Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބަޕޭ

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ސެޕްޓެމްބަރު 2017 | ހޯމަ 11:28
އެމްބާޕޭ ޕީއެސްޖީގެ ޖާޒީގައި

އެމްބާޕޭ ޕީއެސްޖީގެ ޖާޒީގައި

މޮނާކޯ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިއަރަން ބޭނުންވާތީ ކަމަށް ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު މުޅީ ދުނިޔޭގެ ނަޒަރު އެމްބާޕޭއަށް ހުއްޓިގެން ދިޔައިރު އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑެތި ޓީމުތަކުން މަސައްކަތް ކުރިއެވެ. އެގޮތުން އޭނާ ހޯދުމަށް ރެއާލް މެޑްރިޑާ، މެންޗެސްޓާ ސިޓީއާ އާސެނަލްއިން ވެސް މަސައްކަތް ކުރިއެވެ.

އެހެން ނަމަވެސް މޮނާކޯ ދޫކޮށް އޭނާ ބަދަލުވެފައިވަނީ ޕީއެސްޖީއަށެވެ. އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޕީއެސްޖީއިން 180 މިލިއަން ޔޫރޯ މޮނާކޯއަށް ދައްކަން ޖެހެއެވެ.

ޓެލެފުޓްއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނެފައިވަނީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިން ކުރިޔަށް ދަނީ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާ ޅައުމުރުގައި އަމިއްލަ ގައުމު ދޫކޮށްލުމަކީ ހެދިދާނެ ގޯހަކަށް ވެދާނެތީ އޭނާ ނިންމީ އަމިއްލަ ގައުމުގައި މަޑުކުރަން ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނެފައިވަނީ ޕީއެސްޖީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ޓީމެއް ކަމަށާ ޕީއެސްޖީގައި ހުރެގެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ. އަދި އޭނާ ވަނީ ނޭމާއާއެކު ކުޅެން ފުރުސަތު ލިބުމަކީ ވެސް ޕީއެސްޖީއަށް ބަދަލުވުމަށް ބޭނުންވި ސަބަބެއް ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ މޮނާކޯގައި ވޭތުކުރި ދުވަސްތަކަކީ ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނޭ ދުވަސްތަކެއް ކަމަށް ހާމަކޮށްފައެވެ.

އުމުރުން 18 އަހަރުގެ އެމްބަޕޭ ވަނީ މޮނާކޯގައި ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ

02 އޮކްޓޯބަރު 2017
އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ
09 ސެޕްޓެމްބަރު 2017

ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް

09 ސެޕްޓެމްބަރު 2017
ފްރެންޗް ލީގު: ޕީއެސްޖީއަށް ބޮޑު މޮޅެއް
04 ސެޕްޓެމްބަރު 2017

ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

04 ސެޕްޓެމްބަރު 2017
ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ
03 އޯގަސްޓު 2017

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
19 ޖުލައި 2017

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

19 ޖުލައި 2017
މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
09 ޖޫން 2017

ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ

09 ޖޫން 2017
ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް