Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ޔޫއޭއީގެ މަތިންދާ ބޯޓްތަކަކަށް ހުރަސް އެޅިކަމަށް ބުނާ ވާހަކަ ޤަތަރުން ދޮގުކޮށްފި

16 ޖެނުއަރީ 2018 | އަންގާރަ 04:29

ސައުދީ އިސްވެއޮވެ ޤަތަރާއި ގުޅުން ކަނޑާލާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ޖެނުއަރީ 2018 | އަންގާރަ 04:29
ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުންވަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި

ގަތަރާއި ގުޅުން ކަނޑާލި ގައުމުތަކުންވަނީ އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައި | ގޫގުލް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ޤަތަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓަކުން ހުއްޓުވި ކަމަށް އެ ގައުމުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގަތަރުން ބުނެފިއެވެ.

ޔޫއޭއީން ހޯމަ ދުވަހު މި ތުހުމަތުތައް ކޮށްފައިވާއިރު ޤަތަރާއެކު ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ދަނީ ބޮޑުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ގަތަރާއި ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސައުދީ އަރަބިއްޔާ،ޔޫއޭއީ، މިސްރު އަދި ބަހުރެއިނުންނެވެ. ގަތަރުން މީގެ ކުރިންވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ޔޫއޭއީގެ ހަނގުރާމަ މަތީ މަތިންދާ ބޯޓް ގަވައިދާ ޚިލާފަށް ވަދެފައިވާކަމަށް ބުނާ ދެ މައްސަލައެއް އދ. އަށް ހުށަހަޅާފައެވެ.

ގަތަރުގެ ބޯޓަކުން ޔޫއޭއީގެ ބޯޓެއް ހުއްޓުވިކަމަށްބުނާ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ޔޫއީގެ ދައުލަތުގެ މީޑިއާ ޑަބްލިއުއޭމްއިން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ(ޖީސީއޭއޭ) އާއި ހަވާލާދީ ބުނެފައި ވަނީ ގަތަރުން ހުރަސްއެޅި އެ ބޯޓަކީ ބަހްރެއިން މަގުން، އާއްމު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ކަމަށެވެ.

ޖީސީއޭއޭއިންވަނީ އެކަން ކުށްވެރިކޮށް އެ ކަމަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކުރިމަތިކުރުވި ސީރިއަސް ނުރައްކަލެއްކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފްކަމެއްކަމަށް ބުނެފައެވެ.

ދެވަނަ ބޯޓަކަށް ހުރަސް އެޅިކަމަށް ރިޕޯޓްކޮށްފައިވަނީވެސް ހޯމަ ދުވަހުއެވެ. ޑަބްލިއުއޭއެމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނައަށް ހުއްޓުވާފައިވަނީ ބަހްރެއިންއަށް ދަތުރުކުރަމުން ދިޔަ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެކެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީއިންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ މިނިސްޓްރީއިންވަނީ ތަފްސީލީ ބަޔާނެއް ފަހުން ނެރޭނެ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖޫން 2017

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް