Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

އަމިއްލަ އެދުމަށް ރައީސް ޔާމީން އަސްކަރިއްޔާއާ ދައްކަވަނީ ޣައިރު ޤާނޫނީ ވާހަކަ: ގުޅިފައިވާ ޕާޓީތައް

22 އެޕްރީލު 2018 | އާދީއްތަ 14:44

އެވާހަކަތަކާމެދު ދިވެހި އަސްކަރިއްޔާއިން ކަންބޮޑުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 އެޕްރީލު 2018 | އާދީއްތަ 14:44
އިމްތިޔާޒް ފަހުމީ ޕްރެސް ދެއްވަނީ

އިމްތިޔާޒް ފަހުމީ ޕްރެސް ދެއްވަނީ

އަމިއްލަ އެދުމައިގެން ވެރިކަން ދިފާއު ކުރުމަށް ރައީސް ޔާމީން ދިވެހި އަސްކަރިއްޔާ އާއި މުހާތަބުކޮށް ދައްކަވަނީ ޣައިރު ޤާނޫނީ އަދި ސިޔާސީ ވާހަކަތައް ކަމަށާއި، އެވާހަކަތަކާ މެދު ދިވެހި އަސްކަރިއްޔާއިން ކަންބޮޑުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހްމީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަމިއްލަ އެދުމައިގެން ވެރިކަން ހޯދުމަށް ޣައިރު ޤާނޫނީ ކަންކަން ކުރަމުންދާ ކަމަށް ރައީސް ޔާމީން އަސްކަރިއްޔާއާ މުޚާތަބުކޮށް ވާހަކަ ދައްކަވާއިރު ދައްކަވަނީ އަމިއްލަ ޖަގަހައިގަ ދައްކަވާފަދަ ވާހަކަތައް ކަމަށާއި އަމިއްލަ ވެރިކަން ދިފާއު ކުރުމަށް އަސްކަރިއްޔާ އާއި ބައްދަލުކޮށް ޣައިރު ޤާނޫނީ ސިޔާސީ ވާހަކަ ދެއްކެވުމަކީ އަސްކަރިއްޔާއިން ވަރަށް ކަންބޮޑުވާނެ ކަންކަން ކަމަށެވެ.

Advertisement - newsAdvertisement

ސިފައިންނާއި ފުލުހުންގެ އަގު ދަށްކޮށްލުމަށް ރައީސް ޔާމީން ދައްކަވާފައިވާ ތަފާތު ވާހަކަތަކަށް އިޝާރާތް ކުރައްވާ އިމްތިޔާޒް ވިދާޅުވީ އިދިކޮޅުޕާޓީތަކަށް ނިސްބަތްކޮށް، އަމިއްލަ އެދުމާވެގެން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތަކުގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކޮށްދިނުމަށް އަސްކަރިއްޔާގެ ކިބައިން ޔާމީން އެދިވަޑައިގެންނެވީ، އެމަނިކުފާނުގެ ޣައިރުޤާނޫނީ ވެރިކަން ދިފާއު ކޮށްދެއްވުމަށް ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ އަމިއްލަ އެދުމާއިގެން ވެރިކަމުގައި ހުންނެވީ ކާކުކަން ދިވެހިރައްޔިތުންނަށް އޮޅިފައިނެތް ކަމަށާއި، ޣައިރު ޤާނޫނީ ވެރިކަން ދިފާއު ކުރުމަށް ޤާނޫން އަސާސީގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް ހުއްޓުވައި މުޅި ޤައުމު އެއްކޮށް ޚަރާބު ކޮށްލާފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

"އަމިއްލަ ޤައިރުޤާނޫނީ ވެރިކަމެއް ދިފާއުކުރުމަށް ރާއްޖޭގެ ޤާނޫނުއަސާސީގެ ހަމައެއްކޮށް ބާރުކަނޑުއްވާލާ، ރާއްޖޭގެ ދައުލަތުގެ ބާރުތައް ކަނޑުވާލާ، އެއްކޮޅުން ސްޕްރީމްކޯޓުގެ ޓިނުނަގާ، އެތަނުގަ ތިއްބަވާ ފަނޑިޔާރުން، އުއްތަމަފަނޑިޔާރު އަބުދުﷲ ސައީދު، ދެންހުންނެވި ފަނޑިޔާރު އަލީ ހަމީދު ފުރާޅުން ޓިނު ނަގާގެން ގޮސް ޖަލަށްލާ، އެބޭފުޅުންގެ ހުރިހާ ހައްގުތަކެއް ޤާނޫނާ ޚިލާފަށް ހިފަހައްޓާ މިހުރިހާކަމެއް ކުރައްވަމުން މިގެންދަވަނީ. އަމިއްލައެދުމާގެން އުޅުއްވާކަން މިހުންނަނީ ވަރަށްސާފުކޮށް ފެންނަން." އިމްތިޔާޒު ވިދާޅުވި އެވެ.

އިންތިޔާޒު ފަހުމީ އިތުރަށް ވިދާޅުވީ، ޤައުމެއް އެއްކޮށް ހަރާބުކޮށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބާރުކަނޑުވާލައި ގޮށްމުށުގެ ބާރު ދައްކަމުންދާ ކަމީ އަމިއްލަ އެދުންއޮތުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް އެކަނި ބަލާލި ނަމަވެސް، އަމިއްލަ އެދުމާއިގެން އުޅުއްވާ މިންވަރު ވަރަށް ރަނގަޅަށް ފެނި ހާމަވެގެންދާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތަކަށް ހެދިގޮތް އަދިވެސް މިސަރުކާރަށް ދިވެހިރައްޔިތުންނަށް ސާފުކޮށް ނުދެވޭ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުން އިސްކުރައްވާ މިންވަރު ހާމަވެގެންދަނީ، އަމިއްލަގެ އެހެން ގެއަކާ ލާޖައްސައި 17 ބުރިއަށް އިމާރާތްކުރުމަކީ އަމިއްލަ އެދުން ކަމަށާއި އަމިއްލަ އެދުންބޮޑުވެގެން ރައީސް ޔާމީނުކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް އިމްތިޔާޒު ފަހްމީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް