Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވިލާގެ ރިޒޯޓުތަކުގައި ފުލުހުން

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ވިލާގެ ރިސޯޓުތަކަށް ރޭގަނޑު ކަނު އަނދިރީގައި ފުލުހުން އެރީ ކަސްޓަމްސްއާއި މީރާ އާއިއެކު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2018 | ބުރާސްފަތި 03:20
ވިލާގެ އެންމެ ބޮޑު ރިސޯޓުކަމަށްވާ ސަން އައިލެންޑް ރިސޯޓު

ވިލާގެ އެންމެ ބޮޑު ރިސޯޓުކަމަށްވާ ސަން އައިލެންޑް ރިސޯޓު

ބުދަ ދުވަހުގެ ރޭ ކުއްލިއަކަށް މުޅި ޤައުމު ސިހިގެން ދިޔައީ ޤާސިމް އިބްރާހިމްގެ ކުންފުނި ވިލާގެ ދަށުން ހިންގަމުން އަންނަ ފަސް ރިސޯޓަށް ކުއްލިއަކަށް ދިވެހި ފުލުހުން އެރި ޚަބަރުންނެވެ. ގިނަ ބަޔަކަށް ސިހުން ގެނުވި ޚަބަރެއް ނަމަވެސް، މިއީ މި ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ ކަމެއްކަން ދެނަހުރި ދިވެހިންވެސް މަދެއް ނޫނެވެ. ޤާސިމް އިބްރާހިމްއާއި އެމަނިކުފާނުގެ ވިޔަފާރީއަށް މިއަދުގެ ސަރުކާރުން ޖައްސާ ޙާލުގެ ވާހަކަ ނުދަންނަ ދިވެހި ރައްޔިތަކު ނުހުންނާނެއެވެ.

ޤާސިމް އިބްރާހިމްގެ ކުންފުނިތައް ޖޫރިމަނާކޮށް، ކުއްލިއަކަށް ބޮޑެތި ޓެކްސް ބިލްތައް ފޮނުވަނީ މީރާގެ ކޮމިޝަނަރ ޖެނެރަލް ހެނދުނު ހޭފުޅުލެއްވޭ އިރު މޫޑް ހުންނަ ގޮތަކުންބާވައޭ، ނުވަތަ އެމަނިކުފާނަށް އަންނަ ފޯނު ކޯލެއްގެ ސަބަބުން ބާވައޭ ސުވާލު އުފެދެއެވެ. ވިލާ ކުންފުންޏާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރާއްޖެއަށާއި، ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަން ދައުލަތުގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ދިރާސާތަކުން އެހެރަ ދައްކަނީއެވެ. އެކުންފުންޏަކީ ހަމައެކަނި ޤާސިމް އިބްރާހިމްގެ މަސްލަހަތާއި ގުޅުން ހުރި ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުނީގައި މަސައްކަތްކުރާ އެތައް ހާސް ދިވެހިންނެއްގެ ހައްޤުތަކާއިވެސް ގުޅިފައިވާ ކުންފުންޏެއްކަމަށް ބުނަމުންދަނީ ވިލާ ކުންފުނީގެ ވެރިންނެއް ނޫނެވެ. ކޮންމެއަކަސް، ޤާސިމް އިބްރާހިމްއަށް ދޭ ޙަމަލާތަކުގެ ގޮތުގައި އެމަނިކުފާނުގެ 5 ރިސޯޓަށް ދުއްތުރާ ކުރުމަކީ މިއަދަކު އެކަނި ހިނގި ކަމެއް ނޫނެވެ. ރާއްޖޭގެ ކައިރި މާޒީގައި ކަން ހިނގި ގޮތް ބަލައިފި މީހަކަށް މިއީ ޢިބުރަތަކަށް ވާނެއެވެ. ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރައި ހިތުހިރު ގޮތެއް ހަދައި، ޓޫރިސްޓުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ކުރުމުގެ ސަބަބުން އަސަރުކުރަނީ ހަމައެކަނި ޤާސިމް އިބްރާހިމަކަށް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާޢަތުން ސަރުކާރުގެ އިސްވެރިން ވައްކަން ކުރަމުން ދާއިރު، އެސިނާޢަތަށް މިކަމުގެ ސަބަބުން ކުރާނެ އަސަރު އެބޭފުޅުންނަށް އެނގިވަޑައި ނުގަނޭތޯ ސުވާލު އުފައްދަން ޖެހެއެވެ.

ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް މިފަހަރު ފުލުހުން އެރީ އެކުންފުނީގެ ރިސޯޓަކަށް ދޫކުރާ ރާފުޅިތަކާއި އޫރު މަސް، އެކުންފުނީގެ އެހެން ރިސޯޓަކަށް ގެންދާ މައްސަލައެއް ބަލަން ކަމަށް ބުނެއެވެ. އެވަރުގެ މައްސަލައެއް ބެލޭކަމަށްވަނީ ފުލުހުންނާއި ކަސްޓަމްސްއާއި މީރާ އެއްކޮށް ގޮވައިގެން ގޮސް ރޭގަނޑު އަނދީރިގައި، ފަތުރުވެރިންވެސް ރޭގަނޑު ކެއުމުގައި ޝާމިލްވެ އުޅޭ ވަގުތު އެމީހުންގެ ކުރިމަތީގައެވެ.

މިއީ ދެން ކިހާ ހެއްވާ ކަމެއްތޯއެވެ؟ ވެރިރަށް މާލޭގައި ސްކޫލްތަކުގެ ކުދިން ކަތިލަމުންދާއިރު، އެކަމަށް ދޭންޖެހޭ ސަމާލުކަމަށް ވުރެ ބޮޑަށް ދައުލަތުގެ ތިން އިދާރާއަކަށް ކުރަން ފެނުނު އެންމެ މޮޅުކަމަކީ ސިޔާސީ ބޭނުމަކަށް ރާއްޖޭގައި ހުރި އެންމެ ބޮޑެތި ރިސޯޓުތަކަށް އަރައި ރާއްޖެއަށް އައިސްތިބި ފަތުރުވެރިންނާއި އެފަތުރުވެރިންނަށް ޚިދުމަތް ދޭން ތިބި މީހުންނަށް ދުއްތުރާކުރުމެވެ. މީރާގެ އިސް ބޭފުޅުންނާއި، ކަސްޓަމްސްގެ އިސް ބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުންނަށް ބުދަ ދުވަހުގެރޭ އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ދިން އިންޒާރަކީ އެބޭފުޅުން ވިސްނާލަން ޖެހޭ ކަމެކެވެ.

"މިފަދަ ޤާނޫނާ ޚިލާފް އުސޫލުން ކުރަމުން އަންނަ ކަންކަން ދެން އުފެދޭ ސަރުކާރެއްގައި އިއާދަ ކުރެވޭނެ ކަމަށާއި، ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ" ކަމުގައި އެމްޑީޕީއިން ދީފައިވާ އިންޒާރަކީ މިކަހަލަ ކަންކަމުގައި އުޅުއްވާ ބޭފުޅުން ވިސްނަވަން ޖެހޭ ކަމެކެވެ. ޤާނޫނާއި ޚިލާފަށް މީހުން ކުރާ ކަންކަމުގައި ބައިވެރިވެ، ތިމާމެންގެ މުސްތަޤްބަލު ހަލާކުގެ ތެރެއަށް ވައްޓާލާކަށް ނުވާނެއެވެ.

ރިސޯޓުތަކަށް އަރައި، ރާއްޖެއަށް އައިސްތިބި ފަތުރުވެރިންނަށް ބިރު ނުދައްކައި، އެއް ކުންފުނީގެ ރިސޯޓަކަށް ދޫކުރި ރާފުޅިއެއް އެކުންފުނީގެ އެހެން ރިސޯޓަކަށް ގެންދިޔަ މައްސަލަވެސް ބަލަންވީއެވެ. އެކެމަކު އެއަށްވުރެ އަވަހަށް ތިއަށްވުރެ ގިނަ އިދާރާތައް ނިކުމެ ކުރަން ޖެހޭ ކަމެއް އެބަ އޮތެވެ. ދައުލަތުގެ އެކައުންޓަކަށް ވަންނަން ޖެހޭ ފައިސާތަކެއް ރައީސުލްޖުމްހުރިއްޔާގެ އެކައުންޓަށް ވަން މައްސަލަ ބަލަން އަވަސްވެގަންނާށެވެ. އަދި އެ އެއްމިލިއަން ޑޮލަރުގެ އިތުރުންވެސް ވަންނަން ޖެހޭ އެކައުންޓްތައް ނޫން އެހެން އެކައުންޓްތަކަށް ފައިސާ ވަންނަ މައްސަލަ ފުލުހުން ބަލަން ޖެހެއެވެ. މީރާއިންވެސް ބަލަން ޖެހެއެވެ. ކަސްޓަމްސްއިން ބަލަންވީއެވެ. އޭސީސީއިންވެސް ބަލަންވީއެވެ. އޮޑިޓް އޮފީހުންވެސް ބަލަންވީއެވެ.

ނިންމާލަމުން އަދިވެސް ހަނދާންކޮށްލަން ޖެހެއެވެ. ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އެރި މީހަކަށް މިހާތަނަށް ލިބުނު މޮޅެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު