Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދީޕިކާ ޕަދުކޯން

ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

"ޕަދްމާވަތީ"ގެ ހުކުރު ދުވަހުގެ ސީންއަށް ސްކްރީން ޕްލޭ ކިޔަމުންދިޔަ އިރުވެސް އޭނާގެ ކަރުގައި ހުރީ ކުޑަކޮށް ރިއްސާލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2017 | ހޯމަ 10:37
ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯން

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމަވަތީ"ގެ ޝޫޓިން ދީޕިކާ ޕަދުކޯން ކެންސަލް ކޮށްފިއެވެ.

ދީޕިކާ ޝޫޓިން ކެންސަލް ކޮށްފައިވަނީ އޭނާގެ ކަރަށް ތަދެއް އަރައިގެން ކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހުކުރު ދުވަހުގެ ސީންއަށް ސްކްރީން ޕްލޭ ކިޔަމުންދިޔަ އިރުވެސް ދީޕިކާގެ ކަރުގައި ހުރީ ކުޑަކޮށް ރިއްސާލާފައެވެ.

އެދުވަހުގެ ކެމެރާ ކުރަން ފެށުމުން އޭނާގެ މޫނުމަތިން ފެނުނު ވަރުބަލިކަމުގެ ސަބަބުން އޭނާ ކުރިއަށް އޮތް ދުވަސްތަކުގައި އަރާމު ކުރުމަށް ޑޮކްޓަރު ލަފާދީފައި ވެއެވެ. މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވެސް ދީޕިކާ ބުނެފައިވާ ގޮތުގައި މި ފިލްމަކީ ކުޅެން ވަރަށް އުނދަގޫ ވާނެ ފިލްމެކެވެ.

މި ފިލްމާ ބެހޭގޮތުން އޭނާ ބުނެފައި ވަނީ އޭނާ މި ފިލްމުގެ ޝޫޓިންގައި އުޅޭއިރު ފިލްމު ކުޅެން ފެށީތާ ނުވަ އަހަރު ވީހެން ހީނުވާ ކަމަށާއި އަބަދުވެސް "ޕަދްމަވަތީ" ކަހަލަ އުނދަގޫ ފިލްމުތައް ކުޅެން ބޭނުންވާ ކަމަށެވެ.

"ޕަދްމަވަތީ"ގައި ދީޕިކާ ފެނިގެންދާނީ ރާނީ ޕަދްމަވަތީގެ ރޯލުންނެވެ. ދީޕިކާ ގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ޝާހިދު ކަޕޫރް އަދި ރަންވީރު ސިންގ އެވެ. "ޕަދްމަވަތީ"ގެ ކުރިން ވެސް ދީޕިކާއާއި ރަންވީރުވަނީ ވަނީ އެކުގައި ފިލްމެއްގެ މަސައްކަތް ކޮށްފައެވެ.

މި ދެ ފަންނާނުން ކުޅުނު ފިލްމު "ބާޖިރާއޯ މަސްތާނީ" އަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެން ދިޔަ އެއް ފިލްމެވެ. އިންޑިއާގެ ލަވަ ޗާޓުތަކުގެ އެއްވަނައިގައި އެ ފިލްމުގެ ލަވަތައް، ހާއްސަކޮށް "ދީވާނީ މަސްތާނީ" އެތަކެއް ދުވަހު އޮތެވެ. ދީޕިކާ ގެ ނެށުމުގެ ހުނަރުވެރިކަމާއެކު ގޫމާރު ޑާންސްގެ މި ލަވައަކީ ވެސް ބެލުންތެރިންނަށް އެހާ ކަމުދާނެ ފެންވަރުގެ ލަވައަކަށް ވާނެކަމުގެ ޔަގީންކަން ލިބެއެވެ. ދީޕިކާ ބޮލީވުޑަށް ތައާރަފު ވެފައި ވަނީ މީގެ ނުވަ އަހަރު ކުރިން ފަރާ ހާން ގެ "އޯމް ޝާންތީ އޯމް" އިން ޝާހްރުކްޚާންއާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީޕިކާގެ ފިރިމީހާ، ދީޕިކާއަށް އުފަންދުވަހުގެ ތަހުނިޔާ ކީ ދީޕިކާގެ ކުޑައިރުގެ ފޮޓޮއަކުން

ދީޕިކާގެ ފިރިމީހާ، ދީޕިކާއަށް އުފަންދުވަހުގެ ތަހުނިޔާ ކީ ދީޕިކާގެ ކުޑައިރުގެ ފޮޓޮއަކުން

06 ޖެނުއަރީ 2020
ކަރީނާ އާއި ތައިމޫރު އަރައިގެންހުރި ބޫޓަށް ބޮޑު ސަމާލުކަމެއް!

ކަރީނާ އާއި ތައިމޫރު އަރައިގެންހުރި ބޫޓަށް ބޮޑު ސަމާލުކަމެއް!

30 އޮކްޓޯބަރު 2019
ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި

ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި

06 ޖެނުއަރީ 2019
ދީޕިކާގެ ކައިވެނީގެ ޚަބަރު އިވުމުން ބޭނުންވީ ދިޕިކާ އާއި ހަގްކޮށްލަން: ޝާހުރުކް ޚާން

ދީޕިކާގެ ކައިވެނީގެ ޚަބަރު އިވުމުން ބޭނުންވީ ދިޕިކާ އާއި ހަގްކޮށްލަން: ޝާހުރުކް ޚާން

03 ނޮވެމްބަރު 2018
ދީޕިކާގެ ކުރީގެ ލޯބިވެރިޔާއަށް ދެ ފުރުސަތު ދިން، ދެފަހަރުވެސް ވީ ބޭވަފާ

ދީޕިކާގެ ކުރީގެ ލޯބިވެރިޔާއަށް ދެ ފުރުސަތު ދިން، ދެފަހަރުވެސް ވީ ބޭވަފާ

25 ޖުލައި 2018

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު