Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ސަރުކާރު ބަންދުކުރު

ބަޖެޓް ފާސްކޮށްނުދީގެން އެމެރިކާ ސަރުކާރު ހުއްޓުމަކަށް!

ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ކުރިން ބަޖެޓް ފާސްކޮށްދޭން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2018 | ހޮނިހިރު 07:55
2013 ވަނަ އަހަރު އެމެރިކާ ސަރުކާރު ބަންދުކުރަން ޖެހުމުން އާއްމުން އެއްވާ ބައެއް ތަންތަން ބަންދުކޮށްފައި

2013 ވަނަ އަހަރު އެމެރިކާ ސަރުކާރު ބަންދުކުރަން ޖެހުމުން އާއްމުން އެއްވާ ބައެއް ތަންތަން ބަންދުކޮށްފައި

އެމެރިކާގެ ކޮންގްރެސް އިން ވަގުތީ ބަޖެޓެއް ފާސްކޮށްނުދީގެން އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހުކުރު ދުވަހުގެ ދަންވަރާއި ހަމަޔަށް ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީއަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުގެ ގިނަ އޮފީސްތައް މިހާރު ވަނީ ބަންދުކުރެވިފައެވެ. ކޮންގްރެސް އިން ސަރުކާރު ހިންގާނެ ބަޖެޓެއް ފާސްކޮށްނުދޭހާ ހިނދަކު ދެން ހިނގަމުންދަނީ ޤައުމު ހިންގުމަށް ކޮންމެހެން ބޭނުންވާ އިދާރާތައް އެކަންޏެވެ.

މިއީ ފަހުގެ ތާރީޚެއްގައި ކޮންގްރެސް އާއި ވައިޓް ހައުސްއެއް ޕާޓީއަކުން ކޮންޓްރޯލްކުރަނިކޮށް، ބަޖެޓް ފާސްކޮށްނުދީގެން އެމެރިކާ ސަރުކާރު ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ރިޕަބްލިކަން ޕާޓީ އިން ކޮންގްރެސް ކޮންޓްރޯލްކުރާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ވެސް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ސަރުކާރު ހުއްޓާލަން ޖެހޭނެކަން ކަށަވަރުވުމާ އެކު ރައީސް ޓްރަމްޕް ކުށްވެރިކުރެއްވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއެވެ. ހުކުރު ދުވަހުގެ ދަންވަރު ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަރބީ-ސޭންޑަރސް ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީ އިން ސިޔާސީ ބޭނުމަކަށްޓަކައި، ޤައުމީ ސަލާމަތާއި ރައްޔިތުންނަށް ޚިދުމަތްކުރުން ހުއްޓުވާލާފައި ވާކަމަށެވެ. އަދި ޑިމޮކްރެޓުން ބޭނުންވިޔަސް އިމިގްރޭޝަންގެ އުޞޫލުތަކަށް ރައީސް ޓްރަމްޕް ގެންނަން ބޭނުންވެ ވަޑައިގަންނަވާ އިސްލާޙުތަކަށް ދޫދެވެން ނެތް ކަމަށް ވެސް ވައިޓް ހައުސްއިން ބުނެއެވެ.

އެހެން ނަމަވެސް ޤާނޫން ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ ސަރުކާރު ބަންދުކުރަން ޖެހުނީ ރައީސް ޓްރަމްޕްއާ ހެދި ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ޓްރަމްޕްގެ އިސްތަށިފުޅުގައި އެޅޭނެ ކަމަށެވެ.

އިތުރު މަހެއްހާ ދުވަހަށް ސަރުކާރު ހިންގަން ބޭނުންވާ ވަގުތީ ބަޖެޓް ފާސްކުރުމަށް ސެނެޓްގެ 100 މެމްބަރުންގެ ތެރެއިން 60 ވޯޓު ބޭނުންވާއިރު، ބަޖެޓް ފާސްކުރުމަށް ލިބެނީ 50 ވޯޓެވެ. ރިޕަބްލިކަން ޕާޓީ އިން ކޮންޓްރޯލްކުރަނީ ސެނެޓްގެ 51 ގޮނޑިއެވެ. ރިޔާސަތު ވެސް ކޮންޓްރޯލްކުރަނީ ރިޕަބްލިކަން ޕާޓީ އިން ކަމަށްވުމާ އެކު، އެޕާޓީއަށް ގިނަވެގެން ދެވެނީ 50 ވޯޓެވެ. އިދިކޮޅު 49 މެމްބަރުން ވެސް ވޯޓު ދެއްވަނީ ބަޖެޓާ ދެކޮޅަށެވެ.

ކޮންގްރެސްގެ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ލީޑަރޝިޕްގެ ބޭފުޅުން

ބަޖެޓް ފާސްކުރުމަށް އެއްބަސްވުމަކަށް ނާދެވުނު އިރު، ހުކުރު ދުވަހު އެންމެ ބޮޑަށް ބަހުސް ކުރެވުނީ ބަޖެޓް ފާސްކޮށްގެން ސަރުކާރު ހިންގާނީ ކިހާ ދުވަހަކުތޯއެވެ. ފެބްރުއަރީ 16 ވަނަ ދުވަހާ ހަމަޔަށް ސަރުކާރު ހިންގާނެ ވަގުތީ ބަޖެޓަކަށް ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ރުހުން ދިން ނަމަވެސް ސެނެޓުން ބޭނުން ވަނީ އެއަށް ވުރެ ކުރު މުއްދަތަށް ސަރުކާރު ހިންގާނެ ވަގުތީ ބަޖެޓެއް ދިނުމަށެވެ.

ސެނެޓް ޑިމޮކްރެޓުން ބޭނުން ވަނީ ޖެނުއަރީ މަހުގެ ނިޔަލަށް، ނުވަތަ އެއަށްވުރެ ލަސްވިޔަސް އެންމެ ލަސް މުއްދަތަކަށް ފެބްރުއަރީ 8 ވަނަ ދުވަހާ ހަމަޔަށް ސަރުކާރަށް ފަންޑުކުރުމަށެވެ.

ހުކުރު ދުވަހު ކޮންގްރެސްގެ އިސް ބައެއް ޑިމޮކްރެޓުންނާއި ރައީސް ޓްރަމްޕް ވަނީ ބަޖެޓާ މެދު މަޝްވަރާކުރައްވާފައެވެ. އެހެން ނަމަވެސް އެމަޝްވަރާތަކުން ވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

ދެ ޕާޓީ އަށް އެއްބަސްވުމަކަށް ނާދެވި މިހާރު އެމެރިކާގެ ސަރުކާރު ވަނީ ބަންދުކޮށްފައެވެ. އެހެން ނަމަވެސް މިފެށުނީ ހަފްތާ ބަންދުކަމުން، ހަފްތާ ބަންދު ތެރޭގަޔާއި، އަންނަ ހަފްތާގައި މަސައްކަތްކޮށްގެން އަވަސް މުސްތަޤްބަލެއްގައި ވަގުތީ ބަޖެޓެއް ފާސްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވައިޓް ހައުސްގެ ބަޖެޓް ޑިރެކްޓަރ މިކް މަލްވޭނީ ސީއެންއެންގެ "ސިޗުއޭޝަން ރޫމް" ޕްރޮގްރާމްގައި ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރާ ހަމަޔަށް ބަޖެޓަށް އެއްބަސްނުނެވި، ފެޑެރަލް ސަރުކާރު ބަންދުކުރަން ޖެހުމުން އެތައް ހާސް މުވައްޒަފުންނެއް ހޯމަ ދުވަހު ހަފްތާ ފެށޭއިރު މަސައްކަތަށް ނުނިކުންނާނެއެވެ. އަދި އެމުވައްޒަފުން އަނެއްކާ ވެސް މަސައްކަތަށް ނިކުންނާނީ ކޮންގްރެސްއިން ބަޖެޓެއް ފާސްކުރުމުންނެވެ. މީގެ ކުރީގައި ވެސް އެމެރިކާގައި މިގޮތަށް ސަރުކާރު ބަންދުކުރަން ޖެހުނެވެ. ގޭގައި މަޑުކުރާ މުވައްޒަފުންނަށް ބަޖެޓް ފާސްވުމުން ނުނިކުންނަ ދުވަސްތަކަށް ދޭން ޖެހޭ މުސާރަ ދޭނެއެވެ.

ވައިޓްހައުސްގެ މުވައްޒަފުންގެ ތެރެއިން ވެސް ހާހެއްހާ މުވައްޒަފުން ގޭގައި މަޑުކުރާއިރު، އޮފީހަށް ނިކުންނާނީ 659 މުވައްޒަފުންނެވެ. އޮފީހަށް ނިކުންނަން ނުޖެހޭ މުވައްޒަފުން ވެސް ހޯމަ ދުވަހު ހަތަރު ވަރަކަށް ގަޑިއިރަށް އޮފީހަށް ނިކުމެ، އެމީހުންގެ މަސައްކަތްތައް ގެންދަން ޖެހޭ ގޮތް އޮފީހަށް ނިކުންނަން ޖެހޭ މުވައްޒަފުންނަށް ކިޔައިދޭނެއެވެ. ނުނިކުންނަ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އޮފީހަށް ނިކުންނަ މުވައްޒަފުންނެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން އޮފީހަށް ނުނިކުތް ނަމަވެސް އެމެރިކާގެ 1.3 މިލިއަން ސިފައިން ޑިއުޓީއަށް ނިކުންނާނެއެވެ. ފެބްރުއަރީ 1 ވަނަ ދުވަހާ ހަމަޔަށް ސިފައިންގެ ޚަރަދުތައް މިހާރު ހަމަޖައްސާފައިވީ ނަމަވެސް، އޭގެ ފަހުގައި ސިފައިން ޑިއުޓީއަށް ނިކުންނަން ޖެހޭނީ ބަޖެޓް ފާސްކުރަންދެން މުސާރައެއް ނެތިއެވެ. ސިފައިން ޑިއުޓީއަށް ނިކުތަސް، ޑިފެންސް ޑިޕާޓްމަންޓްގެ މަދަނީ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނުނިކުންނާނެއެވެ.

ފުލުހުންނާއި ސިފައިންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލާއި، ޕޯސްޓް ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ދާނީ ދެމުންނެވެ. އެހެން ނަމަވެސް ޕާކްތަކާއި އާއްމު އެހެން ބައެއް ތަންތަން މި "ޝަޓް ޑައުން" ގައި ބަންދުކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު