Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިމް ވޯލްގެ މަރު

ކިމް ވޯލްގެ މަރު: ކިމް ވޯލް މަރާލިކަން މޭޑްސެންގެ މައްޗަށް ސާބިތުވެއްޖެ

ވޯލް ދިރި ހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 އެޕްރީލު 2018 | ބުދަ 16:09
މޭޑްސެން ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައި

މޭޑްސެން ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައި

ސްވިޑެންގެ ނޫސްވެރިޔާ ކިމް ވޯލް މަރާލިކަން ސާބިތުވެ ޑެންމާކުގެ އިންވެެންޓަރ ޕީޓަރ މޭޑްސެން، ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ކިމް ވޯލް މަރާލަން މޭޑްސެން ރާވާފައި އޮތީ އޭނާ ނޭވާ ހާސްކޮށްލައިގެން ނުވަތަ ވައިނޮޅި ބުރިކޮށްލައިގެން ކަމަށް ކޯޕަންހޭގަންގެ ކޯޓުން ބުނެފައި ވެއެވެ.

އުމުރުން 47 އަހަރުގެ މޭޑްސެން ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އޯގަސްޓް މަހު ކިމްވޯލް މަރާލާފައި ވަނީ މޭޑްސެން އަމިއްލައަށް އުފެއްދި ސަބްމެރިންގައި ގެންދިއުމަށް ފަހުއެވެ.

ވޯލްގެ ގުނަވަންތައް ހުޅުހުޅުން ބުރިކުރި ކަމަށް ކުރާ ތުހުމަތު މޭޑްސެން ކުރިން ދޮގުކޮށްފައިވާއިރު އޭރު އޭނާ ވަނީ ވޯލް މަރުވެފައި ވަނީ ސަބްމެރިންގެ ކުޑަދޮރެއް އޭނާގެ ބޮލަށް ވެއްޓިގެން ކަމަށް ވެސް ބުނެފައެވެ.

ޑައިވަރުންނަށް އޭނާގެ ބޯ ފެނިފައި ވަނީ ދެ ފަޔާ އަންނައުނާ އެކު ގޯންޏެއްގައި ފައްތާފައި ހުއްޓައި ކޯޕަންހޭގަންގެ ދެކުން ކޮގް ބޭއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ.

މި ބައިތައް ފެނިފައި ވަނީ ޕީޓަރ މޭޑްސެންގެ ސަބްމެރިންގައި ވޯލް ދިޔަތާ 11 ދުވަސް ފަހުން އޭނާގެ ހަށިގަނޑުގެ ކަރުން ފެށިގެން ފޫޅާ ދެމެދުގެ ބައި ފެނުނު ސަރަހައްދާ ދުރު ނޫން ސަރަހައްދަކުންނެވެ.

އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެނުނު ގޯނިތައް ފައްތާފައި ހުރީ ދަގަނޑުތަކެއް އަޅައިގެން ކަމަށް ކޯޕަން ހޭގަންގެ ޕޮލިސް އިންސްޕެކްޓަރ ޖެންސް މޮލަރ ވިދާޅުވެފައިވެއެވެ.

ވޯލްގެ ހަށިގަނޑުގެ ކަރުން ތިރި ފޫޅާ ދެމެދު ފެނިފައި ވަނީ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ޕޯސްޓް މޯޓަމް ތަހުލީލުން ދައްކާ ގޮތުގައި އޭނާގެ ޖިންސީ ގުނަވަނާއި މޭކަށިތަކުގައި ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައި ހުރިއިރު ބެލެވޭ ގޮތުގައި އެއީ "މަރުވަނިކޮށް ނުވަތަ މަރުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭ" ދީފައިވާ ހަމަލާތަކެކެވެ.

އުމުރުން 30 އަހަރުގެ ވޯލް ދިރި ހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހަވީރު މޭޑްސެން އަމިއްލައަށް އުފައްދާފައިވާ ސަބްމެރިންއެއްގައި އޭނާއާ އެކު އެ އުފެއްދުމާ ބެހޭ ގޮތުން ރިޕޯޓެއް ތައްޔާރު ކުރުމަށް ފުރަނިކޮށެވެ.

އެ ދަތުރުން އޭނާ އެނބުރި ނައުމުން އެކަން ސަމާލުކަމަށް ގެނެސްފައި ވަނީ ވޯލްގެ ލޯބިވެރިޔާއެވެ.

އެންމެ ފުރަތަމަ މޭޑްސެން ބުނެފައި ވަނީ ކޯޕަން ހޭގަންއަށް ވޯލް ސަލާމަތުން ގެންގޮސްދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވާހަކަ ބަދަލުކޮށް "ނުރައްކާ އެކްސިޑެންޓެއް" ހިނގީ ކަމަށާއި ވޯލްސް ކަނޑަށް ދޫކޮށްލުމަށް ފަހު ސަބްމެރިން އަޑިޔަށްދާން ދޫކޮށްލައި އޭނާގެ ފުރާނަ ސަލާމަތްކުރީ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު