Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާ

ޔޫއޭއީގެ މަތިންދާބޯޓެއް ފުރިޔަ ނުދީ ސޯމާލިއާއިން ހިފަހައްޓައިފި

ދެޤައުމުގެ ގުޅުން ޤަތަރުގެ މައްސަލައިގައި ވަނީ ގޯސްވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 އެޕްރީލު 2018 | ހޯމަ 10:50
އެއަރޕޯޓްގައި ސޯމާލިއާ އޮފިޝަލުންނާއި ޔޫއޭއީ އޮފިޝަލުން އަރާރުންވަނީ

އެއަރޕޯޓްގައި ސޯމާލިއާ އޮފިޝަލުންނާއި ޔޫއޭއީ އޮފިޝަލުން އަރާރުންވަނީ

ޔޫއޭއީގެ އަސްކަރީ އޮފިޝަލުންތަކެއް ދަތުރުކުރި މަތިންދާބޯޓަކަށް ސޯމާލިއާއިން އަރުވަން އުޅުނު ބަރު ދަބަސްތަކެއް ފާސްކުރަން ހުއްދަ ނުދިނުމުން ސޯމާލިއާ އާއި ޔޫއޭއީ އާއި ދެމެދު އަނެއްކާވެސް މައްސަލަ ގޯސްވެއްޖެއެވެ.

ހޮނިހިރު ދުވަހު މިޙާދިސާ ހިނގާފައިވަނީ ސޯމާލިއާގެ ބަސައޯ އެއަރޕޯޓްގައެވެ. އަދި މައްސަލަ ޖެހެން މެދުވެރިވީ އެމަތިންދާބޯޓުން ދަތުރުކުރި ޔޫއޭއީގެ އަސްކަރީ އޮފިޝަލުންގެ ދަބަސްތައް ޗެކްކުރަން ސޯމާލިއާގެ އޮފިޝަލުން އެދުމުން، އެކަމަށް ޔޫއޭއީ އޮފިޝަލުން ހުއްދަ ނުދިނުމުންނެވެ. މި އޮފިޝަލުންނަކީ ސޯމާލިއާގެ މައި ސަރުކާރާއި ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑްގެ ސިފައިން ތަމްރީންކުރުމަށް އެސަރަހައްދަށް ދިޔަ ޔޫއޭއީގެ އޮފިޝަލުންތަކެކެވެ.

މިހާދިސާ ހިނގާފައި މިވަނީ 3 ދަބަހުގައި 10 މިލިއަން ޑޮލަރު ޔޫއޭއީން ގެނެސް، ސޯމާލިއާއަށް ބާލަން އުޅެނިކޮށް އަތުލައިގެންފައިވާ ދަނޑިވަޅެއްގައެވެ. އެމައްސަލަވެސް ސޯމާލިއާ އޮފިޝަލުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.

މަތިންދާބޯޓު ހުއްޓުވި މައްސަލައިގައި ޔޫއޭއީގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސޯމާލިއާއަށް އެކި ގޮތް ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމަކީ ޔޫއޭއީކަން ފާހަގަކޮށް، ސޯމާލިއާއިން މަސައްކަތްކުރަނީ ރަހުމަތްތެރިއަކި ހަތުރުވެރިޔަކަށް ހަދަން ކަމަށް ޔޫއޭއީގެ ޖޫނިއަރ ފޮރިން މިނިސްޓަރ އަންވަރު ގަރްގާޝް ވިދާޅުވިއެވެ.

އަބޫދާބީ އާއި މޮގަދިޝޫއާއި ދެމެދު މައްސަލަ ގޯސްވީ ނިމިިދިޔަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހު ޔޫއޭއީއިން ޤަތަރާއި ގުޅުން ކަނޑާލުމުން، ސޯމާލިއާ އިންވެސް ގުޅުން ކަނޑާލަން ޔޫއޭއީން ބާރު އެޅުމުންވެސް، ސޯމާލިއާއިން އެކަން ނުކުރުމުންނެވެ. ސޯމާލިއާއިން ބުނީ އެޤައުމުން ގަލްފްގެ މައްސަލައިގައި ވަކި ކޮޅަކަށް ނާރާނެކަމަށެވެ.

މިމައްސަލައިގައި ޔޫއޭއީއިން ގެންދަނީ ސޯމާލިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ޔޫއޭއީއިން ވަނީ ސޯމާލީލޭންޑްގައި އެޤައުމުގެ އަސްކަރީ ބޭސްއެއް ޤާއިމްކުރުމަށް 30 އަހަރުގެ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފަށް ހިންގި ކަމެއްކަމަށް ބުނެ ސޯމާލިއާއިން ވަނި މިމައްސަލަ ބެލުމަށް އދ އަށް ގޮވާލާފައެވެ.

އަދި މީގެ އިތުރުން ނިމިދިޔަ މަހު ސޯމާލީލޭންޑްގެ ސިފައިން ތަމްރީންކުރުމަށް ޔޫއޭއީއިން ނިންމުމުން ސޯމާލިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2018

އޫރެއްގެ ސިކުނޑި ހަށިގަނޑާ ވަކިކޮށް މަރުވިޔަ ނުދީ އެތައް އިރަކު ގެންގުޅެފި

29 އެޕްރީލު 2018
އޫރެއްގެ ސިކުނޑި ހަށިގަނޑާ ވަކިކޮށް މަރުވިޔަ ނުދީ އެތައް އިރަކު ގެންގުޅެފި
11 އެޕްރީލު 2018

އަލްޖީރިއާގައި މަތިންދާބޯޓެއް ވެއްޓި 100 މީހުން މަރުވެއްޖެ

11 އެޕްރީލު 2018
އަލްޖީރިއާގައި މަތިންދާބޯޓެއް ވެއްޓި 100 މީހުން މަރުވެއްޖެ
28 ފެބުރުއަރީ 2018

އީރާނުގެ އަމަލުތާކާއި ބެހޭގޮތުން ރައީސް ޓްރަމްޕް ސައުދީއާއި ޔޫއޭއީގެ ވެރިންނާ ވާހަކަ ދައްކަވައިފި

28 ފެބުރުއަރީ 2018
އީރާނުގެ އަމަލުތާކާއި ބެހޭގޮތުން ރައީސް ޓްރަމްޕް ސައުދީއާއި ޔޫއޭއީގެ ވެރިންނާ ވާހަކަ ދައްކަވައިފި
11 ފެބުރުއަރީ 2018

ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ރަޝިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

11 ފެބުރުއަރީ 2018
ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ރަޝިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ
31 ޖެނުއަރީ 2018

ޔޫއޭއީގެ މަދަދާއިއެކު ހަނގުރާމަވެރިން އަދަނުގެ އަސްކަރީ ބޭސްތައް ހިފައިފި

31 ޖެނުއަރީ 2018
ޔޫއޭއީގެ މަދަދާއިއެކު ހަނގުރާމަވެރިން އަދަނުގެ އަސްކަރީ ބޭސްތައް ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު