Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލްގެ ކޯޗުގެ މަގާމު

މަގާމު ދޫކޮށްލާނެކަން އިއުލާނުކުރީ ކްލަބްގެ މެނޭޖްމަންޓުން އެދުމުން: ވެންގާ

ވެންގާ ވަނީ އާސެނަލްގެ ކޯޗުގެ މަގާމު 22 އަހަރު ވަންދެން ފުރާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 އެޕްރީލު 2018 | ބުރާސްފަތި 13:31
އާސެން ވެންގާ

އާސެން ވެންގާ

މި ސީޒަނަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެ ކަމަށް އިއުލާނުކުރީ ޓީމުގެ މެނޭޖްމަންޓާއި މަޝްވަރާ ކުރުމަށް ފަހު މެނޭޖްމަންޓުން އެގޮތަށް އެދުމުން ކަމަށް އާސެން ވެންގާ ބުނެފިއެވެ. އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެކަން ވެންގާ އިއުލާނު ކޮށްފައިވާއިރު އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ޖާގަ ހޯދެން އޮތް ހަމައެކަނި ގޮތަކީ މި ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބު ކުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ކުރިޔަށް އޮންނަ މެޗަށް ޓީމު ތައްޔާރުކުރަން ކަމަށާއި ޓީމު ދޫކޮށްލާނެކަން އިއުލާނުކުރި ނަމަވެސް މަސައްކަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އޭނާ ބުނީ މުސްތަގުބަލުގައި ވެސް ކޯޗިންގް ދާއިރާއިން ފެންނާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެފަދަ އެއްވެސް ކަމަކާ މެދު ވިސްނަން ބޭނުންނުވާ ކަމަށެވެ.

ވެންގާ ބުނީ އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލުމާމެދު އޭނާ ގޮތެއް ނިންމި ނަމަވެސް އެކަން އިއުލާނުކުރީ ޓީމުގެ މެނޭޖްމަންޓުގައި މަޝްވަރާ ކުރުމަށް ފަހު މެނޭޖްމަންޓުން އެގޮތަށް އެދުމުން ކަމަށެވެ. އޭނާ ބުނީ އެކަމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަން އިއުލާނު ކުރެވުނީ ވެސް އެންމެ ރަނގަޅު ވަގުތުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.

އާސެނަލްގެ ކޯޗުގެ މަގާމައި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭއެވެ. ހަމައެހެންމެ އެ ޓީމަށް ކުރިން ކުޅުނު ޕެޓްރިކް ވިއެރާގެ އިތުރުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ އަދި ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އެ މަގާމުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އާސެނަލްއިން ބުނެފައިވަނީ ވެންގާގެ ބަދަލުގައި އާ ކޯޗެއް ވަރަށް އަވަހަށް އެ މަގާމަށް އައްޔަނުކުރެވިގެންދާނެ ކަމަށެވެ.

އެންރިކޭއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވެންގާ ބުނީ އެންރިކޭއާމެދު އޭނާ ދެކެނީ ވަރަށް އުއްމީދީ ނަޒަރަކުން ކަމަށާއި އެހެން ނަމަވެސް ދެން އެ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަނުކުރާ އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވަން ބޭނުންނުވާ ކަމަށެވެ.

އާސެނަލްގެ ކޯޗުގެ މަގާމާއި ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު