Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ހައްޔަރީން

ނަޖުމާ އާއި އަޒުމީ ދޫކޮށްލުމަށް ރައީސް މައުމޫންގެ އޮފީހުން ގޮވާލައިފި

20 އެޕްރީލު 2018 | ހުކުރު 15:53

އަޒްމީ އާއި ނަޖުމާ ބަންދުކުރި ފަހުން 80 ދުވަސް ވަނީ ވެފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 އެޕްރީލު 2018 | ހުކުރު 15:53
ހައްޔަރު ކޮށްފައިވާ ނަޖުމާ އާއި އަޒްމީ - އެ ދެމީހުނަށް ބޭ އިންސާފުން އަނިޔާ ދޭ ކަމަށް ރައީސް މައުމޫނު އޮފީހުން ބުނޭ

ހައްޔަރު ކޮށްފައިވާ ނަޖުމާ އާއި އަޒްމީ - އެ ދެމީހުނަށް ބޭ އިންސާފުން އަނިޔާ ދޭ ކަމަށް ރައީސް މައުމޫނު އޮފީހުން ބުނޭ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމްގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖްމާ އިބްރާހިމް ދޫކޮށްލުމަށް ރައީސް މައުމޫނުގެ އޮފީހުން ގޮވާލައިފިއެވެ.

އަޒްމީ އާއި ނަޖްމާ ހައްޔަރުކޮށްގެން ގެންގުޅޭތާ 80 ދުވަސް ފާއިތުވެފައިވާކަން ފާހަގަކޮށް ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެމީހުން ހައްޔަރުކޮށްގެން އުޅެނީ ޙަޤީޤަތާއި ކަނޑައެޅިގެން ޚިލާފް ތުހުމަތު ތަކެއްގައި ކަމަށެވެ.

Advertisement - newsAdvertisement
"މުޙައްމަދު އަޒުމީ އަކީ ރައީސް މައުމޫންގެ ޕާރސަނަލް ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ ފަރާތެކެވެ. ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި އަޒުމީ މަސައްކަތް ކޮށްފައިވަނީ ނުހަނު އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައެ.ހަމަ އެހެންމެ މި އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ ޢިބްރާޙިމް އަކީވެސް އަޅުގަނޑުމެންނާއި އެކު މަސައްކަތް ކުރާތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތެކެވެ. ނަޖުމާ އިބްރާޙިމް އަކީ ވަޒީފާ އަށް ކަމޭހިތާ، މަސައްކަތުގެ އަޚްލާޤް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގަހައްޓާ ނަމޫނާ މުވައްޒަފެއްކެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށް، އުފުލިފައިނުވާ ދަޢުވާއެއްގެ ޝަރީޢަތް ނިމެންދެން 01 ފެބްރުއަރީ 2018 ވަނަ ދުވަހު ނަޖުމާ ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު އަޒުމީ ބަންދުކޮށްފައިހުރީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ކަންވެސް ހިތާމައާއެކު ފާހަގަ ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން މިދެބޭފުޅުން ބަންދުކުރުމަށް ނެރުއްވި އަމުރުގައި ބަންދު އަމުރު މުރާޖަޢާ ކުރުމަށް 30 ދުވަސް ތެރޭގައި ކޯޓަށް ގެނައުމަށް ކަމާއި ބެހޭ އެންމެހާ އިދާރާތަކަށް އަމުރުކުރައްވާފައި ވީނަމަވެސް ޙާޟިރުކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެތަކެއް ދުވަހެއް ފާއިތުވެގެން ދިޔަފަހުން 15 އޭޕްރިލް 2018 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުކޮށް ބަންދުގެ މުއްދަތު މުރާޖަޢާ ކުރުމަށްފަހު 15 ދުވަހުގެ މުއްދަތަށް ކުރީގެ ޙާލަތުގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ނަޖުމާ މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ވަކީލަށް ފުރުޞަތު ދިނުމަކާއި ނުލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ނަޖުމާ އިބްރާހިމް އަކީ ގާތުންދޭ 09 މަހުގެ ތުއްތު ކުއްޖަކާއި އެކު ސްކޫލްގައި ކިޔަވަމުންދާ ކުއްޖެއްގެ މަންމަ އަކަށްވެފައި ދަރިފުޅު ސްކޫލުށް ގެންދިއުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

އުފުލިފައި ނުވާ ދަޢުވާއެއްގައި ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބެންޖެހުމަކީ އެ ދެމީހުނަށް ދެވޭ ނުޙައްޤު އަނިޔާއެއް ކަމަށްބުނެ ދައުލަތުގެ އެންމެހާ މުއައްސަސާތަކުންވެސް ޤާނޫނު އަސާސީ އާއި ޤާނޫނީ އިމުގެ ތެރެއިން އެބޭފުޅުން އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރެއްވުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

"ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަ މިއަދު ދިވެހިރާއްޖޭގެ އެންމެހާ މުއައްސަސާތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުންވެސް ހަނދާންކުރަން ޖެހެނީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްޢޫލިއްޔަތުގެ މަތިންނެވެ. ކުރައްވާފައިވާ ހުވާގެ މަތިންނެވެ. ދިވެހިރައްޔިތުންގެ ޙައްޤުތަކުގެ މަތިންނެވެ. ދިވެހި ޤައުމުގެ މަސްލަޙަތުގެ މަތިންނެވެ. މިއިން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރިގޮތް ތާރީޚުން ފެންނަން އޮތުމުގެ އިތުރަށް އެކަމާއި ޖަވާބުދާރީވާން ޖެހޭ ވަގުތު އަންނާނެކަން ހަނދާންކުރަންޖެހެއެވެ"

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް