Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެލްކޮމް އެހެން ޓީމަކަށް

މެލްކޮމް ޕީއެސްޖީއަށް ކުޅުމުގެ އުއްމީދުގައި

އޭނާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކްއިން ވެސް މަސައްކަތްކުރަމުންދޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 15 އެޕްރީލު 2018 | އާދީއްތަ 13:58
ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް

ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެން ބޭނުންވާ ކަމަށް އެ ގައުމުގެ ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގެ ފްރެންޗް ލީގުގައި މިހާތަނަށް ނުވަ ލަނޑު ޖަހާ ހަ ލަނޑު ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ބޯޑޯ މިވަގުތު އޮތީ ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ. މެލްކޮމްގެ ފަރާތުން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ފެންނަމުން އަންނައިރު އޭނާ ވަނީ ޔޫރަޕުގެ ބޮޑު ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ތަކުރާރުކޮށް މީޑިއާގައި ބުނެފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެލްކޮމް ބުނީ ޕީއެސްޖީއަށް ކުޅުމަކީ ވެސް ހުވަފެނެއް ކަމަށާއި މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭ ޓީމެއްގައި ކުޅުމަކީ އޭނާ އެންމެ ކުރަން ބޭނުންވާ ކަންކަން ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށާއި ހަމައެހެންމެ ލީގު ކާމިޔާބު ކުރާ ޓީމަކަށް ކުޅުމަކީ ވެސް އޭނާ އެދޭ ކަމެއް ކަމަށެވެ. އޭނާ ބުނީ އެހެން ޓީމަކަށް ބަދަލުވުމަށް މަޝްވަރާތަކެއް ކުރި ކަމަށާއި އެހެން ނަމަވެސް މިވަގުތު އެއްވެސް ޓީމަކާއެކު މަޝްވަރާ ކުރިޔަށް ނުދާ ކަމަށެވެ. ބޯޑޯގެ މެނޭޖްމަންޓުން ބުނެފައި ވަނީ މިހާތަނަށް އޭނާ ހޯދުމަށް އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.

އޭނާ މިހެން ބުނެފައިވާއިރު އުތުރު ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސްއިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކްއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެ ޓީމުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މީގެކުރިން ނޫސްވެރިންނާއި ވާހަކަ ދެއްކުމަށް ފަހު މެލްކޮމް ބުނީ އޭނާ އެ ޓީމު ދޫކޮށްލާނެކަން ގެރެންޓީކޮށް ބުނަން ނޭނގޭ ކަމަށާއި އެހެން ކްލަބަކަށް ބަދަލުވިޔަސް އެކަން އެއްވެސް މައްސަލައަކަށް ނުވާނެ ކަމަށެވެ. އޭނާ ބުނީ ބޯޑޯގައި މަޑުކުރަން ޖެހިއްޖެނަމަ އެ ކްލަބްގައި މަޑުވެސް ކުރާނެ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ހުވަފެނެއް ކަމަށާއި ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެކަން ހަގީގަތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ބޯޑޯގެ ޑިރެކްޓަރު ނިކޮލަސް ޓެވަނޮސްޓް ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި އޭނާ އެ ކްލަބް ދޫކޮށް ނުދާނެ ކަމަށާއި އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމަށެވެ. އޭނާ ބުނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ވިއްކާލުމަށް ފަސް ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށްވުމާއެކު އޭނާ ނުވިއްކާނެ ކަމަށެވެ.

މެލްކޮމްގެ ޓީމު ކަމަށްވާ ބޯޑޯ އޮތީ ކުޅުނު 33 މެޗުން ލިބުނު 43 ޕޮއިންޓާއެކު ފްރެންޗް ލީގު ތާވަލުގެ 10 ވަނައިގައެވެ. ބްރެޒިލްގެ ކޮރިންތިއަންސްއިން ކެރިއަރު ފެށި މެލްކޮމް ބޯޑޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެ ޓީމަށް 85 މެޗު ކުޅެދީފައިވާ މެލްކޮމް ވަނީ 19 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް !

ނެޑްވިޑް އަލުން ކުޅުމުގެ ތެރެއަށް !

25 ސެޕްޓެމްބަރު 2017
ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް

ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް

09 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

04 ސެޕްޓެމްބަރު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު