Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެޕޭ އާއި ރޮނާލްޑޯ

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ ޓެކްސް މައްސަލައެއްގައި ކަމަށް ރިޕޯޓްތައް ބުނޭ

ލީވާން އަލީ
ލީވާން އަލީ | 19 ޖޫން 2017 | ހޯމަ 13:50
ޕޯޗުގަލްގެ ރޮނާލްޑޯ (ކ) އާއި ޕެޕޭ (ވ)

ޕޯޗުގަލްގެ ރޮނާލްޑޯ (ކ) އާއި ޕެޕޭ (ވ)

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އޭނާއާއެކު ބަދަލުވުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޕެޕޭ ވަނީ ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު އަންނަ ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވުމަށް ނިންމާފައެވެ. އެގޮތުން ޕެޕޭ ބޭނުންވަނީ ރޮނާލްޑޯއާ އެކު އެ ކްލަބަށް ބަދަލުވުމަށެވެ.

މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަން ޕެޕޭ އިއުލާންކޮށްފައިވާއިރު، ރޮނާލްޑޯވެސް އެ ކްލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އެގޮތުން ރޮނާލްޑޯ ބަދަލުވުން އެންމެ ގާތީ ޕީއެސްޖީއަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕޯޗުގަލް ޓީމާއެކު މިވަގުތު ކޮންފެޑެރޭޝަންސް ކަޕް ކުޅުމަށް ރަޝިއާގައި ރޮނާލްޑޯ އަދި ޕެޕޭ ގޮސްފައިވާއިރު، ޓްރާންސްފާގެ ކަންތައްތައް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީން ރޮނާލްޑޯ ހޯދަން މަސައްކަތްކުރާއިރު، މެންޗެސްޓާ ޔުނައިޓެޑް އާއި މެންޗެސްޓާ ސިޓީގެ އިތުރުން ޗައިނާގެ ކްލަބްތަކުންވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ޕެޕޭ ހޯދުމަށްވެސް ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭގޮތުން ޕީއެސްޖީން ވަނީ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒްއާވެސް މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް ރެއާލް ދޫކޮށްލާނެ ކަން އަދި ޕީއެސްޖީއަށް ބަދަލުވާނެކަން ރޮނާލްޑޯ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އޭނާއަށް ސްޕެއިންގެ ޓެކްސް އޮފީހުން ތުހުމަތުކޮށްފައިވާ ޓެކްސް މައްސަލައާ ގުޅިގެންނެވެ.

ސްޕެއިންގެ ޓެކްސް އޮފީހުން ވަނީ ރޮނާލްޑޯ 14.7 މިލިއަން ޔޫރޯއަށް މަކަރުހަދާފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މިކަންތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ސްޕެއިން ދޫކޮށްލަންށެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު