Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރަންބީރާއި ދީޕިކާ

ރަންބީރާއި ދީޕިކާ އެކީގައި ފެޝަން ޝޯއަކުން

އެދެމީހުން އެކީގައި މާދަމާ ބާއްވާ ފެޝަން ޝޯއިން ފެންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 އެޕްރީލު 2018 | ބުދަ 06:22
ރަންބީރާއި ދީޕިކާ

ރަންބީރާއި ދީޕިކާ

ކުރީގެ ދެލޯބިވެރިން އަދި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންބީރު ކަޕޫރު ޝޯއަކުން އެކީގައި ފެނިގެންދާނެ ކަމަށް ކުރިންވެސް ވަނީ އިއުލާންކޮށްފައެވެ.

ކުރިން މި ޝޯ ގެނެސްދިނުމަށް ނިންމާފައި އޮތީ މި މަހު ނުވައެއް ގަ އެވެ. އެހެން ނަމަވެސް ދީޕިކާގެ ކަނދުރާއަށް ތަދެއްއަރައިގެން އަދި ރަންބީރު ޓައިފޯޑަށް ބޭސްކުރަމުން ދާތީ އެދުވަހު އެ ޝޯ ވަނީ އެދެމީހުންގެ ބަލި ރަނގަޅުވަންދެން ފަސްކޮށްފައެވެ. އެ ފެޝަން ޝޯ ފަސްކޮށްފައި ވަނީ ބަލިހާލަތު ހުރިގޮތުން ޝޯއަށް ނޭރޭ ނެކަމަށް އެދެތަރިން ބުނުމުންނެވެ.

އަނެއްކާވެސް އެ ޝޯ މިވަނީ މިމަހުގެ 19ވާ ބުރާސްފަތި ދުވަހަށް ރީޝެޑިއުލް ކޮށްފައެވެ.

މިޝޯއަކީ އިންޑިއާގެ ޗެރިޓީ ފަންޑްރައިޒާރެއް ކަމަށްވާ ޝަބާނާ އަޒްމީގެ އެންޖީއޯއިން ކޮންމެ އަހަރަކުވެސް ބާއްވާ ޗެރިޓީ ޝޯއެކެވެ. މިޝޯގައި ދީޕިކާއާއި ރަންބީރު އެކުގައި ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ މަނިޝް މަލޯތުރާގެ ފެޝަން ޑިޒައިންތަކުންނެވެ. ޝަބާނާ އަޒްމީގެ އެންޖީއޯއަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މިޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވާ މި ފެޝަންޝޯއަކީ ފަންޑްރައިޒިން ފެޝަން ޝޯއެކެވެ.

ރަންބީރާއި ދީޕިކާގެ މީޑީއާ ތަރުޖަމާނުން ވަނީ އެ ފެޝަން ޝޯގައި އެދެމީހުން ފެނިގެންދާނެކަން ކަށަވަރު ކޮށްދީފައެވެ. ދީޕިކާ އާއި ރަންބީރު ރުޅިވިފަހުން ދެމީހުން އެކުގައި ފިލްމު ކުޅުމާއިއިވެންޓުތަކަށް ދިއުން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ޑައިރެކްޓަރ ކަރަން ޖޯހަރުގެ ގޭގައި ބޭއްވި ޕާޓީއެއްގައި މި ދެތަރިން އެކީގައި ނަށާފައިވާ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ.

މިޝޯއާއި ބެހޭގޮތުން ދީޕިކާ ބުނެފައިވަނީ މިޝޯގައި އޭނާ ބައިވެރިވަނީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި ރަންބީރުވެސް ވަނީ މިޝޯއާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބޭނުންވާ ކަމަށާއި އެކަން ދައްކަން ޖެހޭ ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތައް ލިބެން ބޭނުންވާ ކަމަށް ރަނބީރު ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ

15 ސެޕްޓެމްބަރު 2017
"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ
03 ސެޕްޓެމްބަރު 2017

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

03 ސެޕްޓެމްބަރު 2017
"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް
28 އޯގަސްޓު 2017

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

28 އޯގަސްޓު 2017
ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ
28 އޯގަސްޓު 2017

"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން

28 އޯގަސްޓު 2017
"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު