Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނާއި ފަނޑިޔާރުން

ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

23 އެޕްރީލު 2018 | ހޯމަ 06:22

އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ވަނީ ވަކީލެއް ހަމަޖައްސަން 10 ދުވަސް ދެއްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އެޕްރީލު 2018 | ހޯމަ 06:22
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި

ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އިތުރު އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހުގެ 15:00 ގައި ބާއްވާ މި އިބްތިދާއީ އަޑުއެހުމަކީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އަޑު އެހުމެކެވެ.

Advertisement - newsAdvertisement

އެންމެފަހުން މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެއީ އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މިއަޑުއެހުމުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފު ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކު ތޯ ތިން ބޭފުޅުން ކިބައިން ވެސް ސާފު ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަޑުއެހުމެއް އޮންނަކަން އެނގުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި އެވަގުތު ކޮޅުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ހާޒިރުކުރެވިފައި ވަނީ ކޮން މައްސަލައެއްގައި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ. އަލީ ހަމީދު ވެސް ވިދާޅުވީ އެމަނިކުފާނަށް ވެސް ކޯޓަށް ހާޒިރުވާން ޖެހޭކަން އެނގިވަޑައިގަތީ ކުއްލި ގޮތަކަށް ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނަށް ވަކީލެއް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ގާނޫނުގައިވާ ގޮތުން ވަކީލަކު ހަމަޖައްސަން އެންމެ ގިނަ ވެގެން ދެވޭނީ 10 ދުވަސް ކަމަށާއި އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ވަކީލަކު ހަމަނުޖެއްސޭ ފަދަ މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ ފަހުން އެ މުއްދަތު އިތުރު ކޮށްދެވިދާނެ ކަމަށެވެ.

ތިން ބޭފުޅުން ވެސް ވަކީލަކާ އެކު ކުރިއަށްދާން ބޭނުން ވާތީ 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ގާޒީ ވިދާޅުވީ އެ ބޭފުޅުންނަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތު ދިނުމުގެ ގޮތުން އާއިލާއާ ބައްދަލު ކުރެވި އަދި ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސަން އެ ބޭފުޅުން ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ގާތު ވެސް އެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށް އެހެން ދައުވާތައް ވެސް ވަނީކޮށްފައެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

މިތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމް ދައުވާއެއްވެސް ކޮށްފައިވާއިރު އެ ދައުވާތަކުގެ އަޑުއެހުން އަދި ނުފަށައެވެ. އެހެން ނަމަވެސް މި ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް