Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ސަރުކާރަށް ބަހުގެ ހަމަލާތައް ދީ، އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވައިފި

20 އެޕްރީލު 2018 | ހުކުރު 14:20

އެކެއް ފެބްރުއަރީގެ ހުކުމް ތަންފީޒު ކުރުވާނެ ކަމަށް ބުނި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 އެޕްރީލު 2018 | ހުކުރު 14:20
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކޮންމެ ހުކުރު ދުވަހަކު ސިލްސިލާ ގޮތެއްގައި ބާއްވާ އެއްވުން ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމުގައި ބައިވެރިފަރާތްތައް ވަނީ ސަރުކާރުގެ އިސްވެރިންގެ ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލާފައެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ހައްޔަރުކޮށްފައިވާ ސިޔާސީ އެކި ބޭފުޅުންނާއި ފުލުހުންނާއި ފަނޑިޔާރުން ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

މި އެއްވުމުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު ބަލިވެފައިވާ ކަމަށާއި ދާދި އަވަހަށް ރައީސް އަބްދުﷲ ޔާމިން "ގޮޅިއަށް" ލާނެ ކަމަށެވެ. އަދި ކޮންމެ އަމުރަކީ ގާނޫނީ އަމުރެއް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފަށް ދައްކާ ވާހަކައެއް ކަމަށް އަޙުމަދު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައާއި ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ވާހަކަ ދެއްކުމުން ސަރުކާރުން ތަރައްގީގެ ވާހަކަތައް ދައްކަން ފަށާ ކަމަށާއި އެހެން ނަމަވެސް އެ ވާހަކަތަކުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައިގެ އަޑު ކަނޑާނުލެވޭނެ ކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

މި އެއްވުމުގައި ވާހަކަ ދެއްކެވި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވީ ގާނޫނު އަސާސީއާ އެއްގޮތައް ވެރިކަން ކުރުމަށް ހުވާކޮށްގެން ހުންނަވާ ރައީސަކު ގާނޫނާ ހިލާފަށް އަމަލު ކުރައްވަން ފެއްޓެވުމުން އެމީހަކަށް ރައީސުލް ޖުމްޙުރިއްޔާގެ ލަޤަބުން މުހާތަބު ނުކުރެވޭނެ ކަމަށެެވެ.

އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި އެއްވުމުގައި ވާހަކަ ދެއްކެވި އަދާލަތު ޕާޓީގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތުދޭން ބޭރުގެ ބަޔަކު ގޮވާލުމުން އެކަމަށް ޕީޕީއެމްއިން ފާޑު ކިޔާއިރު މުސްލިމު ގައުމެއް ކަމަށްބުނެ ސަރުކާރުން ކުރަމުންދާ ކަންކަން މާ ހުތުރު ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ ސަރުކާރެއް ކަމަށާއި އެހެން މީހުންނަކީ އިސްލާމްދީން ނައްތާލަން އުޅޭ ކަމަށްބުނެ ވާހަކަ ދެއްކުމުގެ ހައްގު ޕީޕީއެމްގެ އިސްވެރިންނަށް ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް