Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލެޓް ލައިޓް ބަގީޗާ

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ސިޓީ ޕާކު ތަރައްގީ ކުރަންފެށީ މިދިޔަ އަހަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 11:26
ސިޓީ ޕާކު

ސިޓީ ޕާކު

މިނިވަން 50 އަށް ސަރުކާރުން މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ޒީނަތްތެރިކުރި އިރު އެންމެ ފާހަގަކޮށްލެވުނީ ސަލްޓަން ޕާކުގައި ތަރައްގީ ކުރި "ހުޅުދާން ބަޖީޗާ" ނުވަތަ ލެޓް ލައިޓް ގާޑެން އެވެ. އެ ޕާކަށް ގިނަ ބައެއްގެ ސަމާލުކަން އެދުވަސް ވަރު ހުއްޓިގެންދިޔަ ނަމަވެސް މިއަދު އެޕާކަށް ވީގޮތެއް ބަލާލަންޖެހެ އެވެ.

މިނިވަން ފަންސާހަށް ސަރުކާރުން މާލޭތެރެ ޒީނަތްތެރި ކުރުމަށް ކުރި ބޮޑު ހަރަދުގެ ތެރެއިން ލެޑް ލައިޓް ބަޖީޗާ ތަރައްގީ ކުރުމަށް ހަވާލު ކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އާ އެވެ. އެ ޕާކުގައި ގާތްގަނޑަށް 72 ލެޓް ލައިޓް ގަސް ބެހެއްޓުނެވެ.

އެހެން ނަމަވެސް ސަލްޓަން ޕާކު އެހެން ކޮންސެޕްޓަކަށް ތަރައްގީ ކުރުމަށްޓަކައި ލެޓް ލައިޓް ގަސްތައް އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކަށް ބަދަލު ކުރެވުނު އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެެ. އެގޮތުން ސިޓީ ޕާކު ތަރައްގީކޮށް އާންމު ރައްޔިތުންނަށް ހިތް ފަސޭހަ މާހައުލަކަށް ހަދާ، އެތަން ހުޅުވާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ތަފާތު އެކި ތާރީހުތައް ވެސް އޭރު ދީފައިވެ އެވެ. "ކަޅުއޮށްފުންމި އާއި ލެޓް ލައިޓް ބަގީޗާ އާއި އެކު މާލޭ ސިޓީ ފާކު މިދިޔަ ޖޫން މަހުގެ ތެރޭގައި ނިންމާ ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް އޭގެ ފަހުންވެސް އަހަރަކަށްވުރެ ގިނަވީ އެވެ. އަދިވެސް އެ ޕާކެއް ނުހުޅުވުނެވެ. ނުހުޅުވުނީ ކީއްވެގެން ކަމެއްވެސް ނޭނގެ އެވެ. ޖަވާބު ހޯދުމަށް ގުޅުމުން ވެސް ކަމާ ހަވާލުވެ ތިބި އިސްވެރިން އަންނަނީ ރުޅި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ހޯމް މިނިސްޓްރީން ބުނީ އެ ޕާކު ނުހުޅުވިގެން އުޅެނީ ކަރަންޓް ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމް (މާޒް) އަށް ގުޅާލުމުން، ރަސްމީ ގަޑީގައި ހޯމް މިނިސްޓްރީގެ ނަންބަރަށް ގުޅުމަށް ވިދާޅުވެ ފޯނު ކަނޑާލެއްވީ އެވެ. އަދި އެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް ރާއްޖެއެމްވީއާ ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް ފަހުން ވިދާޅުވި އެވެ.

މިނިވަން ފަންސާހުގެ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ހަރަދުކޮށް، ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރި އެއްތަނަކީ ލެޑް ލައިޓް ބަގީޗާ އެވެ.

އެ ބަގީޗާ ވީރާނާވެދިއުމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގުޅުމުން އެއްވެސް ޖަވާބެއް ނުދެއްވުމަކީ، ހަމަގައިމުވެސް ރައްޔިތުން ބޭނުންވާނެ އަދި ބަލައިގަންނާނެ ކަންކަމެއް ނޫނެވެ.

މިއަދު އެޕާކުގައި ޖަހާފައި ހުރި ލެޑް ލައިޓް ގަސްތައް، ހަލާކުވެ، އެތަނުގައި ބެހެއްޓިފައި ހުރި ޕްލާސްޓިކް ޖަނަވާރުތައް ހަލާކުވެ، އެތަން ވަނީ ތަރުތީބު ގެއްލިފަ އެވެ. މުޅި ސަރަހައްދުގައި ވަނީ ތަފާތު އެކި ބާވަތްތަކުގެ ކުންޏެވެ. މިހާރު އެތަނަށް ވަނުމުން އެތަނަކީ ބަޔަކު ބޮޑު ހަރަދުކޮށްފައި ތަަރައްގީ ކުރި ތަނެއް ހެން ހީވެސް ނުވާނެ އެވެ. ސިޓީ ޕާކުގެ އެއް ފާރުވެސް ވަނީ ހަލާކުވެފަ އެވެ. މުޅި ސަރަހައްދަށް ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދައެއްކުރުމަށް ފަހު ސިޓީ ޕާކު ވަނީ ކުނި ގޮނޑަކަށްވެފަ އެވެ. އަނެއްކާ އެތަން ތަރައްގީ ކުރާނަމަ، މަރާމާތައް އިތުރު ހަރަދުތަކެއް ކުރަންޖެހޭނެ އެވެ. އަނެއްކާވެސް ދައުލަތުގެ ފައިސާ ބޭކާރުވީ އެެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީން ކުރިން ބުނެފައިވަނީ ސިޓީ ޕާކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މަސައްކަތް ނިންމުމަށް ބޮޑު ހަރަދު ކުރުމަށް ފަހު، ނުބެލެހެއްޓި ހަލާކުވެގެންދިއުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެވެ. މިއީ ކޮންމެ ސަރުކާރުން ވިޔަސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެކަމަކާ ހަވާލުވެ ތިބި ފަރާތަކުން އޭގެ ޒިންމާ ނަގަންޖެހޭނެ ކަމެކެވެ.

ޕާކުގެ މަސައްކަތް ނިންމާ، އެތަން ނުހުޅުވާ ހަލާކުވެ، ވީރާނާ ވެގެން ދިއުމަކީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. އެކަމާ ހަވާލުވެ ތިބޭ ފަރާތަކުން މިކަން ވީގޮތް ރައްޔިތުންނަށް އޮޅުން ފިލުވާ ދޭންޖެހެ އެވެ. ސިޓީ ޕާކަށް އެހާ ބޮޑު ހަރަދެއް ކުރުމަށް ފަހު، އެތަން ނުހުޅުވިގެން އުޅެނީ ކީއްވެގެންކަން ކިޔާދޭން ޖެހެ އެވެ. އަދި ދައުލަތުގެ ފައިސާ ބޭކާރުކުރުމުގެ ޒިންމާވެސް އުފުލަންޖެހޭނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018
ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

05 ޖެނުއަރީ 2018
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު