Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

ބާބަރާގެ ޖަނާޒާއަށް ފަހު ބުޝް އެޑްމިޓްކޮށްފި

ބާބަރާ ބުޝް އަވަހާރަވެފައިވަނީ މިމަހުގެ 18 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2018 | އަންގާރަ 05:41
އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ އަނބިކަނބަލުން އަދި އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތްފަހުން ހޮސްޕިޓަލަށް އެޑްމިޓް ކޮށްފިއެވެ.

ބާބަރާ ބުޝް އަވަހާރަވެފައިވަނީ މިމަހުގެ 18 ގައެވެ.

މިހާރު އުމުރުފުޅުން 93 އަހަރުފުޅުގެ ޖޯޖް އެޗްޑަބްލިއު ބުޝް އަކީ އެމެރިކާގައި އެންމެ ގިނަދުވަހު ދުނިޔޭގައި ހުންނެވި ރައީސެވެ.

ބުޝްއަށް ވަނީ ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވެފައެވެ. އޭގެ ތެރޭގައި ލޭގެ އިންފެކްޝަނެއް ޖެހުމާއި ތުރުތުރު އަޅާ ބަލި ތަހައްމަލު ކުރައްވަން ޖެހުން ހިމެނެއެވެ. އެމަނިކުފާނު މިހާރު އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައެވެ. ބުޝް ބައްލަވާ ޑޮކްޓަރުން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ. ބުޝް އުފަންވެވަޑައިގެންފައިވަނީ 1924 ވަނަ އަހަރުގައެވެ.

ބާބަރާއާއި ޖޯޖް ބުޝްއަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކައިވެނި ބައްލަވައިގެން ތިއްބެވި ރައީސުންގެ މަގާމު ލިބިލައްވާފައިވާ ދެބޭފުޅުންނެވެ. ބާބަރާ އަވަހާރަވިއިރި އެ ދެ ބޭފުޅުންގެ ކައިވެންޏަށް 73 އަހަރު ވަނީ ފުރިފައެވެ. އެކަން މިއަހަރު ޖެނުއަރީގައި ވަނީ ފާހަގަކުރައްވާފައެވެ. ދެބޭފުޅުން ކައިވެނި ބައްލަވައިގެންފައި ވަނީ ޖެނުއަރީ 6، 1946 ވަނަ އަހަރުއެވެ. ކައިވެނި ބައްލަވާފައިވަނީ ބާބަރާގެ އުމުރުފުޅުން 19 އަހަރުގައި އަދި ޖޯޖް ބުޝްގެ އުމުރުފުޅުން 20 ގައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު