Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިކުނޑި ހަށިގަނޑާ ދުރުގައި

އޫރެއްގެ ސިކުނޑި ހަށިގަނޑާ ވަކިކޮށް މަރުވިޔަ ނުދީ އެތައް އިރަކު ގެންގުޅެފި

ސިކުނޑި ދުރުގައިވީނަމަވެސް ހަމަހޭވެރިކަން ހުރެދާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 29 އެޕްރީލު 2018 | އާދީއްތަ 13:32
އޫރުގެ ސިކުނޑި ހަށިގަނޑާއި ދުރުގައި

އޫރުގެ ސިކުނޑި ހަށިގަނޑާއި ދުރުގައި

ޔޭލް ޔުނިވަރސިޓީގެ ރިސާޗަރުން އޫރެއްގެ ސިކުނޑި ހަށިގަނޑާއި ވަކިކޮށް، ތަފާތު ލެޔެއް ސިކުޑިތެރެޔަށް ފޮނުވައިގެން އެ މަރުވިޔަ ނުދީ އެތައް އިރަކު ގެންގުޅެފިއެވެ.

ސިކުނޑި މިގޮތަށް ގެންގުޅޭއިރު ހަމަހޭވެރިކަމާއި ހިއްސު މަސައްކަތް ކުރުމާދޭތެރޭ ހެއްކެއް ލިބިފައި ނުވިނަމަވެސް، ކުޑަ މިންވަރަކަށް ހަމަހޭ ވެރިކަން ހުރެފާނެ ކަމާމެދު ޝައްކު ވަނީ އުފެދިފައެވެ.

ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް (އެން. އައި. އެޗް) އިން 28 މާރޗް 2018 ގައި ބޭއްވި 'ބްރެއިން ސައިންސް އެތިކްސް' ބައްދަލުވުމުގައި މި ރިސާރޗާބެހޭ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.

އެމް.އައި.ޓީ އިންވެސް ވަނީ މި ރިސާޗް ހަފްތާގެ ޓެކްނޮލޮޖީ ރިވުގައި ޝާއިރު ކޮށްފައެވެ.

ޕްރޮފެސަރ ސެސްޓަން މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ 100 އަށް ވުރެ ގިނަ އޫރު ބޭނުން ކޮށްގެން މި ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ސިކުޑީގައި ދިރުން ބެހެއްޓުމަށް ބޭނުން ކޮށްފައިވަނީ ޚާއްސަ ޕަމްޕްތަކާއި، ފިނި ހޫނުމިން ހިފަހައްޓާ އާލާތްތަކުގެ އިތުރުން ތައްޔާރު ކޮށްފައި ހުރި ލެއެވެ.

މި ޕްރޮސީޖަރގެ ދަށުން ސިކުނޑި ވަނީ ނޯމަލް ކޮށް 36 ގަޑިއިރު ވަންދެން މަސައްކަތް ކޮށްފައެވެ.

ޕްރޮފެސަރ ސެސްޓަން ވިދާޅުވަނީ މިއީ 'ޚިޔާލަށް ވެސް ނުގެނެވޭ' ވަރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި އިންސާނުންގެ ސިކުނޑީގައި މި ޕްރޮސީޖަރ ބޭނުން ކޮށްފިނަމަ، މުޅިން އާ މަގު ތަކެއް ނިއުރޮލޮޖިކަލް ބަލިތަކަށް ފަރުވާ ހޯދުމަށް ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޕްރޮފެސަރ ވަނީ އިންސާނުންގެ ސިކުނޑިއާ އެގޮތަށް ކުޅުމަކީ އެންމެ ރަގަޅު ކަމެއްތޯ ސުވާލު ކޮށްފައެވެ.

ސިކުނޑި ހަށިގަނޑާއި ވަކިކުރުމަށް ފަހު ހަމަހޭ ވެރިކަން ހުރޭތޯ؟ ހަމަހޭ ވެރިކަން ހުންނަ ސިކުޑިއަކާއި ދިމާވެއްޖެ ނަމަ ވަކި ޚާއްސަ ރައްކާތެރި ކަމެއް އެއަށް ލިބިގެން ވޭތޯ؟ ވަނީ އައްސަވާފައެވެ.

'ޖެރަނަލް ނޭޗާއިގެ ކޮމަންޓްރީގައި' ޕްރޮފެސަރ ސަސްޓެއިންގެ އިތުރުން އެމެރިކާގައި ނިއުރޯ ސައިންސްގެ އެންމެ ފުންނާބު އުސް 15 ބޭފުޅުން ވަނީ އެބޭފުޅުން މަސައްކަތް ކުރަންވީ ރަގަނޅު އޮނިގަޑެއް ތައާރަފް ކުރުމަށް ގޮވާލައިފައެވެ.

"މިސާލަކަށް ރިސަރޗަރުން މި އުފެއްދީ ސިކުނޑީގެ ބައެއް، ދެން ޔަގީން މިވީ އުފެއްދި އެތި ކޮޅުގައި ހަމަހޭވެރިކަން ހުންނަކަން، އެހެން ވެއްޖިއްޔާ އިންސާނުން ނުވަތަ ޖަނަވާރުންނަށް ލިބިދޭ ހައްގުތަށް އެއައް ވެސް ލިބިގެން ވާނެބާ؟" ކޮމަންޓްރީގައި ރިސަރޗަރުން އެއްސެވިއެވެ.

"ކަންތައް މާ ބޮޑު ކޮއްލައިގެންނޭ މި ބުނީ ބުނެފާނެ، ޔަގީން! މިއަދު އެ ހިސާބަށް ވާސިލް ވާން އަދި ގާތެއްވެސް ނުވޭ. ނަމަވެސް މިހާރުވެސް ދަނީ ތަފާތު އެއްޗެހި އިންސާނުން ހަށިގަނޑު ދެނެގަތުމަށް އީޖާދު ކުރަމުން، އޭގެ ތެރޭގައި ސްޓެމް ސެލްސް ބޭނުން ކޮށްގެން ސިކުޑީގެ ޓިޝޫ ވެސް މިދަނީ ޑިޝް ކަހަލަ އެއްޗެހީގައި އުފައްދަމުން. އަދި ދުވަހުން ދުވަހަށް ކުރި އަރަމުން މިދަނީ"

ރިސާޗަރުން ބުނީ ހަމަހޭވެރިކަމުގެ މިންގަޑު ބަލާނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި އަދި ވަރުގަދަ ގަވާއިދު ތަކާއި އޮނިގަނޑުތަކެއް އެބޭފުޅުން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ކަނޑަ އަޅަން ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2018

ސަޢޫދީ އާއި ޤަތަރާއި ދެމެދު ޗެނަލެއް ކަނޑައި، ދެޤައުމު ވަކިކޮށްލަނީ!

07 އެޕްރީލު 2018
ސަޢޫދީ އާއި ޤަތަރާއި ދެމެދު ޗެނަލެއް ކަނޑައި، ދެޤައުމު ވަކިކޮށްލަނީ!
27 ފެބުރުއަރީ 2018

ސައުދީގެ އަސްކަރިއްޔާގެ ވެރިޔާ މަގާމުން ވަކިކޮށްފި

27 ފެބުރުއަރީ 2018
ސައުދީގެ އަސްކަރިއްޔާގެ ވެރިޔާ މަގާމުން ވަކިކޮށްފި
10 ޖެނުއަރީ 2018

ދަތުރުމަތީ ޒުވާބުކޮށް، މާރާމަރީ ހިންގި ދެ ޕައިލެޓުން ވަޒީފާ އިން ވަކިކޮށްފި

10 ޖެނުއަރީ 2018
ދަތުރުމަތީ ޒުވާބުކޮށް، މާރާމަރީ ހިންގި ދެ ޕައިލެޓުން ވަޒީފާ އިން ވަކިކޮށްފި
16 ޑިސެމްބަރު 2017

އާޖެންޓީނާގެ ސަބްމެރިންއެއް ގެއްލުން: ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ވަކިކޮށްފި

16 ޑިސެމްބަރު 2017
އާޖެންޓީނާގެ ސަބްމެރިންއެއް ގެއްލުން: ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ވަކިކޮށްފި
19 ނޮވެމްބަރު 2017

ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފި

19 ނޮވެމްބަރު 2017
ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން މުގާބޭ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު