Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ޒުވާނުން ދީނާ ދުރުވުމަށް އޮތް ނުރައްކަލަކީ މިސަރުކާރު ހިމާޔަތް ކުރާ ދީނީ އިލްމުވެރިން: ފައްޔާޒް

21 އެޕްރީލު 2018 | ހޮނިހިރު 22:54

ޒަމާނުންސުރެ ދިވެހިރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ދަމަހައްޓަން ދީނުގެ ވާހަކަ ނަގާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 އެޕްރީލު 2018 | ހޮނިހިރު 22:54
ފައްޔާޒް އިސްމާއީލް ފަލަ ސުރުޚީ ޕްރޮގްރާމްގައި

ފައްޔާޒް އިސްމާއީލް ފަލަ ސުރުޚީ ޕްރޮގްރާމްގައި

ދިވެހި ޒުވާނުން އިސްލާމް ދީނާ ދުރުވާނަމަ ދުރުވުމުގެ ނުރައްކަލަކީ ސަރުކާރު ހިމާޔަތް ކުރާ ބައެއް ދީނީ އިލްމުވެރިންގެ ޢަމަލްތައް ހުންނަ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިސަރުކާރުން ދީން ހަތިޔާރަކަށް ބޭނުން ކުރަނީ ގޮތް ހުސްވުމުން ކަމަށާއި ކިރިޔާވެސް އިދިކޮޅު ފަރާތްތަކާ ދޭތެރޭގައި ޝައްކެއް އުފައްދަން ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގައި ދައްކަނީ ދީނީ ވާހަކަ ކަމަށެވެ. ސަބަބަކީ ދީނޭ ބުނުމުން ދިވެހި އެންމެންވެސް މައިގަނޑު ގޮތެއްގައި އަހައްމިއްޔަތުކަން ދޭތީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޒަމާނުންސުރެ ދިވެހިރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ދަމަހައްޓަން ދީނުގެ ވާހަކަ ނަގާ ކަމަށާއި އެހެންނަމަވެސް އެމްޑީޕީއަކީ އެގޮތައް މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އެކަން އެގޮތައް ނުނެގުމުން ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެސް އެބަހުރިކަމަށާއި އެހެންނަމަވެސް އަދިވެސް އެމްޑީޕީގެ ސިޔާސަތަކީ އެއީ ނޫން ކަމަށް ޤަބޫލު ކުރައްވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިހާރު މިއޮތް ސަރުކާރު ކޮންމެފަހަރަކުވެސް ބަލިކަށިވެ ހުރިހާކަމެއް ގެއްލި ދިޔައިމާ ނަގަނީ ދީނީ ކާޑު ކަމަށާއި ނަމަވެސް މިހާރު ދިވެހި ރައްޔިތުންނަށް އެކަމުގެ ޙަޤީގަތް އެނގޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭގައި ޒުވާނުން އިސްލާމް ދީނާ ދުރުވަނީ ބޭރު މީހުންގެ ސަބަބުން ނޫން ކަމަށާއި ސަރުކާރު ހިމާޔަތް ކުރާ ބައެއް ދީނީ އިލްމުވެރިންގެ ސަބަބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެއްކޮޅުން ނިކުމެ އިސްލާމް ދީނުގެ ޢަޤީދާއޭ، އިސްލާމްދީނުގެ ޑިފެންޑަރޭ މިޤައުމަށް އެހެން ދީނެއް އަޔަކަ ނުދޭނަމޭ ކިޔާ މިހުރިހާ ވާހަކައެއް ދައްކާއިރު އިސްލާމްދީނުގައި އޮތް އެންމެ އަސާސީ ކަންކަން ކޮންމެ ދުވަހަކު މުގުރާ ފުނޑުވަމުން އެދަނީ. މުޅި އިސްލާމްދީން ބިނާވެފައި އޮންނަނީ އަދްލު އިންސާފްގެ މައްޗަށް. ޚާއްޞަކޮށް ދިވެހި ޒުވާނުން އިސްލާމްދީނާ ދުރުވާން އޮތް އެންމެބޮޑު ނުރައްކަލަކީ ޔޫރަޕިއަން ޔޫނިއަންއަކާ އެމެރިކާއަކާ ވެޓިކަން ސިޓީއަކާއެއް ނޫނޭ. އަޅުގަނޑުމެންގެ ސަރުކާރާ، އެސަރުކާރަށް ވާގި ދީފައި ވާހަކަ ދައްކާ އިލްމުވެރިން. އަޅުގަނޑުމެން ޅަކުދިންނަށް ފެންނަނީ އިސްލާމް ދީނޭ ކިޔާފަ ނުކުމެ މިސަރުކާރު ދިފާއު ކުރާ މީހުން. އެކުދިންގެ ސިކުނޑީގައިވެސް ތެތްކަމެއް އެބަހުއްޓޭ. ފެންނަނީ އަނިޔާވެރިކަމާ ވައްކަމާ ކޮރަޕްޝަނާ ފަސާދައާ، އަނެއްކާ އިސްލާމްދީނުގައި ނުކުރެވޭނެޔޭ ބުނާ ކަންކަން އެމީހުން އަމިއްލައަށް ކުރާ ކަންކަން" ފައްޔާޒް ވިދާޅުވިއެވެ.

އީޔޫއިން ރާއްޖެއިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އެމީހުންގެ ތެރޭގައި ގިނައީ އެއްވެސް ދީނެއް ޤަބޫލް ނުކުރާ މީހުން ކަމަށާއި އެމީހުންގެ އެފަދަ ހުށަހެޅުންތައް ހުންނާނީ އެޤައުމުތަކާވެސް ގުޅޭގޮތުން ކަމަށެވެ. ނަމަވެސް އެމީހުން ބުނާ ކޮންމެކަމަކީ ސައްތައިން ސައްތަ ދިވެހިރާއްޖެއިން އަޅާލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ނުކޮށްގެން ކުރެވޭނެ ކަމެއްވެސް ނޯންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް