯބަރު 2017 | އާދީއްތަ 04:41

ބޯޓް ވެއްޓިފައިވަނީ ނައްޓާލިތާ މަދު މިނެޓްކޮޅެއްގެ ތެރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 އޮކްޓޯބަރު 2017 | އާދީއްތަ 04:41
ބޯޓް ވެއްޓުނު ސަރަހައްދުގެ ފޮޓޯ ނެގުމަށް އަސްކަރިއްޔާއިން ވަނީ ނޫސްވެރިންނަށް ހުރަސްއަޅާފަ

ބޯޓް ވެއްޓުނު ސަރަހައްދުގެ ފޮޓޯ ނެގުމަށް އަސްކަރިއްޔާއިން ވަނީ ނޫސްވެރިންނަށް ހުރަސްއަޅާފަ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ވެރިރަށް ކިންޝާސާއިން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި އަސްކަރީ ކާގޯ މަތިންދާ ބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 12 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފިއެވެ.

އެއަޕޯޓްގެ އޮފިޝަލުން ދެއްވި ރިޕޯޓްތަކާ ހަވާލާދީ ސަރުކާރުގެ ތަރުޖަމާނު ލެމްބަރޓް މެންޑޭ ވަނީ އެންޓޮނޯވް ކާގޯ ބޯޓް ކިންޝާސާގެ އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓާލިތަނުން ވެއްޓިފައިވާކަން ކަށަވަރުކޮށްދީފައެވެ.

"މިއަދު ހެނދުނު އަސްކަރީ މަތިންދާބޯޓެއް ވެއްޓުނުކަން ކަށަވަރުކޮށްދޭން،" ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޑިފެންސް މިނިސްްޓަރ ކްރިސްޕިން އަޓަމާ ޓަބޭ ވިދާޅުވިއެވެ. "ދަތުރުކުރި 12 މީހުން ވަނީ މަރުވެފައި."

އެ ގައުމުގެ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީގައި އޮންނަ ބުކާވޫއަށް ދަތުރުކުރަނިކޮށް ވެރިރަށް ކިންޝާސާގެ މެދުތެރެއިން ފެށިގެން 100 ވަރަކަށް މީޓަރު ދުރުމިނުގައި އޮންނަ ނާސިލާއަށް ބޯޓް ވެއްޓުނު އިރު މަދުވެގެން 10 މީހުން ތިބި ކަމަށެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އޭވިއޭޝަން އޭޖެންސީގައި ހުރި އޭޖެންޓަކު ވަނީ އެ ބޯޓަކީ އެންޓޮނޯވް ބޯޓެއް ކަމާއި 12 މީހުންނާ އެކު ދަތުރުކުރީ ބުކާވޫ އަށް ކަމަށް ކަށަވަރުކޮށްދީފައެވެ.

އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ބޯޓް ވެއްޓިފައިވަނީ ހެނދުނު 7:30 ގައި ބޯޓް ނައްޓާލިތާ މަދު މިނެޓް ކޮޅެއްގެ ތެރޭގައި ކަމަށެވެ.

ބޯޓް ނައްޓާލިތާ ކުޑަވަގުކޮޅެއްގެ ތެރޭ ޓެކްނިކަލް މައްސަލަތަކެއް ދިމާވެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

ބޯޓުން ފަސިންޖަރަކު ދަތުރުކޮށްފައި ނުވާއިރު މަރުވި އެންމެންނަކީ ވެސް ކްރޫ މެމްބަރުންނެވެ.

ސަލާމަތީ ކަންކަން ހުންނަ ފެންވަރު ދަށްވުމުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓް ހިނގުމަކީ އާއްމު ކަމެކެވެ. އެ ގައުމުގެ ހުރިހާ ކޮމާޝަލް އެއާލައިން ތަކަކީވެސް ޔޫރަޕްގައި އޮޕަރޭޓްކުރުން މަނާކުރެވިފައިވާ އެއާލައިންތަކެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

ކޮންގޯގައި ކަބީލާއާ ދެކޮޅަށް ކުރި މުޒާހަރާގައި ފަސްމީހުން މަރުވެއްޖެ

22 ޖެނުއަރީ 2018
ކޮންގޯގައި ކަބީލާއާ ދެކޮޅަށް ކުރި މުޒާހަރާގައި ފަސްމީހުން މަރުވެއްޖެ
09 ޑިސެމްބަރު 2017

ކޮންގޯގައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ 14 ސިފައިން މަރާލައިފި

09 ޑިސެމްބަރު 2017
ކޮންގޯގައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ 14 ސިފައިން މަރާލައިފި
06 އޮކްޓޯބަރު 2017

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި

06 އޮކްޓޯބަރު 2017
ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި
02 އޯގަސްޓު 2017

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް
11 ޖޫން 2017

ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ

11 ޖޫން 2017
ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް